މި އަހަރުގެ ޖެނުއަރީ: ޓޫރިޒަމްގެ ތާރީހުގައި އާމްދަނީގެ ރެކޯޑެއް

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ޓޫރިޒަމަށް ލިބުނީ 425.90 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 589.32 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ފައިސަލް އަދި އެމްއެމްޕީއާރުސީން މައުލޫމާތު ދެނީ

ޓޫރިޒަމް އާއްމަނީ ދަށްވުމަކީ މިފަހުން މި ސިޔާއަތުން އަންނަ ޝަކުވާ އެކެވެ. މީގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. މިދިޔަ ހައެއްކަ އަހަރު ޓޫރިޒަމުން މި "ހަގީގަތް" ފެނުނު ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހަކީ މުޅި ޓޫރިޒަމް ސިނާއަތަށް އާމްދަނީން އުފާވެރިކަން ލިބުނު އަހަރެއްގެ ގޮތުގައި ތަފާސް ހިސާބުތަކުން ދައްކަ އެވެ. 

ސަރުކާރުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި ޖެނުއަރީ މަހު ރާއްޖެ އަށް 192,385 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ އޭގެ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އައި 172,499 މީހުންނާ އަޅާބަލާއިރު 11 ޕަސެންޓުގެ ކުރިއެރުމެކެވެ. މި އަދަދަށް ޓޫރިސްޓުން އައިސްފައިވާއިރު އެވްރެޖު އޮކިއުޕެންސީ ހުރީ  71.7 ޕަސެންޓުގަ އެވެ. 

އެއް މަހުގެތެރޭ އާމްދަނީ ބައި ބިލިއަނަށް

މި ކުރިއެރުމާއެކު ޓޫރިސްޓުން  1,371,658 މިލިއަން ރޭ ރާއްޖޭގައި މަޑު ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 1,339,533 މިލިއަން ރޭގަ އެވެ. ބެޑްނައިޓްސް މާކަބޮޑު އިތުރުވުމެއް ނައިނަމަވެސް ޓޫރިޒަމް ސިނާއަތަށް ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. މި ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި ޖެނުއަރީ މަހު ޗުއްޓީ ހޭދަކުރި ޓޫރިސްޓަކު އެވްރެޖުކޮށް ބޮލަކަށް 430 ޑޮލަރު ހޭދަކޮށްފައިވެ އެވެ. މިދިޔަ ޖެނުއަރީ މަހު ޓޫރިޒަމް ސިނާއަތަށް 589.32 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވަނީ އެހެންވެ އެވެ. މިއީ އަށް އަހަރު ދުވަހާ ނުބައްދަލު ބޮޑު ކުރިއެރުމެކެވެ. އަދި މިއީ މިހާތަނަށް އާމްދަނީ ބައި ބިލިއަން އެއް މަހެއްގެ ތެރޭ ހުރަސްކުރި ފުރަތަމަ ފަހަރެވެ. 

އަށް އަހަރުގެ ޖެނުއަރީގައި ޓޫރިޒަމް އާމްދަނީ

  •  2017 - 290 މިލިއަން ޑޮލަރު
  •  2018 - 372.30 މިލިއަން ޑޮލަރު
  •  2019 - 360.41 މިލިއަން ޑޮލަރު
  •  2020 - 314.74 މިލިއަން ޑޮލަރު
  •  2021 - 308.6 މިލިއަން ޑޮލަރު
  •  2022 - 469.79 މިލިއަން ޑޮލަރު
  •  2023 - 425.90 މިލިއަން ޑޮލަރު
  •  2024 - 589.32 މިލިއަން ޑޮލަރު

ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ ޓޫރިޒަމަށް ލިބުނީ 425.90 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 589.32 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިއީ 38 ޕަސެންޓުގެ އިތުރުވުމެކެވެ. 

މިދިޔަ އަހަރު ޓޫރިޒަމަށް 4.2 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. މިއީ ކުރީ އަހަރު ލިބުނު 4,5 ބިލިއަން ޑޮލަރާ އަޅާބަލާއިރު ހަ ޕަސެންޓުގެ ދަށްވުމެކެވެ. 

ޓޫރިޒަމް 2024 - މިއަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒެކެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑު ހެދި އަހަރެކެވެ. މިދިޔަ އަހަރު 1,878,543 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު އައިސްފައިވަނީ 1,675,303 ޓޫރިސްޓުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.