ގޯތިދޭން ހުޅުމާލެ ފަޅު ހިއްކުން - ދިޔަނެރު ފަޅާއި ކުޑަގިރިން ފައްތިޔާ

އާބަންކޯއިން ހިއްކަން ފަށަން އުޅޭ ސަރަހައްދުގެ މަސައްކަތް ކުރަނީ ލަންކާ ކުންފުންޏަކުންނެވެ. މި ސަރަހައްދު ހިއްކަނީ މާލެ މީހުންނަށް ގޯތި ކަނޑާށެވެ.

ހުޅުމާލެ ފަޅު ހިއްކާ ސަރަހައްދު -- އާބަންކޯ

ހުޅުމާލޭގައި އަލަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް ވީހާ ވެސް އަވަހަށް ނެގުމަށާ މިގޮތަށް ނަގާ އުޅަނދުތަކަށް ބޭރުން ޖާގަ ލިބޭނެ ކަމަށް އާބަންކޯ އިން ބުނެފި އެވެ. މީގެތެރޭން ޖާގަ ލިބޭ އެއް ސަރަހައްދަކީ ދިޔަނެރުފަޅާއި ގުޑަގިރި އެވެ. 

މާލޭގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ހުޅުމާލެ ބަލަހައްޓާ ސަރުކާރު ކުންފުނި އާބަންކޯއިން ބުނީ ހުޅުމާލޭގައި އަލަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މަސައްކަތްތައް ފެށުމަށް މި ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް ނިންމާފައިވާ ކަމަށާ މިގޮތުން، މި މަސައްކަތްތަކުގެ ތެރެއިން "ސައިޓް އޭ" ގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ފެށުމަށް އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

އެހެންކަމުން، މި ސަރަހައދުގައި އަޅާފައިވާ އަމިއްލަ ފަރާތްތަކުގެ އުޅަނދުތައް ވެސް ވީހާ ވެސް އަވަހަކަށް އެ ސަރަހައްދުން ނެގުމަކީ އާބަންކޯފެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. މިގޮތަށް ނެގޭ އުޅަނދުތައް މި ސަރަހައްދުގެ ބޭރުގައި އެޅުމުގު ފުރުސަތު ވެސް މިހާރު ވަނީ ފަހިކޮށްދީފައިވާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ އެ ކޯޕަރޭޝަންގައި ރަޖިސްޓްރީކޮށްގެން ކުޑަގިރި ފަޅު އަދި ދިޔަނެރު ފަޅުގައި ވެސް އުޅަނދުތައް އެޅުމުގެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުން މިއަންނަނީ ތަރައްގީއަށް ކުރެވޭ މިފަދަ މަސައްކަތްތައް ވީހާ ވެސް އަވަހަކަށް ނިންމާ، ރައްޔިތުންނަށް މީގެން ލިބޭނެ ގެއްލުންތައް ވީހާ ވެސް ކުޑަ ކުރުމަށް ކަމަށެވެ. 

އާބަންކޯއިން މީގެ ކުރިން ވަނީ މާދަމާގެ ކުރިން 10 ދުވަހުގެ ތެރޭގައި އުޅަނދެއްގެ ވެރިފަރާތުން އުޅަނދު ނަގަން އަންގާފަ ސއެވެ. އަދި ނުނަގައިފިނަމަ އެ ކުންފުނިން ކުރިން އިއުލާނުކޮށްފައިވާ ކ. ތިލަފުއްޓާއި ގުޅީފަޅު ފަޅުތެރެއަށް ދޫކޮށްފައިވާ އުޅަނދުތައް ނެގުމުގެ އުސޫލާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ވެސް ވެސް ކުރިން އަންގާފައިވެ އެވެ.

