ރަޝީދުގެ ފޭވަރިޓް ރެޑްވޭގެ 8 ކޫޕަނުން އެއްލައްކަރުފިޔާ

ޕާކަރު އަހުމަދު ރަޝީދު އެއް ލައްކަ ރުފިޔާ ލިބިވަޑައިގަތީ އަށް ކޫޕަން ލައިގެންނެވެ. މި ފައިސާ އަށް ގޮތެއް ނިންމާނީ އަނބިކަނބަލުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ރޯދަ މަހު ރެޑްވޭވުން ހިންގި ޕްރޮމޯޝަނާއެކު އެ ފިހާރައިން ވިޔަފާރި ކުރި މީހުން ލައްކަ އިތުރުވި އެވެ. ޕްރޮމޯޝަންގައި ހުށަހެޅި އިނާމު ހޯދަން ކަމާކަންފަށާ ވިޔަފާރި ކުރި މީހުން ވެސް މަދެއް ނޫނެވެ. އެއް ސަބަބަކީ މި ޕްރޮމޯޝަންގެ ބޮޑު އިނާމަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހިމަނާފައިވުމެެވެ. އެކަމަކު ނަސީބަކީ ކަތީބަކު ދޭ އެއްޗެކޭ ބުނާ ގޮތަށް މި ފަހަރުގެ ބޮޑު އިނާމު މި ލިބުނީ މާގިނަ ވިޔަފާރިއެއް ކުރި މީހަކަށް ނޫނެވެ. ތިން ލައްކައަށްވުރެ ގިނަ ކޫޕަން ފުރި ރާއްޖޭގެ އެންމެ ބޮޑު ރޯދަ ސޭލުގެ އެއްވަނަ އިނާމު ލިބުނީ ގ. ޕާކަރުގޭ 63، ގެ އަހުމަދު ރަޝީދު މުހައްމަދު، އާއްމު ނަމުންނަމަ "ޕާކަރު އަހުމަދު" އަށެވެ. އޭނާ ރެޑްވޭވުން ކުރީ އެންމެ 4،000ރ. ގެ ވިޔަފާރި އެވެ. އެކަމަކު އޭނާ އަށް ލައްވާލީ އެއް ލައްކަ ރުފިޔާގެ ނަގުދު ފައިސާ އެވެ. 

އަހުމަދު އަބަދު ވެސް ވިޔަފާރި ކުރައްވަނީ "މި" ނޫސް ޓޮޕްޓެންގައި ހޮވި އެންމެ ހިނގާ ގްރޯސަރީ ފިހާރައަށް ހޮވުނުގެ ރެޑްވޭވުގެ ފިހާރަތަކުންނެވެ. އޭނާއަކީ މާލޭގައި 16 ފިހާރަ ހިންގާ ރެޑްވޭވް ޗެއިންގެ ފޭވަރިޓެކެވެ. މައިގަނޑު ސަބަބަކީ ރެޑްވޭބް މާބޮޑަށް އަގުތައް ހެޔޮވުމެވެ. 

"ރެޑްވޭވް އަގު ހެޔޮވީމަ އަބަދުވެސް ވިޔަފާރި ކުރަން. އެގޮތަށް ކުރި ވިޔަފާރިއަކުން އިނާމު ލައްވާލީ ލައްވާލީ،" ޕާކަރު އަހުމަދު ވިދާޅުވި އެވެ. 

އަހުމަދު ވިދާޅުވި ގޮތުގައި އިނާމު ލިބުނު ކޫޕަން ލައްވާލި ވިޔަފާރި ކުރީ ރޯދަ ޕްރޮމޯޝަންގެ އެކި ދުވަސްމަތިންނެވެ. ރެޑްވޭވުންގެ އަގުތައް އެހެން ތަނަނަށްވުރެ ހެޔޮކޮށް ހުންނާތީ އޭނާ އެ ތަނުން ވިޔަފާރި ކުރުމަކީ އާއްމު ކަމެކެވެ. އެ އުސޫލުން މި ރޯދަމަހު ވެސް ވިޔަފާރި ކުރީ އެވެ. ކޮންމެހެން އިނާމެއް ހޯދުމުގެ އެއްވެސް ނިޔަތެއް އޭނާގެ ނެތްކަމަށް ގިނަ ބަޔަކު ދަންނަ ބޭފުޅެއް ކަމަށް އަހުމަދު ވިދާޅުވި އެވެ. 

