ރާއްޖޭގެ ފުރަތަމަ ކައުންސިލް ކުންފުނި މި ހެދީ ތޮއްޑޫން

ކައުންސިލް ކުންފުނި އުފެދުމާއެކު ތޮއްޑޫ އަށް ތާރީހެއް ލިބިގެންދާނެ އެވެ. އަދި ކައުންސިލަށް ވިޔަފާރި ކުރަން މަގު ފަހި ވެގެންދާނެ އެވެ. ތޮއްޑޫ ކައުންސިލުން ވަނީ އާމްދަނީ ހޯދާނެ ގޮތުގެ ޕްލޭނެއް ވެސް ރަނގަޅަށް ރާވައި ހަދާފަ އެވެ.

ލޯކަލް ކައުންސިލްގެ ލިޔުން ހަވާލު ކުރަން އިއްޔެ އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއް: މިއީ އެޅި މުހިންމު ފިޔަވަޅެއް -- އިކޮނޮމިކް މިނިސްޓްރީ

އއ. ތޮއްޑޫގައި ފުރަތަމަ ކައުންސިލް ކުންފުނި ރަޖިސްޓްރީކޮށްދީ، އިކޮނޮމިކް މިނިސްޓްރީން އެކަމުގެ ލިޔުން ހަވާލު ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ލޯކަލް ކައުންސިލް ކުންފުނި (އެލްއޭސީ) ގެ ލިޔުން ތޮއްޑޫ ކައުންސިލަށް އެރުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމެވެ. އަދި ތޮއްޑޫ ކައުންސިލްގެ ފަރާތުން ލިޔުމާ ހަވާލުވީ ކައުންސިލްގެ ރައީސް އަހުމަދު ކަރަމެވެ.

ކަރަމް "މި" ނޫހަށް ވިދާޅުވީ ފުރަތަމަ އެލްއޭސީ ރަޖިސްޓްރީވުމަކީ ލިބިގެން ދިޔަ ފަހުރެއް ކަމަށާ، މި ކުންފުންޏާއެކު ތޮއްޑޫއަށް ވެފައިވާ ވައުދުތައް ފުއްދުން ފަށައި ދުވެލި ބާރު ކުރެވިގެން ދާނެ ކަމަށެވެ.

ތޮއްޑޫ ކައުންސިލަށް ކަރަމް ހޮވިފައި ވަނީ ރަށު ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ ވައުދާ ވެސް އެކުގަ އެވެ.

އއ. ތޮއްޑޫގައި ދަނޑަކުން ކަނޑާފައިވާ ދެ ވައްތަރުގެ ކަރާ: އެ ރަށުން ވަނީ ފުރަތަމަ ކައުންސިލް ކުންފުނި އުފައްދައި ތާރީހު ލިޔެފައި

"ވަރަށް ބައިވަރު މަސައްކަތް ކުރަން އެބައޮތް. އެ މަސައްކަތްތައް އަޅުގަނޑުމެންގެ މި މަސައްކަތްތަކާއެކު ފެށިގެން ދާނެ،" ކަރަމް ވިދާޅުވި އެވެ.

ލިޔުން ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ތޮއްޑޫ ކައުންސިލްގެ މެންބަރުންނާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް -- އިކޮނޮމިކް މިނިސްޓްރީ

ތޮއްޑޫ ކައުންސިލް ކުންފުނީގެ ވިޔަފާރިތައް

  •  ޑެޑިކޭޑެޑް ފައިބް ލިންކުގެ ހިދުމަތް ދިނުން
  •  ތޮއްޑޫގައި ތަރައްގީ ކުރާ މިއުޒިއަމް ބަލަހައްޓައި ހިންގުން
  •  ތޮއްޑޫގެ ކުނި މެނޭޖުކޮށް ބެލެހެއްޓުން
  •  ތޮއްޑޫގެ ޕޯޓު ގެ ހިދުމަތް މެނޭޖް ކުރުން
  •  ތޮއްޑޫ މޯލްޑިވްސް ބްރޭންޑް ޕްރޮމޯޓް ކުރުން
  •  ތޮއްޑޫ މަގު ބަލަހައްޓާ މަރާމާތު ކުރުން
  •  ތޮއްޑޫ ޕާކު ބެލެހެއްޓުން
  •  ޓޫރިސްޓު ބީޗް ތަރައްގީކޮށް ބެލެހެއްޓުން
  •  ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ވަސީލަތް ގާއިމްކޮށް ބެލެހެއްޓުން
  •  ކޮންވެންޝަން ފެސިލީޓީ އުފައްދައި އެމްއެމްއީއަށް ވިޔަފާރި ފުރުސަތު ފުޅާ ކުރުން
  •  ނާސަރީއެއް ގާއިމް ކުރުން
  •  ޑޭކެއާ ސެންޓަރެއް ގާއިމް ކުރުން
  •  ތޮއްޑޫ ޕްރީސްކޫލް ހިންގުން

