އެހެން ޕާޓީތައް ކުރާ ކަމަކީ ރައްޔިތުން ޖައްސާ ފިތުނަ އުފެއްދުން: ފާރިސް

ފާރިސްގެ މި ވާހަކަތައް އައިސްފައި ވަނީ ލަފާވާ ގޮތުން ޕާޓީގެ މެންބަރުންގެ ގާނޫނީ އަދަދު ހޯދާފައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ޕާޓީއަށް ފޮނުވި ނޯޓިހާ ގުޅުވާލައިގެނެވެ.

ފާރިސް މައުމޫން: ޕާޓީތަކަށް މެންބަރުން ހޯދަން ކުރާ މަސައްކަތްތަކަށް ފާޑު ވިދާޅުވޭ -- މި

އެހެން ހުރިހާ ސިޔާސީ ޕާޓީތަކުން ކުރާ ކަމަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ އެއްބަޔަކު އަނެއް ބަޔަކަށް ޖައްސައިގެން ކުރިއެރުން ހޯދުން ކަމަށް މޯލްޑިވްސް ރިފޯމް މޯވްމަންޓް (އެމްއާރުއެމް) ރައީސް ފާރިސް މައުމޫން ވިދާޅުވާ ވާހަކަފުޅެއް އެބަ ހިނގަ އެވެ. 

ބެލެވޭ ގޮތުގައި މިއީ އެމްއާރާމްގެ ނުރަސްމީ ބައްދަލުވުމެއްގެ ތެރޭ ފާރިސް ދެއްކެވި ވާހަކަފުޅެކެވެ. އަދި އެ ވާހަތައް އޭނާ ގެންނެވާފައި ވަނީ އެ ޕާޓީގެ މެންބަރުންގެ އަދަދު 3،000 އިން ތިރިއަށް ސޮއްސައިލުމުން އަދަދު ހަމަ ކުރަން އިލެކްޝަނުން ޕާޓީއަށް އެނގި އެންގުމާ ގުޅިގެނެވެ. އެކަމަކު އެކަން ސާފެއް ނުކުރެވުނެވެ. 

3،000 ހަމަ ކުރުމުގެ ނޯޓިހެއް - ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް ބޭނުންވާ ގާނޫނީ އަދަދު އެމްއާރްއެމް ގައި ހަމަނުވާތީ ގާނޫނީ އަދަދު ހަމަ ކުރަން ދެވަނަ ނޯޓިހެއް މި މަހުގެ 24 ވަނަ ދުވަހު އެ ޕާޓީއަށް ދީފައި ވެއެވެ. ގާނޫނީ އަދަދު ހަމަނުވާތީ އެ އަދަދު ހަމަ ކުރަން ދީފައި ވަނީ ތިން މަސް ދުވަހުގެ ނޯޓިހެކެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ބުނާ ގޮތުން އެމްއާރްއެމްގައި މިވަގުތު ތިބީ 2981 މެންބަރުންނެވެ. ގާނޫނީ އަދަދު ކަމަށްވާ 3،000 މެންބަރުން ހަމަ ކުރުމަށް ތިން މަސްތެރޭ 19 މެންބަރުން ޕާޓީއަށް ވަންދާން ޖެހޭނެ އެވެ.

ފާރިސްގެ ވާހަކަ ގުޅުވައިލަނީ ނޯޓިހާ

ފާރިސްގެ ވާހަކައިގައި ވިދާޅު ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތުގައި ކުރާ ކަމަކީ އެ ބައެއްގެ އެޖެންޑާ ހިންގާ ޕާޓީން އެވެނި މިވެނި ބަޔަކަށް ވަޒީފާ ހޯދުމެވެ. އެ މަސައްކަތް ޕާޓީތަކުން ކުރާ ގޮތުން ހީވަނީ ރާއްޖެއަކީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ގައުމެއް އެކަނި ހެން ކަމަށެވެ.

"މި ހީވަނީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ގައުމެއްހެން މީ. މީ ހަގީގަތެއް ނޫން އިނގޭތޯ ދިވެހިރާއްޖޭގެ އަދިވެސް ވޯޓް ދެވޭ އަދަދުގެ ދެބައިކުޅަ އެއްބަޔާ ގާތަށް އަދިވެސް ތިބީ ސިޔާސީ ޕާޓީތަކަށް ސޮއި ނުކޮށް... ނުކޮށް ތިބީ ކަމަކު ދެއްތޯ ނުކޮށް އެތިބީ... އެއީ ސިޔާސީ ޕާޓީތަކުގައި އުޅެން ބޭނުން ނުވާތީ ސިޔާސީ ޕާޓީތައް އަމަލު ކުރާ ގޮތަށް ނޫނެކޭ ބުނާތީ!" އޭނާ ވިދާޅުވި އެވެ.

ޕާޓީތަކަށް ސޮއި ނުކޮށް ތިބި މީހުންގެ ހައްގު ކޮބައިތޯ އާއި އެމީހުންގެ މަސްލަހަތު ނަގަހައްޓާ ބަޔަކީ ކޮބައިތޯ އާއި "ރައްޔިތުންގެ ތެރެއިން ސިޔާސީ ހަޑި މުޑުދާރު ކަންކަންތަކުގެ ތެރެއަށް ވަންނަން ބޭނުން ނުވާ މީހާގެ ހައްގު" ތައް ކޮބައިތޯ ވެސް ފާރިސް އައްސަވަ އެވެ.