މީގެ ކުރިން ދުވަހަކު ވެސް އަހުމަށް މިފަދަ އިނާމެއް ލިބިފައެއް ނެތެވެ. އެހެންވެ މި ފަހަރުވެސް އިނާމެއް ލައްވައި ނުލާނެ ކަމަށް ބަލައި ބައެއް ކޫޕަންތައް އޭނާ ބޭނުންނުކޮށް ދޫވެސް ކޮށްލި އެވެ. 

"ބައެއް ދުވަސް ދުވަހު ކޫޕަންކޮޅު ފިހާރާގައި ތިބި ކުދިންނަށް ވެސް ދެން. އެ ކުދިން ބުނާނެ ތިމަންނަމެންނަށް މަނާވާނެއޭ. ދެން އަޅުގަނޑު ބުނަނީ ކޮންމެ ވެސް ރައްޓެއްސަކަށް ދޭށޭ. އެގޮތަށް ވެސް ހުންނާނެ ކޫޕަންތައް ދޫކޮށްލާފަ." 

ނަސީބެއް ލައްވާނުލާނެ ކަމަށް ބަލައި ކޫޕަން ތަކެއް ދޫކޮށްލިޔަސް އެންމެ ބޮޑު އިނާމު ރަޝީދު އަށް ލިބިވަޑައިގަތީ ހީވެސް ނުކުރާ ގޮތަކަށެވެ. އެކަން އޭނާ ގަބޫލުކުރައްވަންވެސް ދަތިވި އެވެ. ރެޑްވޭވުން ބޭއްވި ގުރުއަތުލުމަށްފަހު ކޫޕަންގައި އިން އޭނާގެ ނަމްބަރަށް ރެޑްވޭވުގެ މުވައްޒަފަކު ގުޅީމަ ފުރަތަމަ ގަބޫލު ނުކުރެވުނީވެސް އެހެންވެ އެވެ. 

"ފުރަތަމަ ކޯލް އައީމަ ހީކުރީ ޔަގީނޭ މިއީ ސްކޭމް ކޯލެކޭ. ދެން އެކޮޅުން ޔަގީންކޮށް ދިނީމަ ވަރަށް ގިނަ ގޮތްގޮތުން ބަލާފަ ދެން މި ގަބޫލުކުރީ،" މި ނޫހުގައި އޮފީހުގައި އިންނަވާ އިންޓަވިއު ދެމުން ޕާކަރު އަހުމަދު ވިދާޅުވި އެވެ. 

އެއް ލައްކަ ރުފިޔާއަކީ މިހާރަށް ބަލާއިރު ލައްކަ ފައިސާ އެވެ. ލައްކަ ރުފިޔާ އެވެ. މީގެން ކުރެވޭނެ ލައްކަތައް ވެސް ހުންނާނެ އެވެ. މި ފައިސާ އިން އޭނާ ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ އެ ފައިސާ ހޭދަކުރާނީ ކޮން ކަމަށް ހެއްޔެވެ؟ 

މި ސުވާލާއެކު ޕާކަރު އަހުމަދު ޖަވާބު ސީދާވެފައި ކުރެ އެވެ. މި ފައިސާއަކީ އޭނާގެ އަނބިކަނބަލުންގެ ފައިސާ އެވެ. ގަތް އެެއްޗެއް ގަތީ އަނބިކަނބަލުން ބުނެގެންނެވެ. އެހެންވެ އެ ފައިސާ އިން ހަދާނެ ގޮތެއް ވެސް ނިންމާނީ އަނބިކަނބަލުންނެވެ. އަނބިކަނބަލުން ދީފިނަމަ ދިން އެއްޗެއް އޭނާ ހިތުން ރުހުމުން ހިފާނެ އެވެ. ؛ މިއީ މި ރޯދަމަހު ރެޑްވޭވުން ކުރިއަށް ގެންދިޔަ ރޯދަ ސޭލްގެ ބޮޑު އިނާމުގެ ނަސީބުވެރިޔާގެ ވާހަކަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.