ކޮވިޑަށްފަހު ބޯޓިން ދާއިރާގެ ފުރަތަމަ އެވޯޑް؛ 32 ފަރާތަކަށް

މިފަހަރުގެ ބޯޓިން އެވޯޑަށް 100 ފަރާތުން ނޮމިނޭޓް ކުރި އެވެ. އަދި މި އެވޯޑްތައް 28 ދާއިރާއަކުން މިފަހަރު ދިނެވެ.

ބޯޓިން އެވޯޑު ލިބުނު ފަރާތްތައް ފޮޓޯއަކަށް ހުއްޓިގެން

ކަނޑު އުޅަނދުފަހަރާއި އެ އުޅަނދު ތަކަށް ހިދުމަތްދޭ ފަރާތްތަކުގެ އަގު ވަޒަން ކުރަން ދޭ "މޯލްޑިވްސް ބޯޓިން އެވޯޑް" ކޮވިޑް-19 އަށް މެދުކަނޑާލުމަށް ފަހު ދީފި އެވެ. މިފަހަރު މި އެވޯޑު 32 ފަރާތަކަށް ލިބުނެވެ.

ގައުމީ ބޯޓިން އެސޯސިއޭޝަން، ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދޭ "މޯލްޑިވްސް ބޯޓިން އެވޯޑް" މި އަހަރު 28 ދާއިރާ އަކުން ދީފައިވެ އެވެ. މި ދާއިރާތަކުގައި އަމިއްލަ ވަކި ފަރުދުންނާއި ކުންފުނިތަކުގެ ބައި ވެސް ހިމެނިފައިވެ އެވެ. މިދިޔަ އަހަރު ބޯޓިން އިންޑަސްޓްރީގެ ހަރަކާތްތައް ޖަޖުކޮށް ހާއްސަ ޕެނަލްއެއްގެ ބެލުމުގެ ދަށުން ދިން މި އެވޯޑަށް 100 އަށްވުރެ ގިނަ ފަރާތުން ނޮމިނޭޓް ކޮށްފައިވެ އެވެ.

އަމިއްލަ ފަރާތްތަކުގެ ބައި

  •  ބެސްޓް ސޭލްސް ރިޒަވޭޝަން އެންޑް އޮޕަރޭޝަން ސްޓާފް: ލޯނާ ވީ ކަސްޓަނެޓޯ
  •  ބެސްޓް ކެޕްޓަން: އަހްމަދު ޒަކީ، އެމްޓީސީސީ
  •  ބެސްޓް ކްރޫ މެންބަރާ: އިބްރާހިމް އަބްދުލް ހާދީ، އެމްޓީސީސީ
  •  ބެސްޓް އިންޖިނިއަރު: މުހައްމަދު ރަޝީދު، އެމްޓީސީސީ

މި އަހަރުގެ ބޯޓިން އެވޯޑުގައި އަމިއްލަ ކުންފުނިތަކަށް ދޭ އެވޯޑުގެ ގިނަ ވަނަތަނެއް އަލްޝާލީ މެރިން މޯލްޑިވްސް އިން ވަނީ ހޯދާފަ އެވެ. އެ ކުންފުންނީގެ ކެނެރީ 28 އުޅަނދާއި ޓްއަރިން 38 އަދި އޭއެސް ކެޓް އަށްވެސް އެވޯޑު ދީފައިވެ އެވެ.

މީގެ އިތުރުން އެންމެ ރަނގަޅު އިންޝުއަރަންސް ކުންފުންޏަކަށް ހޮވުނީ އެލައިޑް އިންޝުއަރެންސެވެ. އެންމެ ރަނގަޅަށް ބަނދެފައިވާ ސަފާރީގެ އެވޯޑު ލިބިފައިވަނީ "ޓްރޮޕިކަލް އެޑްވެންޗާ މޯލްޑިވްސް" ގެ ސީރެކްސް އަށެވެ. އެންމެ ރަނގަޅު ފިޝިން ސަފާރީގެ އެވޯޑު ލިބުނީ "ނޫރާނީ 2" އަށެވެ. އެންމެ ރަނގަޅު ސާފިން ސަފާރީގެ އެވޯޑު ވޮއެޖަސްގެ "ސީފެއާރާ" އަށް ލިބުނުއިރު، އެންމެ ރަނގަޅު ޑައިވް ސަފާރީގެ އެވޯޑު ލިބުނީ "ސަޗީކާ މޯލްޑިވްސްގެ ސަޗީކާ" އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.