ރެޑްވޭވް ޕްރޮމޯޝަންގެ ގުރު ނެގިއިރު، ތިން ލައްކައިގެ ތަރުހީބެއް

އެއް ވަނަ އަށް ހުށަހެޅި އެއް ލައްކަ ރުފިޔާ ލިބުނު ކޫޕަން ނަމްބަރަކީ 0016422 އެވެ. މީގެ އިތުރުން ފަސް ފަރާތަކަށް 10،000ރ. ގެ އިނާމެއް ވެސް ލިބޭނެ އެވެ. މި ކޫޕަންތަކުގެ ނަސީބުވެރިންވެސް ވަނީ ހޮވާފަ އެވެ.

ރެޑްވޭވް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވަނީ -- ރެޑްވޭވް

ރެޑްވޭވް އިން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކަށް އަބަދުވެސް ތަރުހީބު އޮވެ އެވެ. އެކަމަކު މި އަހަރު ތަރުހީބު އިތުރަށް ބޮޑެވެ. ސަބަބަކީ އެ ކުންފުނީގެ ފިހާރަތަކަށް އާއްމުންގެ ތަރުހީބު މަތިވުމެވެ. މީގެ ހެއްކަކީ ނިމިދިޔަ ރޯދަ މަހުގެ ޕްރޮމޯޝަންގެ ގުދު ނެގިއިރު ލިބުނު ތަރުހީބު ބޮޑުވުމެވެ. ތިން ލައްކައަށްވުރެ ގިނަ ކޫޕަން ކޮޅު މި ޕްރޮމޯޝަނަށް ލާފައިވެ އެވެ. 

ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަ މާކެޓް ޗެއިން "ރެޑްވޭވް" ގެ 16 ފިހާރައިގައި މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ 25 ޖެނުއަރީ އިން ހަ ރޯދައިގެ ނިޔަލަށެވެ. "ރެޑްވޭވް ރޯދަސޭލް 2023" ޕްރޮމޯޝަން ނިމި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން އޮތީ މިއަދު ހުޅުމާލެ ބޮޑު ފިހާރަ ރެޑްވޭވް މެގަމޯލްގަ އެވެ. 

ރެޑްވޭވް ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވަނީ -- ރެޑްވޭވް

އެއް ލައްކައި އިނާމު ލިބުނު ކޫޕަން - 0016422

މި ޕްރޮމޯޝަންގައި ކަސްޓަމަރުން ކުރި 500ރ. އިން މަތީގެ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް ވަނީ ދޫކޮށްފަ އެވެ. އެގޮތުން ރެޑްވޭވްގެ ބްރޭންޑް ތަކުން 5 އިނާމް ނަގައި އެވެ. މީގެ އިތުރު ފަސް ފަރާތެއް ހޮވައި ކޮންމެ ފަރާތަކަށް 10،000ރ ފައިސާގެ އިނާމު ދިނެވެ. 

މީގެ އިތުރުން ބޮޑު އިނާމަށް ހުށަހެޅި 100،000ރ ގެ ފައިސާގެ އިނާމް ލިބޭ ނަސީބުވެރި ފަރާތްވެސް ވަނީ ހޮވާފަ އެވެ. މި ކޫޕަން ނަމްބަރަކީ ކޫޕަން ނަމްބަރު 0016422 އެވެ. 

ރެޑްވޭވްއަކީ ކޮން ބައެއް؟ - ރެޑްވޭވްއަކީ މީގެ 22 އަހަރު ކުރިން 2001 ވަނަ އަހަރު އުފެދުނު "ރެޑްވޭވް" ފުރަތަމަ ދުވަހުން ފެށިގެން ވެސް ވެފައި ވަނީ ގޭދޮށު ބްރޭންޑެއްގެ ގޮތުގަ އެވެ. އަދި އާއްމުންނާ އެންމެ ކައިރި ބްރޭންޑުގެ ގޮތުގަ އެވެ. އޭގެ ސަބަބަކީ ރެޑްވޭވްއިން ގެންގުޅޭ މައިގަނޑު ފިލޯސަފީ އެވެ. އަބަދުވެސް އަގު ހެޔޮކޮށް މުދާ ވިއްކުމެވެ. ވިޔަފާރި ބަހުރުވަޔަކުން ބުނާނަމަ އަތްފޯރާ ފަށުގައި މުދާ ބެހެއްޓުމެވެ. އެންމެ ފަހުން ހުޅުވީ ރެޑްވޭވްގެ 15 ވަނަ ފިހާރަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.