އާބަަންކޯއާއެކު ތޮއްޑޫ ސްމާޓް ރަށްވެހިކަމާ ދިމާއަށް

ތޮއްޑޫ ކައުންސިލުން ވަނީ އަބަންކޯއާއެކު އޯޕަން ސާވިސް ނެޓްވޯކް ކުރަން އެމްއޯޔޫއެއް ހަދާފަ އެވެ. މި އެމްއޯޔޫގެ ދަށުން އިތުރު ކަންކަން ކުރާނެ އެވެ.

އެޗްޑީސީއާ ތޮއްޑޫ ކައުންސިލުން ސޮއިކުރުމަށްފަހު އެއްބަސްވުން ބަދަލު ކުރަނީ -- އެޗްޑީސީ
  •  ހުޅުމާލެ ފިޔަވައި އޯޕަން އެކްސެސް ނެޓްވޯކް ގާއިމް ކުރާ ފުރަތަމަ ރަށަކަށް ތޮއްޑޫ

ހުޅުމާލެ ފިޔަވައި އޯޕަން އެކްސެސް ނެޓްވޯކް ގާއިމް ކުރާ ފުރަތަމަ ރަށަކަށް އއ. ތޮއްޑޫ ހެދުމުގެ ގޮތުން ނެޓްވޯކެއް ގާއިމް ކުރަން އަބާންކޯއާއެކު އެމްއޯޔޫއެއް ހަދައިފި އެވެ. 

މި އެމްއޯޔޫގައި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާތިފު އެވެ. އަދި ތޮއްޑޫގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް އެވެ. އެ ރަސްމިއްޔާތުގައި އާބަންކޯގެ ޑީއެމްޑީ އަހުމަދު ގައިސްވެސް ބައިވެރިވެ ވަޑައިގަތެވެ. 

އެމްއޯޔޫގައި ސޮއި ކުރެއްވުމަށް ފަހު ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް "މި" ނޫހަށް ވިދާޅުވީ އާބަންކޯއާއެކު ސޮއި ކުރި އެމްއޯޔޫއާއެކު ގާއިމް ކުރާ އޯޕަން އެކްސެސް ނެޓްވޯކުގެ ސަބަބުން ދަނޑުވެރި ކަމާއި ޓޫރިޒަމް އޮތް ރަށުގައި ނެޓްވޯކް މެދުވެރިކޮށް ކޭބަލް އަޅައިގެން ދޭ ހުރިހާ ހިދުމަތެއް އެއް ކޭބަލަކުން ދެވެން ފެށޭނެ އެވެ. އަދި މިއީ ރަށަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ވެސް ކަރަމް ވިދާޅުވި އެވެ. 

"މިހާރު ކުންފުނިތަކުން ހިދުމަތް ދެނީ އެކި ކޭބަލްތަކުގައި މީގެ ބަދަލުގައި އެއް ކޭބަލަކުން ފެށުމަކީ އާމްދަނީގެ ގޮތުން ބެލި ނަމަވެސް ރަނގަޅު ކުރިއެރުމެއް ރަށަށް ލިބޭނެ ކަމެއް. މިކަން ފަށަން ސޮއިކުރި އާބަންކޯ އަކީ މިކަމުގައި ވަރަށް ތަޖުރިބާ ހުރި ކުންފުންޏެއް. ހުޅުމާލޭގައި ވެސް މި ހިދުމަތް ދެނީ އެ ކުންފުނި،" ކަރަމް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މި އެމްއޯޔޫގެ ދަށުން ކުރެވޭނެ އެހެން މަސައްކަތްތަކުގެ ތެރޭގައި ތޮއްޑޫ ބަނދަރު ސަރަހައްދު ޑިވެލޮޕް ކުރަން ޕްލޭން ހެދުން ވެސް ހިމެނެ އެވެ. 

ތޮއްޑޫގެ ތައާރަފެއް - އއ. ތޮއްޑޫއަކީ 172.6 ހެކްޓަރުގެ ބޮޑު ރަށެކެވެ. މި ރަށުގެ އާބާދީއަކީ 2,058 އެވެ. މިރަށަކީ ކަރާ ހެއްދުމަށް މުޅިރާއްޖެ އަށް މަޝްހޫރުވެފައިވާ ރަށެކެވެ. މިރަށަކީ ޒަމާންވީ އާޘާރީ ތަންތަންހުރި ރަށެއްކަން ތާރީހުން އެނގެ އެވެ. މިގޮތުން ގިނަދުވަސްތަކެއްވެފައިވާ، ހުކުރު މިސްކިތެއް ހުރެ އެވެ. އަދި "ތޮއްޑޫ ދާގަބާ" ގެ ގޮތުގައި ބޭނުންކުރި ސަރަޙައްދަކީ މިހާރުވެސް އާޘާރީ ތަނެއްގެގޮތުގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.