ފާރިސް ވިދާޅުވީ އެހެން ޕާޓީތައް ވާދަ ކުރާ ގޮތަށް މެންބަރުގެ އަދު 20،000 ކަމަށް އަދި 30،000 ކަމަށް ދައްކައި ވަޒީފާ ހޯދައި ދޭނީ ޕާޓީ މީހުނަށް އެކަނި ކަމަށާއި އަޑު އަހާނީ އެ ޕާޓީގެ މީހުން ބުނާ އެއްޗެއް އަކަނި ކަމަށް ބުނެގެން ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

"އެހެން ޕާޓީތަކުން އެ ކުރާ ކަންތައް ރީއްޗަށް ސާފުކޮށް ދަންނަވާފާނަން ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައިގެން އެއްބަޔަކު އަނެއް ބަޔަކަށް ޖައްސައިގެން ކުރިއެރުން ހޯދުން އެކަން ކުރާކަށް ނެތިން އަޅުގަނޑުމެން އެމްއާރްއެމެއް!" ފާރިސް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ބަލައިގަންނަން އެމްއާރްއެމެގެ މެންބަރުން ވެސް، މެންބަރުން ނޫން މީހުން ވެސް! އެމީހުންގެ ވެސް ހައްގުތަކެއް ހުރޭ އެމީހުންގެ މަސްލަހަތުތަކެއް އެބަހުރި އަޅުގަނޑުމެނަކީ ހުރިހާ ރައްޔިތުންގެ މަސްލަހަތު ދަމަހައްޓާ ބައެއް އަޅުގަނޑުމެންގެ ޕާޓީއަށް ސޮއި ކުރީމައޭ ކިޔާފަ ވަކި ވަޒީފާއަކަށް ފޮނުވައި ދޭން... ސޮއި ނުކޮށްފިއްޔާ އެ ފުރުސަތު ނުހޯދައި ދޭނެ ކަމަށް ބުނާނެ ބައެއް ނޫން އަޅުގަނޑުމެނަކީ،"

ފާރިސް ވިދާޅުވީ ހުރިހާ އެންމެނަށް ހަމަހަމަކޮށް ކަން ކޮށް ދެވޭނެ ޕާޓީއެއް ރާއްޖެއަށް ބޭނުންވާ ކަމަށާއި އަދި އެފަދަ ޕާޓީއެއް ނުފެންނަ އިރު އެމްއާރްއެމް ވާން ބޭނުން ވަނީ އެވަރު ޕާޓީއަކަށް ކަމަށެވެ.

"އަޅުގަނޑުމެން ކެރިގެން 3،000 މެންބަރުންނާ ހިސާބުގައި މިތިބެނީ! ކޮންމެހެނަކު ނުޖެހޭ ހުށަހެޅުންތައް ހުށަހަޅައިގެން މި ޕާޓީއަށް ވަދެއްޖެ ނަމަ މިވެނިކޮށް ކަމެއް ކޮށްދޭނެމާ ބުނެގެން މީހުން އިތުރު ކުރާކަށް"    

އެހެން ޕާޓީތަކުން އެ ކުރާ ކަންތައް ރީއްޗަށް ސާފުކޮށް ދަންނަވާފާނަން ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައިގެން އެއްބަޔަކު އަނެއް ބަޔަކަށް ޖައްސައިގެން ކުރިއެރުން ހޯދުން، އެކަން ކުރާކަށް ނެތިން އަޅުގަނޑުމެން އެމްއާރްއެމެއް!

ފާރިސް މައުމޫން | އެމްއާރްއެމްގެ ރައީސް

ތަކުރާރު ކުރެއްވީ ކުރީން ދެއްކެވި ވާހަކަފުޅެއް

މީގެ ކުރީ މިދިއަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ފާރިސް ގާތްގަނޑަކަށް މި މޭރުމުން މި ވާހަކަފުޅު ދައްކަވާފައި ވެއެވެ. އެ ފަހަރު އެމްއާރްއެމްގެ ކަންބޮޑުވުންތައް އިލެކްޝަނާ ހިއްސާ ކުރެއްވުމަށް ފަހު  ނޫސްވެރީންނާއި ބައްދަލު ކުރައްވާ ވިދާޅުވި ގޮތުގައި ސިޔާސީ ކަންކަމާ ބެހޭ ގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއި ސިޔާސީ ޕާޓީތަކުން އަމަލުކުރާ ގޮތް ހަރުދަނާ ކުރަން ޖެހޭ ކަމަށް ރައްޔިތުން ގަބޫލު ކުރެ އެވެ. އަދި ވޯޓު ލެވޭ އާބާދީގެ ގިނަ އަދަދެއްގެ މީހުން ތިބީ ޕާޓީތަކުން ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް ޕާޓީތަކާ ނުގުޅި އެވެ. 

އަދި ކިޔާލަން -

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.