އިތުރު ނާއިބަކު މަގާމުން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިއްޖެ

ނިއުމާ ސަރުކާރުން އިސްތިއުފާ ދެއްވާ އޭނާ މިހާތަނަށް ނިސްބަތްވި އެމްޑީޕީން ވެސް ވަނީ ވަކިވެފައެވެ. އަދި އެމްޑީޕީން ނިކުތް ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ވަނީ ސޮއި ކުރައްވާފައެވެ.

މިއަދު މަގާމުން ވަކިވި ނިއުމާ

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ފާތިމަތު ނިއުމާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ނިއުމާ ސަރުކާރުން އިސްތިއުފާ ދެއްވާ އޭނާ މިހާތަނަށް ނިސްބަތްވި އެމްޑީޕީން ވެސް ވަނީ ވަކިވެފައެވެ. އަދި އެމްޑީޕީން ނިކުތް ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ވަނީ ސޮއި ކުރައްވާފައެވެ.

ޑިމޮކްރެޓްސްއަށް ސޮއިކޮށް ނިއުމާގެ ފޯމް ހަވާލުކޮށްފައި ވަނީ އެ ޕާޓީގެ ބާނީ ރައީސް މުހައްމަދު ނަޝީދު އާއެވެ.

ނަޝީދު ވަނީ ނިއުމާގެ ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ނިއުމާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވިދާޅުވީ ނިއުމާއަކީ އެމްޑީޕީ މެނިފެސްޓޯ އެކުލަވާލުމުގައި މިހާތަނަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ.

ނިއުމާ ޑިމޮކްރެޓްސާ ގުޅުމަކީ ލިބުނު ވަރަަށް ބޮޑު ރަނގަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.