ހުޅުމާލޭން ގޯތިދޭ ސަރަހައްދާއެކު ތިން ތަނެއް ހިއްކަން ލަންކާ ކުންފުންޏަކަށް

ބިން ހިއްކަން ހަވާލުކޮށްފައިވަނީ ހުޅުމާލެ ގޯތިދޭ ސަރަހައްދުގެ އިތުރުން ދިޔަނެރު ފަޅާއި ތިލަފުށްޓެވެ.

އާބަންކޯގެ ފަރާތުން ސޮއި ކުރުމަށްފަހު އެއްބަސްވުން ބަދަލު ކުރަނީ -- އާބަންކޯ

ހުޅުމާލޭން ގޯތިދޭ އޭރިއާއެކު ތިން ސަރަހައްދެއް ހިއްކަން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާ މިއަދު ހަވާލުކޮށްފި އެވެ. 

އާބަންކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ހުޅުމާލެ އަދި ތިލަފުށި ބަލަހައްޓާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު އެވެ.  އާބަންކޯ އިން މިއަދު ހަވާލުކުރި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސަރަހައްދަކީ "ބިންވެރިޔާ ސްކީމު" ގެ ދަށުން ހުޅުމާލެ ފަޅުން 1،300 ގޯތިދޭން ހިއްކާ ސަރަހައްދެވެ. 

މި ސަރަހައްދުން ގޯތިލިބޭ މީހުންގެ ގުރުއަތު ނެގުން މިހާރު ދަނީ ކުރިއަށެވެ. މީގެ އިތުރުން ސަފާރީތަކަށް ހާއްސަކޮށް ބަނދަރެއް ހަދަން ހިއްކާ ދިޔަނެރު ފަޅު ވެސް ހިމެނެ އެވެ. 

ތިން ސަރަހައްދު ހިއްކަން ހަވާލު ކުރިނަމަވެސް މި މަސައްކަތް ކުރަން ހަރަދު ކުރަނީ ކިހާވަރެއް ކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ. އާބަންކޯ އިން ބުނީ ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ސީއެމްސީއާ ހަވާލްކޮށްގެން ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމަލޭގެ ފޭސް 3 އަދި ހުޅުމާލެ ކައިރީގައި އޮންނަ ދިޔަނެރު ފަޅުގެ އިތުރުން ތިލަފުށި އޭރިއާ ޑީ ކަމަށެވެ.   

ހަވާލުކުރި ބިމުގެ ސައިޒުތައް

  • ހުޅުމާލެ ފޭސް ތިނެއް - 62.6 ހެކްޓަރު
  • ދިޔަނެރު ފަޅު 24.6 ހެކްޓަރު
  • ތިލަފުށި އޭރިއާ ޑީ އިން 9.6 ހެކްޓަރު

އާބަންކޯއިން ބުނީ މި މަޝްރޫއުގެ ދަށުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީ އަކަށް ވެގެންދާނެކަމަށް މި ކޯޕަރޭޝަނުން ގަބޫލު ކުރާ ކަމަށެވެ. އަދި އެ ކުންފުނީގެ  އަޒުމަކީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް ފަހި މާދަމާ އަކަށް މަގުފަހިވެގެންދާނެ އެތަކެއް ތަރައްގީގެ މަރުހަލާތައް ކުރިއަށް ގެންދިއުން ކަމަށެވެ.   

ކޮމެންޓް

2
450
ދިޔާނާ ތޯރިގް
1 year ago

10 އެއް ނޫނީ 15 އަހަރު ވާނެ އޭ މީހުންބުނަނީ ތިތަން އާބާދުވާން. ހާދަ ދުވަހެކެ. އޭގެ ކުރިން އޮތް 3 ދައުރު އާ ގޯތި ތަކަކަށް އިއުލާން ކޮށް ގެ އަޅާ ފްލެޓް ލިބި ދަރިން ވިހާ އެމީހުން ބޮޑެތިވެ ދެން ނޭގެ. އަަވަހަށް ނިންމަން އުޅުގަ

ރަނިންމޭޓް
1 year ago

އަވަަސް ކުރަންއުޅޭ، މިހާރު މަގެ ގޯތިން މީހުން ބާނާތީ މިހުރީ ވަރަށް ނައްޓާފަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.