ކުއްޔަށް ދެއްކި ފައިސާ ނެގި އެޗްޑީސީގެ މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފި

އެޗްޑީސީން ބުނީ ކޯޕަރޭޝަންގެ މުވައްޒަފަކު، އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަ ކުރެވުނު ހިސާބުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ

އެޗްޑީސީ ހިންގާ އިމާރާތް

އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް އެ ފައިސާ ނެގި އެޗްޑީސީގެ މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

އެޗްޑީސީން ވަނީ އެކަން ޔަގީން ކޮށްދީފައެވެ. އެޗްޑީސީން ބުނީ ކޯޕަރޭޝަންގެ މުވައްޒަފަކު، އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަ ކުރެވުނު ހިސާބުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި އެކަން ކުރިކަން އެ މުވައްޒިފު އިއުތިރާފުވެފައިވާ ކަމަށެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

"މި އަމަލު ހިންގިކަން ފާހަގަ ކުރެވުނީ މި ކޯޕަރޭޝަންގެ އިންޓާނަލް ކޮންޓްރޯލްތަކުގެ ތެރެއިން ރިކޮންސައިލް ކުރަން ޖެހޭ ފައިސާގައި މައްސަލަތަކެއް ހުރުމުން ކަން ފާހަގަކުރަމެވެ. އަދި ކައުންޓަރުގައި ހަރުކުރެވިފައިވާ ސީސީޓީވީ ކެމެރާއަށްވެސް މި މުވައްޒަފުގެ އަމަލު ވަނީ ރެކޯޑް ކުރެވިފައެވެ. އަދި ދަންނަވަމެވެ. މި މައްސަލާގައި މި ކޯޕަރޭޝަންގެ ތިޖޫރީއިން ފައިސާ ވަގަށް ނަގާފައެއް ނުވެއެވެ،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި ކޯޕަރޭޝަންގެ ތިޖޫރީއިން ފައިސާ ނެގުމުގެ ފުރުސަތު އެއްވެސް މުވައްޒަފަކަށް ލިބިފައި ނުވާނެ ކަމަށެވެ. އަދި އެޗްޑީސީގައި ގާއިމް ކުރެވިފައިވާ އިންޓާނަލް ކޮންޓްރޯލް އަދި އިންޓާނަލް އޮޑިޓް އުސޫލުތަކުގެ ތެރެއިން މިފަދަ އަމަލުތަކަށް ޖާގައެއް ނުލިބޭނެ ކަމަށެވެ. ކުލީގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަވެސް ސަމާލުކަމަށް އައިސްފައިވަނީ މި ކޮންޓްރޯލްތައް ގާއިމްކުރެވިފައިވާތީ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

"މި އަމަލަކީ އެންމެ ހަރުކަށި އިބާރާތުން މި ކޯޕަރޭޝަނުން ކުށްވެރި ކުރާ އަމަލެއްކަން ފާހަގަކޮށް އަދި މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަވެސް ދަންނަވަމެވެ،" 

އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް އެ ފައިސާ ނެގި އެޗްޑީސީގެ މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައިވާއިރު އާންމު ފަރާތަކަށް އޮޅުވާލައިގެން ކ. ތިލަފުށިން ބިމެއް ވިއްކަން ކަމަށް ބުނެ ރިޝްވަތު ނެގި އެޗްޑީސީގެ މުވައްޒިފަކު ސަސްޕެންޑްކޮށް މައްސަލަ ބަލަމުން ދަނިކޮށެވެ.

ކޮމެންޓް

0
450
ADVERTISEMENT

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.