ކުނި ނެގުމުގެ ފީ ކަރަންޓް ބިލްގައި ހިމަނަން އެއްބަސްވެއްޖެ

މި އެއްބަސްވުމުގެ ދަށުން އަންނަ މަހުން ފެށިގެން ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ހިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ ކަރަންޓް ބިލްގައި ހިމަނާނެ އެވެ.

ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ހިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނަން ނިންމާ އެއްބަސްވުން ބަދަލު ކުރަނީ

ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ހިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނަން ނިންމި ނިންމުމާއެކު ދެ ކުންފުނިން ރަސްމީކޮށް އެއްބަސްވުން ގާއިމުކޮށްފި އެވެ.

މިއީ މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް ދިމާވެފައިވާ މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި ނިންމި ނިންމުކެވެ.

އެކަމަށްޓަކައި ސްޓެލްކޯގައި މިއަދު ބޭއްވި އިވެންޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި ވެމްކޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވަނީ ސޮއިކުރައްވާ އެއްބަސްވުން ބަދަލު ކުރައްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން އަންނަ މަހުން ފެށިގެން ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ހިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ ކަރަންޓް ބިލްގައި ހިމަނާނެ އެވެ.

ވެމްކޯއިން މާލެ ސަރަހައްދުގައި ދެމުންދާ ހިދުމަތްތަކަށް ކަނޑައަޅަފައިވާ ފީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބިލުގައި ހިމަނަން ނިންމާ އެއްބަސްވުން ބަދަލު ކުރަނީ

މާލެ ސަރަހައްދުގައި ފީދައްކަން ޖެހޭ ޖުމްލަ 53,690 ގޭބިސީ ހުރި ނަމަވެސް ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20,000 ގޭބިސީއިންނެވެ. މި ބަދަލާ ގުޅިގެން ސީދާ ވެމްކޯއިން މާލޭގައި ހިދުމަތް ދެމުންގެންދާ ތަންތަނުން ނަގަމުން އަންނަ ފީއަށް އެއްވެސް ބަދަލެއް ނުގެންނާނެ އެވެ.

މިގޮތަށް ފީ ނަގަން ފެށުމުން ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކުރި ނަމަވެސް މާލޭ ސަރަހަދުގެ ހުރިހާ ގޭބިސީތަކުން ވެމްކޯއިން ގަވާއިދުން ކުނި ނަގަމުން ގެންދާނެ އެވެ. ނަމަވެސް މީގެ ތެރޭގައި ގެތަށް ސާފުކޮށްފަ އުކާލާ ބޮޑެތި ކުނި (ބަލްކީ ވޭސްޓް) ނުހިމެނޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.