ތޮއްޑޫން ސްމާޓް މޫވެއް - ފައިސާ ހޯދަން ސްޓޮކް މާކެޓަށް

ތޮއްޑޫ ކުންފުންޏަށް އެސެޓް ޓްރާންސްފާކޮށް ކުންފުނި ވަނީ ހިނގައިގެންފަ. ކުންފުނިން ވަނީ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން ފައިސާ ހޯދައިގެން ލީޑް މެނޭޖަރު ކުންފުންޏެއް ހޯދަން އިއުލާނެއް ޖަހާފަ

ސްމާޓް މަޝްރޫއުގެ ދަށުން އޯޕަން އެކްސެސް ނެޓްވޯކުގެ އެމްއޯޔޫގައި އާބަންކޯއާއި ތޮއްޑޫ ކުންފުންޏާ ދެމެދު ސޮއި ކުރަން ބޭއްވި ރަސްމިއްޔާތު -- އާބަންކޯ
  •  10 މިލިއަން ހޯދާނީ ޕްރައިޓް ޕްލޭސްމަންޓު އުސޫލުން

ހުޅުމާލެ ފިޔަވަހި ރާއްޖޭގައި އޯޕަން އެކްސްސެސް ނެޓްވޯކް އަޅާ ފުރަތަމަ ރަށަކަށް ތޮއްޑޫ ހަދަން  ދަނީ ތައްޔާރު ވަމުންނެވެ. މިކަން ކުރަން ތޮއްޑޫ އިން މިވަނީ ފަހަރަކު ފިޔަވަޅެއް ކައިރިވަމުންނެވެ. ރާއްޖޭގެ ރަށެއްގައި އަދި ރާއްޖޭގެ ތާރީހުގައި ވެސް ރަށެއްގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދަން ނުކުންނަން ތޮއްޑޫން ވަނީ ތައްޔާރުވެފަ އެވެ. 

ލޯކަލް ކައުންސިލަކުން ރާއްޖޭގައިު ކުރާ މިބާވަތުގެ ފުރަތަމަ އަދި ތަފާތު މި މަސައްކަތް ކުރުމުގައި އިސްކޮށް ހަރަކާތެރިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކުރި ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުނި ތޮއްޑޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީ (ޓީއެލްއޭސީ) އެވެ. މި ސްމާޓް ވިސްނުމަށް ދާން އެ ކުންފުނިން ވަނީ ފައިސާ ހޯދުމުގެ މަސައްކަތް ކުރާން ލީޑް މެނޭޖަރެއް ހޯދަން އިއުލާނު ކޮށްފަ އެވެ. 

"މި މަޝްރޫއަށް ފައިސާ ހޯދަން އަޅުގަނޑުމެން ވިސްނާފައި ވަނީ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން [ސްޓޮކް މާކެޓު] ން. އެކަން ކުރަން މިހާރު މިވަނީ ސީއެމްޑީއޭއިން ލައިސަންސް ލިބިފައިވާ ލީޑް މެނޭޖަރެއް ހޯދަން އިއުލާނު ކޮށްފަ،" ތޮއްޑޫ އެލްއޭސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނިހާން ވިދާޅުވި އެވެ. 

10 މިލިއަން ރުފިޔާ ހޯދާނެ

މުޅި ތޮއްޑޫ އެއް ނެޓްވޯކަކުން ގުޅާލާ އޯޕަން އެކްސެސް ވިއުގަ ގާއިމް ކުރަން އެ ކުންފުނިން ސްޓޮކް މާކެޓުން 10 މިލިއަން ރުފިޔާ ހޯދާނެ އެވެ. އެހެންވެ މިއީ ރާއްޖޭގައި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން ފައިސާ ހޯދައިގެން މިފަދަ މަޝްރޫއެއް ހިންގާ ފުރަތަމަ ލޯކަލް ކުންފުންޏަށްވާނެ އެވެ. ރާއްޖޭގައި އަލަށް ތަރައްގީވެ ފުޅާވަމުންދާ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން ފައިނޭންސް ރެއިޒް ކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނީ މިކަން ކުރިއަށް ގެންދާނެ ލީޑް މެނޭޖަރު ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. 

