ހުޅުމާލެއިން ގޯތި ދިނުން | ނުނަގާ އުޅަނދުތައް އާބަންކޯއިން ނަގަނީ

ސަރުކާރުގެ ބޯހިޔާވަހިިކަމުގެ ސްކީމުގެ ދަށުން ހުޅުމާލެ ފަޅު ހިއްކައިގެން އަދި އެއްގަމުން 1300 ގޯތިދޭން ނިންމާފައިވެ އެވެ.

ގޯތިދޭން ހިއްކާ ސަރަހައްދު : މި ސަރަހައްދު ހިއްކައިގެން ގިނަ ބަޔަކަށް ގޯތިދޭނެ -- އާބަންކޯ

ހުޅުމާލެ ފަޅުން ގޯތިދޭން ހިއްކާ ސަރަހައްދުގައި މިހާރު އަޅާފައި ހުރި އުޅަނދުތަކުގެ ތެރޭން ތަކުރާރުކޮށް އެންގުމުން ވެސް ނުނަގާހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް އާބަންކޯއިން ފަށައިފި އެވެ. 

ހުޅުމާލެ ބަލަހައްޓާ ކުންފުނި -- އާބަންކޯއިން ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން މިއަދު ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް އެރީއާ އޭ ސަރަހައްދުގައި އަޅާފައިވާ ސަފާރީތަކާއި އެހެނިހެން ކަނޑުދަތުރު ކުރާ އުޅަނދުތައް ނެގުމަށް ތަކުރާރުކޮށް އިއުލާންކޮށް އަދި އެކި ގޮތްގޮތުން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ބައެއް އުޅަނދުތައް ނަގާފައި ނުވާތީ މި އުޅަނދުތައް އެ ކުންފުނީގެ ފަރާތުން ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. 

ސަރުކާރުގެ ބޯހިޔާވަހިިކަމުގެ ސްކީމުގެ ދަށުން ހުޅުމާލެ ފަޅު ހިއްކައިގެން އަދި އެއްގަމުން 1300 ގޯތިދޭން ނިންމާފައިވެ އެވެ. 

އެ ކުންފުނިން ވަނީ ގޯތިދޭން ހުޅުމާލެ ފަޅުން ނަގާ އުޅަނދުތަކަށް ހިއްކަން ފަށާފައިވާ ދިޔަނެރު ފަޅާއި ޕިކްނިކް އައިލެންޑު ރަށް ކުޑަގިރިން ފައްތިޔާ ދޭން ނިންމާފަ އެވެ. 

އާބަންކޯއިން މީގެ ކުރިން ތަކުރާރުކޮށް ވަނީ މި ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގާފަ އެވެ. ނަމަވެސް މި އުޅަނދުތަކުގެ ތެރޭން ތިން އުޅަނދެއް މިހާތަނަށް ނަގާފައެއް ނުވެ އެވެ. އެ ކުންފުނިން ވަނީ ހުޅުމާލޭން ގޯތި ދޭ ސަރަހައްދާއެކު ތިން ތަނެއް ހިއްކަން ލަންކާ ކުންފުންޏަކަށް ވަނީ ހަވާލު ވެސް ކޮށްފަ އެވެ. 

ގޯތި ސްކީމް - އެމްޑީޕީ މެނިފެސްޓޯގައި ލިޔެފައިވާ ގޮތުގެ މަތިން ދޭ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރަނީ ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ. ގުޅީފަޅުން 150 ހެކްޓަރު އަދި ހިއްކަން ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެވެ. މަޝްރޫއުގެ އަގަކީ ޖުމްލަ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) އެވެ. އަދި ގިރާވަރު ފަޅު ހިއްކަނީ ނ. ދިގުފަރުފަޅާއި އެ ތަނާ ކައިރީގައި އޮންނަ ދެކެނަންފަރު 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލައިގެން ފައިސާ ހޯދައިގެންނެވެ.

މި ސްކީމުން ދޭ ބިމުގެ ސައިޒުގެ ބޮޑުމިން 3.7 މިލިއަން އަކަފޫޓަށްވުރެ ބޮޑެވެ. އެއީ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާގެ އަގުހުރި ބިމެވެ. މި ސްކީމުންދޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓެވެ. އަދި ޖޮއިންޓް އެޕްލިކޭޝަނެއް ލައިގެން އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ބޮޑު ކުރުމުގެ ފުރުސަތު ދީފައި އޮވެ އެވެ. ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަން ލައިފިނަމަ 4،000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.