ހުޅުމާލޭގައި އާންމުންގެ ގެތައް 10 ބުރިއަށް ނަގަން ހުއްދަ ދީފި

ހުޅުމާލެ އިން ގެދޮރުވެރި ކަމަށް ކަނޑައަޅާފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި ކުރިން ޓެރަސް އާއި އެކު ނެގެނީ ހަތް ފަންގިފިލާ އަށެވެ.

ހުޅުމާލެ

ހުޅުމާލޭ ގައި އާންމުން ދިރިއުޅޭގެ ތައް 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ބަދަލު ގެނެސް އެކަން ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އާބަންކޯ އިން އިއުލާނު ކޮށްފި އެވެ.

ހުޅުމާލެ އިން ގެދޮރުވެރި ކަމަށް ކަނޑައަޅާފައިވާ ރެޒިޑެންޝަލް ޕްލޮޓްތަކުގައި ކުރިން ޓެރަސް އާއި އެކު ނެގެނީ ހަތް ފަންގިފިލާ އަށެވެ. ނަމަވެސް އާބަންކޯ އިން މިރޭ ބުނީ އެ ގޮތަށް އޮތް އޮތުން ބަދަލުކޮށް 10 ފަންގިފިލާ އަށް އިމާރާތް ކުރެވޭ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ. މިގޮތުން 31 މީޓަރަށް މިހާރު ރެޒިޑެންޝަލް ޕޮލޮޓުތައް ހިއްލޭނެ އެވެ.

މީގެ އިތުރުން ޕާކިންގެ އައު ޝަރުތުތައް އިތުރުކޮށް އިމާރާތުގެ އިމުގެ ތެރޭގައި ޕާކިން ހެދުމަށް ވަނީ ކަނޑައަޅާފައެވެ. މިގޮތުން މަދުވެގެން ދެ ސައިކަލު ޕާކް ކުރާނެ ޖާގަ ކޮންމެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ކަނޑައަޅަން ޖެހޭނެ އެވެ. އަދި ކޮންމެ އެއް ކޮޓަރީގެ އެޕާޓްމަންޓް އަކަށް ސައިކަލެއް ޕާކް ކުރާނެ ޖާގަ ކަނޑައަޅަން ޖެހޭނެ އެވެ. 

މީގެ އިތުރުން ސައިކަލު ޕާކިންގެ ސައިޒެއްގެ ގޮތުގައި ކަނޑައަޅާފައި މިންގަނޑު ވެސް ވަނީ ކާބަންކޯ އިން އާންމުކޮށްފައެވެ.

ހުޅުމާލޭ ގައި އާންމުން ދިރިއުޅޭގެ ތައް 10 ފަންގިފިލާއަށް އިމާރާތް ކުރެވޭ ގޮތަށް ހަމަޖައްސާފައިވާއިރު ސަރުކާރުން މިހާރު ދަނީ ހުޅުމާލެ ދެ ފިޔަވަހީން މާލެ ރައްޔިތުންނަށް 1،300 ވުރެ ގިނަ ގޯތި ކަނޑައިދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.