ކަނޑު ދަތުރުފަތުރުގެ ޝަރަފުވެރި ބޯޓިން އެވޯޑަށް ހުޅުވާލައިފި

މޯލްޑިވްސް ބޯޓިން އެވޯޑު ދެނީ 2016 ވަނަ އަހަރުން ފެށިގެންނެވެ. މިއީ މި ސިނާއަތަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

އަލްޝާލީ މެރިން މޯލްޑިވްސްއަށް ލިބުނު ބޯޓިން އެވޯޑާ އެ ކުންފުނިން ހަވާލު ވަނީ -- އަވަސް ނޫހުގެ ފޮޓޯއެއް

ރާއްޖޭގެ ކަނޑު ދަތުރުގެ ހިދުމަތް ދޭ ފަރާތްތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑް މޯލްޑިވްސް ބޯޓިންގް އެވޯޑަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ. 

ނެޝިނަލް ބޯޓިންގް އެސޯސިއޭޝަނުގެ ރަސްމީ އެވޯޑުގެ ގޮތުގައި 2016 އިން ފެށިގެން ބާއްވަމުން އަންނަ މި އެވޯޑާކީ ރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތަށް ހާއްސަ ކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު އެއް އެވޯޑެވެ. މި އަހަރުގެ އެވޯޑުގައި ވެސް ވޭތުވެ ދިޔަ އަހަރު ތަކާއި އެއްގޮތަށް 33 ގިންތިއަކުން އެވޯޑު ދޭން ނިންމާފައި ވެއެވެ. 

ބޯޓިން އެވޯޑުގެ މައުލޫމާތު

  •  ކުރިމަތިލުމަށް ހުޅުވި ތާރީޙް - 10 ޖުލައި 2023
  •  ކުރިމަތިލުމަށް ސުންގަޑި - 10 އޯގަސްޓް 2023
  •  އެވޯޑް ދޭން ބާއްވާ ގާލާ ނައިޓް - 2 ޑިސެމްބަރުގަ

ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން މި އެވޯޑް ދިނުން މެދުކަނޑާލުމަަށްފަހު އެންމެ ފަހުން މި އެވޯޑު ދީފައި ވަނީ 2022 ވަނަ އަހަރު އެވެ. މިދިޔަ އަހަރު މި އެވޯޑު 32 ފަރާތަކަށް ދިނެވެ. 

ބޯޓިން އެވޯޑުގައި އަގު ވަޒަން ކުރަނީ ހަމައެކަނި ބޯޓު ބިލްޑަރުން އެކަންޏެއް ނޫނެވެ. މި ސިނާއަތުގެ ހުރިހާ ފަރާތްތަކެއްގެ އަގު ވަޒަން ކުރެ އެވެ. މިގޮތުން މި ސިނާއަތަށް ހާއްސަކޮށް ތަކެއްޗާއި ހިދުމަތްދޭ ފަރާތްތައްވެސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.