ތޮއްޑޫ ކައުންސިލްގެ ބައެއް އެސެޓް ކުންފުންޏާ ހަވާލު ކުރަނީ -- ކައުންސިލް

މި މަޝްރޫއާ ބެހޭ ގޮތުން މެނިފެސްޓޯއަކާއެކު ތޮއްޑޫ ކައުންސިލްގެ ރައީސް ކަމަށް ވަޑައިގެންނެވި އަހުމަދު ކަރަމް ވިދާޅުވީ މިގޮތަށް ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން މިހާރު ވެސް ރާއްޖޭގައި ފައިނޭންސް ރެއިޒް ކުރަމުން ދާއިރު ތޮއްޑޫއަށް ވެސް އެކަން ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

"މި [އޯޕަން އެކްސެސް ނެޓްވޯކް] އަޅަން ވާން ޖެހޭ ތައްޔާރީތައް ވެސް ވަނީ ވެފަ. މިއީ ރާއްޖޭގައި އަލަަށް ކުރާ ކަމެއް. އިރާދަ ކުރެއްވިއްޔާ މިކަން ކާމިޔާބު ވާނެ،" ކަރަމް ވިދާޅުވި އެވެ. 

ތޮއްޑޫ ކައުންސިލްގެ ކުންފުނިން އުންމީދު ކުރާ ގޮތުގައި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މަސައްކަތުގެ އަމަލީ މަސައްކަތް ފެށީގެންދާނެ އެވެ. އެކަން ކުރުމުގެ ގޮތުން ހަދަން ޖެހޭ ސާވޭތަކުގެ މަސައްކަތް އާބަންކޯ އާއި ތޮއްޑޫ ކައުންސިލާ ދެމެދުހެދި އެމްއޯޔޫގެ ދަށުން ވަނީ ފަށާފަ އެވެ. 

އެސެޓް ބަދަލުކޮށް ކުންފުނި ހިނގައިގެންފި

ތޮއްޑޫ ކުންފުނީގެ އޮފީސް - އޮފީހުގައި ތިން މުވައްޒަފުން ހަރަކާތްތެރިވާނެ

ސްމާޓް ސިޓީ މަަޝްރޫއު ތޮއްޑޫގައި ފަަށަން ތައްޔާރުވާއިރު ތޮއްޑޫ ކައުންސިލް ކުންފުނީގެ ދަށަށް ގިނަ ބާރުތަކެއް ކައުންސިލުން ވަނީ ދޫކޮށްލަން ފަށާފަ އެވެ. ބައެއް އެސެޓް ޓްރާންސްފާކޮށް އޮފީސް ހުޅުވައި މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ. 

ކައުންސިލް ކުންފުނީގެ އެމްޑީ ނިހާން ވިދާޅުވި ގޮތުގައި މުވައްޒަފުން ނަގައި އެ މުވައްޒަފުންނާއެކު ރަށުގައި މަސައްކަތް ވަނީ ފަށާފަ އެވެ. 

"ކައުންސިލުން ރަށުގެ މަގުތައް މަރާމާތު ކުރަން ގެނެސްފައިވާ ތަކެތި މިހާރު ވަނީ ކުންފުންޏާ ހަވާލުކޮށްފައި. ކުނި ނެގުމުގެ މަސައްކަތް ވެސް ވަނީ ފެށިފައި، މީގެ އިތުރުން ކުނި މެނޭޖު ކުރަން ފަށަން ބޭނުންވާ އިތުރު މުވައްޒަފުން ހޯދަން ކުންފުންޏަށް ކޯޓާ ވަނީ ލިބިފަ. ފުރަތަމަ މި ހޯދަނީ ފަސް މީހުން. އެ މީހުން ވެސް ވަރަަށް އަވަހަށް ގެނެވޭނެ،" ނިހާން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ރަށުގެ ޓޫރިސްޓު ބީޗް ބެލެހެއްޓުމާ ވެސް ކުންފުނިން ހަވާލުވެފައިވާ ކަމަށާ ހުރިހާ ކަމެއްވެސް ރޭވިފައިވާ ގޮތަށް ހިނގަން ފަށާފައިވާ ކަމަށާ ކުންފުނީގެ ރަސްމީ ޔުނީފޯމުގެ މަސައްކަތްވެސް ކުރާ ކަމަށެވެ. 

