ވޭތުވެދިޔަ ދެ އަހަރަށްވުރެ މި އަހަރު ޓޫރިޒަމް އޮކިއުޕެންސީ ރަނގަޅު

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 15 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސްވެރިން އަދި ޓޫރިޒަމް މިނިސްޓަރު ފައިސަލް

މިދިޔަ ދެ އަހަރު ފެށި ދެ މަހު ޓޫރިޒަމް އޮކިއުޕެންސީ ހުރި ވަރަށްވުރެ މި އަހަރު ޓޫރިޒަމް ބޮޑުތަން ރަނގަޅު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. 

ޓޫރިޒަމް މިނިސްޓީގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ / ފެބްރުއަރީ މަހު ރާއްޖޭގެ ޓޫރިޒަމް އޮކިއުޕެންސީ ވަނީ 70 ޕަސެންޓަށްވުރެ މަތިވެފަ އެވެ. މިއީ ވޭތުވެދިޔަ ދެ އަހަރު ދުވަހާ އަޅާބަލާއިރު ބޮޑުތަނުން އިތުރު އަދަދެކެވެ.  

ޖެނުއަރީ / ފެބްރުއަރީ އޮކިއުޕެންސީ

  •  ޖެނުއަރީ 2022 - 68.8 ޕަސެންޓް | 2023 - 71.8 ޕަސެންޓް | 2024 - 73.1 ޕަސެންޓް
  •  ފެބްރުއަރީ 2022 - 72.6 ޕަސެންޓް | 2023 - 73.3 ޕަސެންޓް | 2024 - 79.7 ޕަސެންޓް
  •  މާޗް 2022 - 67.2 ޕަސެންޓް | 2023 - 66.2 ޕަސެންޓް

ޓޫރިޒަމަށް އައި މި ކުރިއެރުން ފާހަގަ ކުރައްވައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މި އަހަރުގެ މާރިޗު މަހާ ހަމައަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަަރަށްވުރެ 15.1 ޕަސެންޓް ދަށްވެފަ އެވެ. އަދި އޮކިއުޕެންސީ ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހަށްވުރެ އިތުރުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.