ކަރަންޓާ ކުނި ބިލު އެއްކޮށްލައި "ކާފުކާފު ބިލު" ފޮނުވަން ފަށައިފި

ސްޓެލްކޯއިން ވަނީ ރޭން ފެށިގެން މިދިޔަ މަހުގެ ކާފުކާފު ބިލެއްގެ ގޮތުގައި ކަރަންޓު ބިލް ފޮނުވަން ފަށާފަ އެވެ. ގޭގެއަށް ކާފު ކާފު ބިލު ފޮނުވަން ފަށާފައިވާއިރު ބިލުގައި ވެމްކޯ އިން ކުނި ނަގަން ނަގާ ފީއަށްވާ 150ރ. ހިމަނާފައި ވެއެވެ.

ވެމްކޯގެ މުވައްޒިފަކު ކުނި ނެގުމުގެ މަަސައްކަތުގައި ހަރަކާތްތެރި ވަނީ

ވެމްކޯގެ ކުނި ނެގުމުގެ ހިދުމަތަށް ކުރާ ބިލު ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމަނައިގެން ހަދާފައިވާ "ޓައި އަޕް ބިލް"  ނުވަތަ ކުނިކަރަންޓު ބިލު (ކާފުކާފު ބިލު) ގޭގެ އަށް ފޮނުވަން ފަށައިފި އެވެ. 

ސްޓެލްކޯއިން ވަނީ ރޭން ފެށިގެން މިދިޔަ މަހުގެ ކާފުކާފު ބިލެއްގެ ގޮތުގައި ކަރަންޓު ބިލް ފޮނުވަން ފަށާފަ އެވެ.  ގޭގެއަށް ކާފު ކާފު ބިލު ފޮނުވަން ފަށާފައިވާއިރު ބިލުގައި ވެމްކޯ އިން ކުނި ނަގަން ނަގާ ފީއަށްވާ 150ރ. ހިމަނާފައި ވެއެވެ. އެބައި އިންނަނީ ބިލުގެ ތިރީގައި ވަކިން އެނގޭނެ ގޮތަށެވެ. ބިލުގައި ކުނީގެ ފީ އާއި ކަރަންޓް ފީ އެކުވުމުން ބިލު ބަދަލުވަނީ ކާފުކާފު ބިލަކަށެވެ. 

ބިލްގައި ކުނި ނަގާ ފީ ހިމެނޭ ގޮތް

  • 1.ކުނި ނެގުމުގެ އަގު ކަނޑައަޅާނީ ދުވާލަކަށް 4.93ރ. ގެ މަގުން
  • 2.ނަގާނީ "އެކްޓިވް" ކަރަންޓް މީޓަރަކަށް 150ރ. ގެ ފިކްސްޑް ޗާޖެއް
  • 3.އެކްޓިވް ކަރަންޓު ޔުނިޓަކަށް ބަލާނީ މަހަކު 34 ޔުނިޓަށް ވުރެ ގިނައިން ބޭނުން ކުރާނަމަ

ސްޓެލްކޯގެ ކަރަންޓު ބިލުގައި ކުނީގެ ފީ ހިމަނައި ކާފުކާފު ބިލަކަށް ބަދަލުކޮށް ފޮނުވާން ފަށާން ނިންމީ ވެމްކޯއަށް ކުނި ބިލް ނުދެއްކުމުގެ ސަބަބުން އެ ކުންފުންޏަށް ގެއްލުން ވަމުން ދާން ފެށުމުންނެވެ. 

ކާފުކާފު ބިލަކަށް ހެދުމުން ލިބޭނެ ފައިދާ

  •  ވެމްކޯއިން ފީގެ ގޮތުގައި ދައްކާ 150ރ. ދައްކަން އުފުލަން ޖެހޭ ތަކުލީފު ނިމޭނެ
  •  އަލުން ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެ
  •  ގޭގެ ވެރިފަރާތުގެ ސިޓީއެއް މި ހިދުމަތް ހޯދާކަށް ބޭނުމެއް ނުވޭ
  •  ފީ ނަގާނީ މީހުން ދިރިއުޅޭ ތަންތަނުގައި ހުރި މީޓަރުތަކުން އެކަނި

ވެމްކޯ ކުނި ބިލާއި ކަރަންޓު ބިލު އެއްކޮށްލައި ކާފުކާފު ބިލެއް ހެދުމުން ވެމްކޯއަށް އިތުރަށް 2.5 މިލިއަން ރުފިޔާ ލިބޭނެ އެވެ. މިހާރު މާލޭގައި 50،000 އަށްވުރެ ގިނަ މީޓަރު ހުރިއިރު މިހާރު މާލޭން ކުނި ބިލު ދައްކަނީ މާލޭގެ ގާތްގަނޑަކަށް 24،000 ގޭބިސީއަކުންނެވެ. ވެމްކޯއިން ކުނި ނެގި ނަމަވެސް ގާތްގަނޑަކަށް 85 ޕަސެންޓް މީހުން ބިލު ނުދައްކައި ތިބެ އެވެ. 

ކޮމެންޓް

2
450
ަސާހިލް
10 months ago

ސްޓެލްކޯ ބިލަށް އެޑް ނުކޮށް ހަރުދަނާ އުސޫލެއް ގާއިމު ކޮށް ވެމްކޯ އަށް އެކަން ނުވަންޔާ ހުއްޓާލަން ވެއްޖެ އެއްނުން

ކާފު ކާފު
10 months ago

މިއީ ސީދާ ރައްޔިތުން އަތުން ވައްކަން ކުރަން ވެގެން ޖައްސާ ބޮޑު ޖަރީމާއެއް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.