އެ ކުންފުނިން މި މަސައްކަތް ކުރަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ. މި މަސައްކަތް އެ ކުންފުންޏަށް ދީފައިވަނީ ހުޅުމާލޭން ގޯތިދޭ އޭރިއާއެކު ތިން ސަރަހައްދެއް ހިއްކާ ގޮތަށެވެ. އެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ ހުޅުމަލޭގެ ފޭސް 3 އަދި ހުޅުމާލެ ކައިރީގައި އޮންނަ ދިޔަނެރު ފަޅުގެ އިތުރުން ތިލަފުށި އޭރިއާ ޑީ ކަމަށެވެ. މި މަސައްކަތް އެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ 4 ބިލިއަން ރުފިޔާއަށް ކަމަށް ދުވަހު ނޫސް ދައުރުގައި އާބަންކޯ އިން ދިން މައުލޫމާތުގެ މައްޗަށް ރިޕޯޓްކޮށްފައިވެ އެވެ. މި ފައިސާ ހޯދަނީ ހިއްކާ ބިންތަކުގެ ތެރޭން ފައިސާ ދެ ބިން ވިއްކާލައިގެން ކަމަށްވެސް އެވެ. މި ހިއްކާ ބިންތަކުގެ ތެރޭން  ހުޅުމާލޭގެ 10 ހެކްޓަރުގެ ބިން އަދި ތިލަފުށިން 9.6 ހެކްޓަރުގެ ބިން ވިއްކާނެ ކަމަށްވެސް އާބަންކޯއިން ބުނެފައިވެ އެވެ. 

ހުޅުމާލޭގެ ގޯތިތަށް ދޭ ގޮތް

ހަވާލުކުރި ބިމުގެ ސައިޒުތައް

  •  ހުޅުމާލެ ފޭސް ތިނެއް - 62.6 ހެކްޓަރު
  •  ދިޔަނެރު ފަޅު 24.6 ހެކްޓަރު
  •  ތިލަފުށި އޭރިއާ ޑީ އިން 9.6 ހެކްޓަރު

ހުޅުމާލެ ފަޅު ހިއްކަނީ އެތަނުން ގޮތިދޭށެވެ. މި ސަރަހައްދުން 1،300 ގޯތި ކަނޑަން ވަނީ ނިންމާފަ އެވެ. 

މިހާރު ހިއްކަން ތައްޔާރުވާ ސަރަހައްދަކީ ކުރިން ކްރޫޒްލައިނާ ބަނދަރަކާއި ސަފާރީ ބަނދަރެއް ހަދަން މާސްޓަ ޕްލޭންގައި އޮތް ސަރަހައްދެކެވެ. ރޫޒްލައިން ޓާމިނަލް ސަރަހައްދަކީ ކުރިން ގޯތި ދޭން ޕްލޭނެކޮށްފައި އޮތް ތަނެއް ނޫނެވެ. އޭގެ ބަދަލުގައި ގޯތިދޭން ވަކި ސަރަހައްދެއް ކަނޑައަޅައި މީގެ ކުރިން ބިން ސާފު ވެސް ކޮށްފައިވެ އެވެ. ކްރޫޒްލައިން ޓާމިނަލްއަކީ ރާއްޖެއަކީ ކްރޫޒްލައިން މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެންގުޅުއްވި ޕްލޭނެކެވެ. އެތަނުގައި ޓާމިނަލް އެޅުމުގެ ގޮތުން އިންވެސްޓަރުން ހޯދަން އިއުލާނު ވެސް ކުރި އެވެ. އަދި ދުނިޔޭގެ ބޮޑެތި އިންވެސްޓަރުން މިކަމަށް ޝައުގުވެރިވި ކަމަށް އެޗްޑީސީގެ ކުރީގެ އެމްޑީ ސުހައިލް އަހުމަދު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް

4
450
އަންނި
1 year ago

ކޮންތާކުންތޯ މީގެ އިންޖިނޭރުން ހޯދަނީ؟ ކިހިނެތްތޯ މިކަންކުރާނީ؟ ކޮންބައެއްތޯ މިކަންކުރަނީ؟

ލިނބޯ
1 year ago

މި ހަބަރުގަ އަރބަން އައިލް ތަރައްގީ ކުރާ ވާހަކައާއި އެ ސަރަހައްދުވެސް ބުނެދިންނަމަ ވަރަށް ފުރިހަމަ ވީސް

ގުލާބް އަހުމަދު
1 year ago

ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ އުފާވެރިކަން. ބޭނުންވަނީ ރީތި ރީތި ގެ އެއް އަޅައިގެން އަވަހަށް ދާން. އަވަހަށް ހިއްކަދީ . ހެލްޕެއް ބޭނުމިއްޔާ ބުނައްޗޭ

ލައިލާ
1 year ago

އަވަހަށް ހިއްކާ، ގޯތިތައް ލިބޭނެ ކަމުގެ ޔަގީންކަމާއި މެދު އެއްވެސް ވަރަކަށް ޝައްކު ކުރާކަށް ބޭނުމެއް ނޫން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.