ޕާޓީއަކާ ނުގުޅި އެއްވެސް ކަމެއް ނުކުރެވޭ ހިސާބަށް ގޮސްފި: ފާރިސް

މީހަކު ވަޒީފާއެއް ބޭނުންވެއްޖެ ނަމަ / މީހަކު އަމިއްލަ ދިރިއުޅުމުގައި ކުރިއެރުމެއް ބޭނުންވެއްޖެ ނަމަ ކޮންމެވެސް ސިޔާސީ ޕާޓީއަކާ ގުޅިގެން، ކޮންމެވެސް ބައެއްގެ ފަރާތަށް އަރައިގެން ނޫނީ ދިވެހި ރައްޔިތަކަށް ކަމެއް ހާސިލުނުވާ ހިސާބަށް ގޮސްފައިވާ ކަމަށް ފާރިސް ވިދާޅުވިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫން -- މުހައްމަދު ޒައިން | މި
  •  އެމްއާރްއެމްގެ ކަންބޮޑުވުންތައް އީސީއާ ހިއްސާކުރި
  •  ވޯޓްލެވޭ އާބާދީގެ ބޮޑުބައެއް ޕާޓީއަކަށް ނުވަދޭ
  •  އެއްވެސް ކަމެއް ޕާޓީއަކާ ނުގުޅި ނުކުރެވޭ
  •  ސިޔާސީ ކަންކަން ބޮޑު ބާޒާރަކަށް ވެއްޖެ

ކަންބޮޑުވުންތަކަކާއެކު މޯލްޑިވްސް ރިފޯމް މޯވްމަންޓް (އެމްއާރުއެމް)އިން އިލެކްޝަންްސް ކޮމިޝަންގެ މެންބަރުންނާ ބައްދަލު ކޮށްފި އެވެ.

މިއަދުގެ ބައްދަލުވުމަށްފަހު ނޫސްވެރީންނާއި ބައްދަލު ކުރައްވާ އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ އެ ޕާޓީން އީސީއާ ބައްދަލުކޮށް ދެއްކި މައިގަނޑު ވާހަކައަކީ ސިޔާސީ ކަންކަމާ ބެހޭ ގޮތުން ދައުލަތުގެ މުއައްސަސާތަކުންނާއި ސިޔާސީ ޕާޓީތަކުން އަމަލުކުރާ ގޮތް ހަރުދަނާކުރަން ޖެހޭ ކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ. އަދި ވޯޓު ލެވޭ އާބާދީގެ ގިނަ އަދަދެއްގެ މީހުން ތިބީ ޕާޓީތަކުން ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް ޕާޓީތަކާ ނުގުޅި ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ ބަޔަކު މި ތިބެނީ ސިޔާސީ ކަންކަން ހިނގާ ގޮތުން ޕާޓީތަކާ ގުޅެން ބޭނުން ނުވެފައި ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. ހަމައެއާއެކު މި ގޮތުން ޕާޓީތަކުގެ ތެރެއިން ނޫން ގޮތަކަށް ގައުމަށް ހިދުމަތް ކުރެވޭނެ މަގު ތަނަވަސްވެފައި ނެތަތީވެ ގައުމަށް ވަރަށް ބޮޑު ގެއްލުންތަކެއް ވެގެން ދާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ފާރިސް ވިދާޅުވި އެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް ފާރިސް މައުމޫން -- މުހައްމަދު ޒައިން | މި

ފާރިސް އިތުރަށް ވިދާޅުވީ އީސީއިން މިހާތަނަށް އަމަލުކޮށްފައި އޮތް ގޮތަކީ ކަންކަން އިސްލާހު ކުރުމުގައި ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ އިސް ފަރާތްތަކާ މަޝްވަރާ ކުރުން ކަމަށެވެ. އަދި އީސީގެ ބައެއް ފަންނީ ބޭފުޅުން ވަނީ ރަނގަޅު އިސްލާހުތަކެއް އެކުލަވައިލައިފައި ކަމަށެވެ. އޭގެ ތެރެއިން ބައެއް އިސްލާހުތައް މިހާރު ބަންޑާރަނައިބުގެ އޮފީހަށް ވެސް ފޮނުވައިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބައްދަލުވުމުުގައި އިތުރަށް މަޝްވަރާ ކުރެވުނު ކަންކަން ފާހަގަ ކުރައްވަމުން ފާރިސް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވެސް އެންމެ ފުރަތަމަ ޖަވާބުދާރީ ވާން ޖެހޭނީ ރައްޔިތުންނަށް ކަމަށާއި ވަކި ބޮޑު ޕާޓީއަކަށް ނޫން ކަމަށެވެ. އެހެން ނަމަވެސް މިހާރު ކަންތައް އޮތް ގޮތުން ފައިދާ ކުރަނީ ޕާޓީތަކުގެ އިސްވެރިންނަށް ކަމަށާއި އެހެންވުމުގެ ސަބަބުން ސިޔާސީ ކަންކަން ބޮޑު ބާޒާރަކަށް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

"މީހަކު ވަޒީފާއެއް ބޭނުންވެއްޖެ ނަމަ މީހަކު އަމިއްލަ ދިރިއުޅުމުގައި ކުރިއެރުމެއް ބޭނުންވެއްޖެ ނަމަ ކޮންމެވެސް ސިޔާސީ ޕާޓީއަކާ ގުޅިގެން، ކޮންމެވެސް ބައެއްގެ ފަރާތަށް އަރައިގެން މެނުވީ ދިވެހި ރައްޔިތަކަށް ކަމެއް ހާސިލުނުވާ ހިސާބަށް ގޮސްފައި މިވަނީ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ޖުމުލަކޮށްް އެމްއާރުއެމްގެ ފަރާތުން ދެއްކި ވާހަކަތައް އީސީގެ މެންބަރުން ގަބޫލުކުރެއްވި ކަމަށެެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.