އެމްއާރްއެމަށް ނިސްބަތްވާ ޑެޕިއުޓީ މިނިސްޓަރު ޒަބީހު ވަކިކޮށްފި

ޒަބީހު އެ މަގާމުގައި ހުރީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ސްލޮޓުގައެވެ. އޭނާ މަގާމުން ވަކިކޮށްފައިވާކަން އެ ޕާޓީން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒަބީހް: މަގާމުން ވަނީ ވަކިކުރައްވާފައި

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒަބީހް އެ މަގާމުން ވަކިކޮށްފި އެވެ.

ޒަބީހު އެ މަގާމުގައި ހުރީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ސްލޮޓުގައެވެ. އޭނާ މަގާމުން ވަކިކޮށްފައިވާކަން އެ ޕާޓީން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އޭނާ މަގާމުން ވަކިކޮށްފައިވާކަން އަންގާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ނަަމަވެސް އޭނާ މަގާމުން ވަކިކުރި ވަކި ސަބަބެއް އަންގާފައެއް ނުވެއެވެ. ރައީސް އޮފީހުން ޒަބީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ރައީސް ސޯލިހް، އޭނާ ވަކިކުރައްވާފައިވާ ކަމަށެވެ.

އެމްއާރްއެމް އިން ވަނީ އެ ނިންމުން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. ޒަބީހަކީ މަގާމަށް އެކަށީގެންވާ ތައުލީމީ ޒުވާނެއްކަން ފާހަގަކޮށް ޒަބީހު މަގާމުން ވަކިކޮށްފައި ވަނީ އެމްއާރްއެމްއާ އެއްވެސް މަޝްވަރާއެއް ނުކޮށް ކޯލިޝަންގެ އެއްބަސްވުމާއި ހިލާފަށް ކަަމަށްވެސް ބުންޏެވެ. އަދި އެކަން ކުށްވެރިކޮށްފައި ވެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން ޒަބީހު އިސްވެ ހުންނަވާ ކުރައްވާފައިވާ މަސައްކަތްތައް އެމްއާރްއެމް އިން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒަބީހް މަގާމުން ވަކިކޮށްފައިވާއިރު ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ތާއީދު ނުކުރާ ބޭފުޅުން މަގާމުތަކުން ދަނީ ވަކިކުރަމުންނެވެ. ރިޔާސީ ދެވަނަ ދައުރަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމުން ރައީސް ސޯލިހް ވަނީ އެމްއާރްއެމަށް ކޯލިޝަން ހެދުމަށް ދައުވަތު ދީފައެވެ. ނަމަވެސް އެ ޕާޓީން އަދިވެސް އެކަމާމެދު ގޮތް ނުނިންމައެވެ. އެ ނިންމުން ފަސްކޮށްފައި ވަނިކޮށް އެ ޕާޓީގައި ތިންހާސް މެންބަރުން ހަމަނުވާ ކަަމަށް ނިންމާ އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެ ނިންމުމަކީ ނުފޫޒުގައި ޖެހި ކޮށްފައިވާ ކަމެއް ކަމަށް އެ ޕާޓީން ދެކެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.