ރިޝްވަތު ހިފި މުވައްޒަފަކު އެޗްޑީސީން ސަސްޕެންޑްކޮށްފި

އެޗްޑީސީ އިން އެއްވެސް ކަމެއްގައި އަމިއްލަ ފާރާތްތަކުގެ ބޭންކް އެކައުންޓްތައް ބޭނުން ނުކުރާނެ ކަމަށް އެކޯޕަރޭޝަނުން ބުންޏެވެ. އެހެންކަމުން އެފަދަ ކަންކަމުގައި އާންމުން ވެސް ސަމާލުވުމަށް އެޗްޑީސީ އިން އެދިފައިވެ އެވެ.

އެޗްޑީސީ ހިންގާ އިމާރާތް: އޮޅުވާލައިގެން ބިމެއް ވިއްކަން އުޅުނު މުވައްޒަފަކު ވަނީ ސަސްޕެންޑްކޮށްފައި --

އާންމު ފަރާތަކަށް އޮޅުވާލައިގެން ކ. ތިލަފުށިން ބިމެއް ވިއްކަން ކަމަށް ބުނެ ރިޝްވަތު ނެގި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފަކު ސަސްޕެންޑް ކޮށްފި އެވެ.

އެޗްޑީސީގައި މަސައްކަތް ކުރާ އެ މުވައްޒަފު އަމިއްލަ ފަރާތެއްގެ އަތުން ރިޝްވަތު ނަގައި އެ ފައިސާ އަމިއްލަ އެކައުންޓަށް ޓްރާންސްފާ ކޮށްފައި ވެއެވެ. އެކަން އެޗްޑީސީގެ ސަމާލުކަމަށް އައުމުން މުވައްޒަފު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

ބައެއް މީޑިއާތަކުގައި އެއް މިލިއަން ރުފިޔާއަށް ބިން ވިއްކާލަން އުޅުނު ކަމަށް ހަބަރު ފެތުރި ނަމަވެސް އެޗްޑީސީ އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެޗްޑީސީ އިން ބުނީ އެ މުއާމަލާތުގައި މުވައްޒަފު ހިންގާފައި ވަނީ ރިޝްވަތުގެ އަމަލެއް ކަމަށެވެ.

އެޗްޑީސީ އިން އެއްވެސް ކަމެއްގައި އަމިއްލަ ފާރާތްތަކުގެ ބޭންކް އެކައުންޓްތައް ބޭނުން ނުކުރާނެ ކަމަށް އެކޯޕަރޭޝަނުން ބުންޏެވެ. އެހެންކަމުން އެފަދަ ކަންކަމުގައި އާންމުން ވެސް ސަމާލުވުމަށް އެޗްޑީސީ އިން އެދިފައިވެ އެވެ.

އަދި އެފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާއި މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެޗްޑީސީ އިން ދަނީ ފުލުހުންނާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.