"މަގު ބެލެހެއްޓުމަށް ގެނައި ވެހިކަލްތައް ދުއްވަން ވެސް މީހަކު އެބަހުރި. އެހެންވެ އުންމީދު ކުރަނީ މި އީދުގައި ރަށަށް އަރާ މީހުންނަށް އެކަން އިހުސާސް ކުރެވިގެންދާނެ ކަމަށް. މަގުތަކުގެ ވަޅުގަނޑުތައް ރަނގަޅުކޮށް މަގު ބެލެހެއްޓުން ވެސް ފެށިގެންދާނެ،" ނިހާން ވިދާޅުވި އެވެ. 

ތޮއްޑޫ ކުރިމަތިލާ ބަދަލު

  •  ތޮއްޑޫ ސްމާޓް ސިޓީ މަޝްރޫއު
  •  ރަށުގެ ހާއްސަ ގަސްތަން ހިމާޔަތް ކުރުން
  •  ރަށުގެ ތާރީހީ ސަރަހައްދުގައި މިއުޒިމް ޕާކެއް
  •  ދަނޑުވެރިކަމުގެ މޫނުމަތި ބަދަލުކޮށްލާނެ ސްމާޓް ފާމިން
  •  ދަނޑުވެރިކަމަށް ދިގު މުއްދަތަށް ބިން ދިނުން
  •  ދަނޑުވެރިންނަށް ހާއްސަ ފެން ޕްލާންޓު ބެހެއްޓުން
  •  ރަށުގައި އިމާރާތް ކުރެވޭނެ އުސްމިން 60 ފޫޓު
  •  ތޮއްޑޫ ބިމުގެ އަގު މަތިކުރަން އަމިއްލަ ކުރާ އަގު ބޮޑުކުރުން
  •  އަހަރެއްގެ ތެރޭގައި ތޮއްޑޫގައި 3000 އެއްހާ ޓޫރިސްޓުން
ތޮއްޑޫ - އއ. ތޮއްޑޫއަކީ 172.6 ހެކްޓަރުގެ ބޮޑު ރަށެކެވެ. މި ރަށުގެ އާބާދީއަކީ 2,058 އެވެ. މިރަށަކީ ކަރާ ހެއްދުމަށް މުޅިރާއްޖެ އަށް މަޝްހޫރުވެފައިވާ ރަށެކެވެ. މިރަށަކީ ޒަމާންވީ އާޘާރީ ތަންތަންހުރި ރަށެއްކަން ތާރީހުން އެނގެ އެވެ. މިގޮތުން ގިނަދުވަސްތަކެއްވެފައިވާ، ހުކުރު މިސްކިތެއް ހުރެ އެވެ. އަދި "ތޮއްޑޫ ދާގަބާ" ގެ ގޮތުގައި ބޭނުންކުރި ސަރަޙައްދަކީ މިހާރުވެސް އާޘާރީ ތަނެއްގެގޮތުގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދެކެވެ.

ކޮމެންޓް

3
450
ގެރި
10 months ago

ތަންދޮރު ދަންނަ މީހުން ކަންކަން ކުރާތަން ބަލަންތިބޭ.

ގެރި
10 months ago

ތަންދޮރު ދަންނަ މީހުން ކަންކަން ކުރާތަން ބަލަންތިބޭ.

ގެރި
10 months ago

ތަންދޮރު ދަންނަ މީހުން ކަންކަން ކުރާތަން ބަލަންތިބޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.