ޕެރަޑައިސް އައިލެންޑް ރިސޯޓް ވިލާ ނޯޓިކާ އަށް ބަދަލުކޮށްފި

ވިލާއިން ދަނީ އެ ކުންފުނީގެ ހުރިހާ ރިސޯޓުތަކެއް ރީބްރޭންޑް ކުރަން މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ޕްރައިވެޓް އައިލެންޑު ވެސް ހަދަ އެވެ.

ވިލާގެ ޕެރެޑައިސް އައިލެންޑް ވިލާ ނޯޓިކާއަށް ބަދަލު ކުރަން ބޭއްވި ރަސްމިއްޔާތު -- ވިލާ

ވިލާގެ ރިސޯޓުތައް ރީބްރޭންޑްކޮށް ޒަމާނީ ބަދަލު ގެންނަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މާލެ ކައިރީގައި އޮންނަ ޕެރަޑައިސް އައިލެންޑް ރިސޯޓް ވިލާ ނޯޓިކާ އަށް ބަދަލު ކޮށްފި އެވެ. 

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ކުޑަ ހަފުލާއެއްގައި ޕެރަޑައިސް އައިލެންޑް ރިސޯޓުގެ އާ ނަން ބޯޑް ޕެރަޑައިސް ވިލާ ނޯޓިކާގެ ނަން ފެނިގެން ދިޔައިރު މި ބަދަލާއެކު އެ ރިސޯޓުގެ އޮޕަރޭޝަނަށް ވެސް ބޮޑު ބަދަލެއް އަންނާނެ އެވެ. 

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޓޫރިޒަމް ކުންފުނި ވިލާ ހޮޓެލްސްގެ ރީބްރޭންޑުގައި އިސްކޮށް ހަރަކާތްތެރި ވަނީ އެ މަނިކުފާނުގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމެވެ.  

ސިޔާދު ވިދާޅުވެފައިވާ ގޮތުގައި މި ބަދަލާއެކު އޭނާގެ ބައްޕާފުޅު ދިވެހި ބްރޭންޑެއްގެ ގޮތުގައި ތަރައްގީކުރި 40 އަހަރުގެ ޓޫރިޒަމް މަރުކާ އާ ހަރުފަތަކަށް ދަތުރު ކުރާނެ އެވެ. އެ ކުންފުނީގެ ހުންގާނުގައި ހިފައިގެން ހުންނަވަން މިވަގުތު އޭނާއަށް ފުރުސަތު ލިބުމަކީ ލިބި ވަޑައިގެންނެވި ބޮޑު ފަހުރެކެވެ. 

"މިއީ ވާދަވެރި ބަދަލެއް ނޫން. މިއީ އުފެއްދުންތެރިކަން ރަމްޒު ކޮދޭނެ ބަދަލެއް. އާ ހަރުފަތަކަށް ކުރިއަށް ގެންދަން ކުރާ އުންމީދެއް،" ސިޔާދު ވިދާޅުވި އެވެ.

ރީބްރޭންޑުން ވިލާއަށް އަންނާނެ ބަދަލު

  •  މައި ކުންފުނީގެ ނަން ރީބްރޭންޑްވުން
  •  ޕެރައިޑައިސް އައިލެންޑް ރިސޯޓް "ވިލާ ނޯޓިކާ" އަށް
  •  ސަން އައިލެންޑް "ވިލާ ޕާކް" އަށް
  •  ހޮލިޑޭ އައިލެންޑް ރިސޯޓް "ވިލާ ހެވަން" އަށް
  •  ރޯޔަލް އައިލެންޑް "ވިލާ ވިލެޖް" އަށް
  •  ފަން އައިލެންޑް "ޕްރައިވެޓް އައިލެންޑް" އަކަށް
  •  ކުންފުނީގެ ލޯގޯ އާއި ވެބްސައިޓަށް ބަދަލެއް

އެ ކުންފުނިން އިއުލާނު ކޮށްފައިވާ ބަދަލާއެކު އދ. އަތޮޅު ހޮލިޑޭ އައިލެންޑް ކޮންމެ ކޮޓަރިއެއްގައި ޕޫލް ހިމެނޭ ގޮތަށް 68 ކޮޓަރިއާއެކު ވިލާގެ އެންމެ މަތީ ރިސޯޓުގެ ގޮތުގައި އަންނަ އަހަރު ހުޅުވާނެ އެވެ. އަދި ކ. އަތޮޅު ފަން އައިލެންޑް އިތުރަށް ތަރައްގީކޮށް ހުޅުވަން ޕްލޭންކޮށްފައި ވަނީ 2027 ގަ އެވެ. ރޯޔަލް އައިލެންޑް ހުޅުވަނީ 2025 ގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.