ރާއްޖޭގައި ދެވަނަ އަށް އެންމެ ގިނަ ގެސްޓްހައުސް ހުންނަ ދަނޑުވެރި ރަށުގައި ގާއިމް ކުރާ ފެސިޓީސްތަކުން އެ ރަށަށް ދާ ޓޫރިސްޓުންގެ އަތުން ފީއެއް ނަގައިގެން ހިދުމަތް ދޭން އެ ރަށު ކައުންސިލުން މަސައްކަތް ކުރާނެ އެވެ. އެ ރަށުގެ ތާރީހީ ވާހަކަތައް ހިމެނޭ ގޮތަށް މިއުޒިމެއް ވެސް ތަރައްގީ ކުރާނެ އެވެ. މީގެ އިތުރުން ތޮއްޑޫ ކައުންސިލުން ވަނީ އެ ރަށުގެ މަގު ބަލަހައްޓަން ވެހިކަލް ވެސް ހޯދާފަ އެވެ. މި ވެހިލްތައް ވިޔަފާރީގެ ބޭނުމަށް ދޫކޮށްގެން ފައިދާ ހޯދުމުގެ ފުރުސަތު ވެސް މި ކައުންސިލަށް ލިބޭނެ އެވެ.

ކައުންސިލް ކުންފުނީގެ ސިފައަކީ - މި ކުންފުނި ވެސް ބަލަހައްޓާނީ ރެޖިސްޓްރާ އޮފް ކޮމްޕެނީސް އެވެ. މި ބާވަތުގެ ކުންފުނިތަކުން ކުރެވޭނީ އާއްމުން ނުކުރާ ވިޔަފާރިތަކެކެވެ. ކައުންސިލް ކުންފުނި ރަޖިސްޓްރީ ކުރުމަށް ހުށަހެޅޭނީ ސިޓީ ކައުންސިލާއި، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލެއްގެ ފަރާތުން އެ ކައުންސިލެއްގެ މެމްބަރުންގެ އަޣްލަބިއްޔަތުން ފާސް ކޮށްފައިވާ ގަރާރަކުންނެވެ. ކުންފުނީގެ ބޯޑުގައި ތިން މެންބަރުން ތިބެން ޖެހެ އެވެ. މިގޮތަށް ރަޖިސްޓްރީ ކުރަން ހުށަހަޅާ ކޮންމެ ކުންފުންޏެއްގެ ނަމުގެ ފަހަތަށް "ލޯކަލް އޮތޯރިޓީ ކޮމްޕެނީ ލިމިޓެޑް" ނުވަތަ އިނގިރޭސި އަކުރުން އޭގެ ރަމްޒު ކަމުގައިވާ "އެލްއޭސީ އެލްޓީޑީ" އިންނާނެ އެވެ. މި ކުންފުނިތަކުން އާމްދަނީއާއި ހަރަދުގެ ފައިސާގެ ތަފްސީލާއި، ކުންފުނީގެ މުދަލާއި ފަރަނި އަދި އެހެނިހެން ޒިންމާތަކާބެހޭ ތަފްސީލު މާލީ އަހަރު ނިމޭތާ 20 ދުވަހުގެ ތެރޭގައި ފުރިހަމަކޮށް އަހަރީ ހިސާބުތަކާއެކު ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާ އަށް ހުށަހަޅާ ފާސް ކުރަން ޖެހޭނެ އެވެ.

ކޮމެންޓް

1
450
ތޮއްޑޫ މީހާ
1 year ago

ތޮއްޫ ކައުންސިލްގެ ޒިންމާގެ ތެރޭގައި ހިމެނޭ އަދި ކުންފުނިނުހެދުނަސް މިހާރުވެސް ތޮއްޑޫ ކައުންސިލުން ހިންގާ ބަލަހައްޓަމުން ގެންދާ މަސައްކަތް ތިޔަ ލިސްޓްގައި ހުރީ. މިހާރުވެސް މެނޭޖް ނުކުރެވުނު ކަމެއް ކުންފުނި ހެދިޔަކަސް ނުކުރެވޭނެ! ތިއީ ކޮރަޕްޝަނަށް ހުޅުވިގެން ދިޔަ އިތުރު ދޮރެއް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.