ހުޅުމާލޭ އިމާރާތްތައް 10 ބުރިއަށް | އަސްލަމް ކުރިން ދެކޮޅު

ޕްލޭނިން މިނިސްޓަރު އަސްލަމް މަޖިލީހުހައި ވިދާޅުވެފައިވާ ގޮތުގައި 10 ބުރިއަށް ހުއްދަ ދީފިނަމަ އެއާޕޯޓަށް ދަތިވެ ހުޅުމާލެ ރައްޔިތުންނަށް އެތައް ދަތިތަކެއް ކުރިމަތިވާނެ އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް

އާބަންކޯ ބުނީ 10 ބުރިއަށް ހުއްދަ ދިނުމުން ޕޮޒިޓިވް ކަމަށް

ހުޅުމާލޭގައި މީހުން ދިރިއުޅޭ އިމާރާތް 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ގަވައިދަށް ބަދަލު ގެނެ ގެޒެޓުކުރީ 10، ޑިސެމްބަރު 2021 ގަ އެވެ. އެ ދުވަހު ރައްޔިތުން މަޖިލީހުގައި ހައުސިން / ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެކަން ނުވާނެ ކަމަށް ވިދާޅުވެ ޗެލެންޖު ކުރައްވާފައި ދެކޮޅު ހައްދަވާފަ އެވެ. 

ޕްލޭނިން މިނިސްޓަރު އަސްލަމް އެ ދުވަހު ވިދާޅުވެފައިވާ ގޮތުގައި 10 ބުރީގެ އިމާރާތްތައް ހަދަން ހުއްދަ ދޭ ގަވައިޒު ގެޒެޓްކުރަން ރައީސް އޮފީހަށް ފޮނުވުމަށް ފަހު އަނބުރާ ގެނެސްފައިވާ ކަމަށެވެ. އެގޮތަށް އަމަލު ކުރީ 10 ބުރިއަށް އިމާރާތް ހަދަން ހުއްދަ ދީފިނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެތީ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ހުޅުމާލޭގައި ހަ ބުރިއަށް ވުރެ އުސްކޮށް އިމާރާތް ކުރަން ހުއްދަދޭނީ އިތުރު ގޮތެއް ނެތް ހާލަތެއްގަ އެވެ.

މިނިސްޓަރު ދެކޮޅު ހެއްދެވި ސަބަބު

  •  ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތިވުން
  •  އިމާރާތް އުސްކޮށް އިމާާރާތްކުރަން އުސްކުރަން ހުއްދަ ދީފިނަމަ އެއާޕޯޓް ބޭނުން ނުކުރެވިދާނެ
  •  ހުޅުމާލެ ރައްޔިތުންނަށް ދަތިވާނެ އެތައް ކަމެއް ކުރިމަތިވާނެ

10 ބުރިއަށް ހުއްދަ / މިހާތަނަށް ޕޮޒިޓިވް

އާބަންކޯއިން ބުނެފައިވާ ގޮތުގައި ކުރިން ހަ ބުރިއަށް ނެގުނު ނަމަވެސް މިހާރު 10 ފަންގިފިލާ އަށް އިމާރާތް ކުރެވޭ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ. މިގޮތުން 31 މީޓަރަށް މިހާރު ރެޒިޑެންޝަލް ޕޮލޮޓުތައް ހިއްލޭނެ އެވެ. މި ބަދަލާއެކު ޕާކިންގެ އައު ޝަރުތުތައް އިތުރުކޮށް އިމާރާތުގެ އިމުގެ ތެރޭގައި ޕާކިން ހެދުމަށް ވަނީ ކަނޑައަޅާފައެވެ. މިގޮތުން މަދުވެގެން ދެ ސައިކަލު ޕާކް ކުރާނެ ޖާގަ ކޮންމެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ކަނޑައަޅަން ޖެހޭނެ އެވެ. އަދި ކޮންމެ އެއް ކޮޓަރީގެ އެޕާޓްމަންޓް އަކަށް ސައިކަލެއް ޕާކް ކުރާނެ ޖާގަ ކަނޑައަޅަން ޖެހޭނެ އެވެ.  މީގެ އިތުރުން ސައިކަލު ޕާކިންގެ ސައިޒެއްގެ ގޮތުގައި ކަނޑައަޅާފައި މިންގަނޑު ވެސް ވަނީ ކާބަންކޯ އިން އާންމުކޮށްފައެވެ.

