އިލްޔާސްގެ އެޖެންޓަކަށް ނިއުމާ، ފާރިސްގެ އެޖެންޓަކަށް ޒަބީހު

އިލްޔާސް ލަބީބުގެ އިންތިހާބީ އެޖެންޑަކަށް ހަމަޖެއްސި ފާތިމަތު ނިއުމާއާ ފާރިސް މައުމޫންގެ އިންތިހާބީ އެޖެންޑަކަށް ހަމަޖެއްސި އިސްމާއީލް ޒަބީން އަކީ ވެސް ކުރީން މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ފާތިމަތު ނިއުމާ އަދި އިސްމާއީލް ޒަބީހު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ އިންތިހާބީ އެޖެންޑަކަށް ފާތިމަތު ނިއުމާ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ރިޔާސީ ކެންޑިޑޭޓް ފާރިސް މައުމޫންގެ އިންތިހާބީ އެޖެންޑަކަށް އިސްމާއީލް ޒަބީހު ހަމަޖައްސައިފި އެވެ.

އެކަން އެ ދެ ބޭފުޅުން ވަނީ އިއުލާނު ކުރައްވާފައެވެ.

އިލްޔާސް ލަބީބުގެ އިންތިހާބީ އެޖެންޑަކަށް ހަމަޖެއްސި ފާތިމަތު ނިއުމާއާ ފާރިސް މައުމޫންގެ އިންތިހާބީ އެޖެންޑަކަށް ހަމަޖެއްސި އިސްމާއީލް ޒަބީން އަކީ ވެސް ކުރީން މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ.

ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށް ނިއުމާ އިސްތިއުފާ ދެއްވީ އިއްޔެ އެވެ. ނިއުމާ ހުންނެވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. ނިއުމާ އަކީ އެމްޑީޕީ މެނިފެސްޓޯ އެކުލަވާލުމުގައި މިހާތަނަށް މުހިންމު ދައުރެއް އަދާކުރައްވަމުން އައި ބޭފުޅެކެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ޒަބީހު ވަކިކުރެއްވީ އެވެ. ޖޫން 22 ގައި ޒަބީހު ވަކިކުރެއްވީ ވަކި ސަބަބެއް ނާންގަވައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.