އާބަންކޯ އިން ބުނެފައިވާ ގޮތުގައި މި ބަދަލާ ގުޅިގެން މިހާތަނަށް ލިބިފައިވަނީ ޕޮޒިޓިވް ކޮމެންޓްތަކެއް ކަމަށެވެ. 

ހުޅުމާލެއަކީ ޕްލޭންކޮށްގެން ހެދި ރަށެއް

ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ މާސްޓަ ޕްލޭން ހައްދައި އެ ރަށް ވުޖޫޒުކުރެއްވި އެވެ. އޭރު އެރަށް ކުރިން ހުރީ ހަތަރު ބުރިއަށެވެ. އެ ރަށަކީ 2001 އިން ފެށިގެން މާސްޓަ ޕްލޭންއެއްގެ ދަށުން ކުރިއަށް ދާ ތަނެކެވެ .ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ ހުޅުމާލެ މާސްޓަ ފްލޭން އަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ފަހުން ފުރަތަމަ ފިޔަވަހިން ވެސް ހަ ބުރިއަށް އިމާރާތް ކުރަން ހުއްދަ ދިނެވެ. މި ބަދަލާއެކު ފުރަތަމަ ފިޔަވަހީ ހަދާފައިވަނީ 60،000 މީހުންގެ އާބާދީ އަކަށް ހަދާފައި އޮތްނަމަވެސް އެ އާބާދީ 80،000 އަށް އިތުރުވެގެން ދިޔަ އެވެ. ފުރަތަމަ ފުރަތަމަ ފިޔަވަހި ޕްލޭން ހައުސިން ޔުނިޓް ކޮންޓްރޯލްކޮށްގެން އާބާދީ ކޮންޓްރޯލް ކުރާ ގޮތަށެވެ. ނަމަވެސް އެ ބަދަލާއެކު އާބާދީ 50 ޕަސެންޓް އިތުރުވި އެވެ. އާބަންކޯ އިން ވަނީ 10 ބުރިއަށް ހުއްދަ ދިނުމުގެ އިތުރުން ހުޅުމާލެ ފަޅު ހިއްކައިގެން ގެއަޅަން ހުއްދަ ދޭން ވެސް ނިންމާފަ އެވެ. އަދި ދެވަނަ ފިޔަވަހީގައި އޮންނަ ޔޮޓްމެރީނާ ސަރަހައްދު ހިއްކައިގެން ގޯތިދޭން ނިންމާފަ އެވެ. 

ހުޅުމާލޭން 1300 ގޯތި

ހުޅުމާލޭގެ ގޯތިތަށް ދޭ ގޮތް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް 1،351 ގޯތި ދޭން ނިންމައި މިހާރު ދަނީ ގުރު ނަގަމުންނެވެ. މިހާތަނަށް ހުޅުމާލޭގެ ގިނަ ގޯތިތަކުގެ ގުރުވަނީ ނަގާފަ އެވެ. މިގޯތިތަކަށް އެންމެ މަދުން ބެލިނަމަވެސް 2،600 މީހުން އަންނާނެ އެވެ. 

ގޯތި ސްކީމް - އެމްޑީޕީ މެނިފެސްޓޯގައި ލިޔެފައިވާ ގޮތުގެ މަތިން ދޭ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރަނީ ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ. ގުޅީފަޅުން 150 ހެކްޓަރު އަދި ހިއްކަން ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ އެވެ. މަޝްރޫއުގެ އަގަކީ ޖުމްލަ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ) އެވެ. އަދި ގިރާވަރު ފަޅު ހިއްކަނީ ނ. ދިގުފަރުފަޅާއި އެ ތަނާ ކައިރީގައި އޮންނަ ދެކެނަންފަރު 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލައިގެން ފައިސާ ހޯދައިގެންނެވެ. މި ސްކީމުން ދޭ ބިމުގެ ސައިޒުގެ ބޮޑުމިން 3.7 މިލިއަން އަކަފޫޓަށްވުރެ ބޮޑެވެ. އެއީ ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާގެ އަގުހުރި ބިމެވެ. މި ސްކީމުންދޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓެވެ. އަދި ޖޮއިންޓް އެޕްލިކޭޝަނެއް ލައިގެން އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ބޮޑު ކުރުމުގެ ފުރުސަތު ދީފައި އޮވެ އެވެ. ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަން ލައިފިނަމަ 4،000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.