ޔާމީން ޖަލުގައި ބާއްވައިގެން ނުވާނެ، އިންތިހާބުން ފުރުސަތު ދޭންޖެހޭ: ނާޒިމް

ޖަލުގައި ކުރެއްވި ތަޖުރިބާ ހިއްސާ ކުރައްވާ ނާޒިމް ވިދާޅުވަނީ އެއީ ފަސޭހަ ތަނެއް ނޫނެވެ. އެކަނި ތަނަކަށް މީހަކު ލާފައި ދެ ދުވަސް އެކަނި ހޭދަކޮށްލުމުން ވެސް އެއީ ކިހާވަރެއްގެ ކަމެއްކަން އިހުސާސް ކޮށްލެވޭނެ އެވެ.

މުހައްމަދު ނާޒިމް: ޔާމީން ދޫކޮށްލައި އިންތިހާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ދިނުމަށް ގޮވާލެއްވި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމާ އިދިކޮޅު ދެ ޕާޓީގެ ރިޔާސީ ޓިކެޓް އަރުވާފައިވާ ކުރީގެ ރައީސް / އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެެވެން ވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ރޭ އޮތް އެމްއެންޕީގެ "ރައްޔިތުންގެ އުދާސް" ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ޒާތީ ހަސަދަ ދޫކޮށްލައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ޖަލަށްލާން ޖެހޭ ކަަމަށް ދެކޭ ސަގާފަތް ވެސް ނައްތާލަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނުހައްގުން ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގަތް ދުވަސްތަކުގެ ހަނދާންތައް އާ ކުރައްވާ ނާޒިމް ރޭ ވިދާޅުވީ އޭނާއަށް ޖަލުގައި ވަރަށް ގިނަ ދުވަހު ނިކަމެތި ކަމާއެކު އޮންނަން ޖެހުނު ކަމަށާ އެ ދުވަހު ކުރެއްވުނު ތަޖުރިބާއިން އޭނާ އާއި އާއިލާއިން ވެސް މީހަކު ޖަލަށްލާން ދުވަހަކުވެސް ނޭދޭނެ ކަމަށެވެ. 

ޖަލުގައި ކުރެއްވި ތަޖުރިބާ ހިއްސާ ކުރައްވާ ނާޒިމް ވިދާޅުވީ އެއީ ފަސޭހަ ތަނެއް ނޫން ކަމަށާއި އެކަނި ތަނަކަށް މީހަކު ލާފައި ދެ ދުވަސް އެކަނި ހޭދަކޮށްލުމުން ވެސް އެއީ ކިހާވަރެއްގެ ކަމެއްކަން އިހުސާސް ކޮށްލެވޭނެ ކަމަށެވެ. 

ނާޒިމް ޖަލަށްލީ ކީއްވެ؟ - ގެއިން ފިސްތޯލައެއް ފެނުނު މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުވާ ކަމަށް ނިންމާ 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ތާއީދު ކުރިއެވެ. ނަމަވެސް އެއީ ފްރޭމް ކުރުމުގެ އަމަލެއް ކަމަށް ކަނޑައަޅާ ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރީ ޑިސެންބަރު 13، 2018 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ރައީސް އަބްދުﷲ ޔާމީން ޕްރިޒަންސް ލޯންޗުގައި ލައިފްޖެކެޓް އަޅުއްވައިގެން އެ މަނިކުފާނުގެ ޖަލު ދަތުރު ފައްޓަވަމުން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ -- މި

ރޭ ނާޒިމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮތުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ރައީސް ޔާމީނަށް އިންސާފު ކަށަވަރު ކޮށްދެެއްވުމަށް ވެސް ގޮވާލެއްވި އެވެ. އަދި ވިދާޅުވީ ރިޔާސީ ރޭހުން އެމަނިކުފާނަށް ފުރުސަތު އޮންނަން ވާނެ ކަމަށެވެ.

"ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ޕާޓީއެއްގެ ލީޑަރެއް ޖަލުގައި އޮތުން އެއީ ވަރަށް ކަންބޮޑުވާ ކަމެއް. ރައީސް ޔާމީން ޖަލުގައި އޮވެގެން ނުވާނެ. ރިޔާސީ އިންތިހާބުގައި ވާދަ ކުރެވެން ވާނެ އެ ބޭފުޅާއަށް. އެއީ މިއަދު އަޅުގަނޑު ގަބޫލު ކުރާ ގޮތަކީ،" ނާޒިމް ވިދާޅުވި އެވެ.

ޕީޕީއެމުން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅާ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އަރުވާފައެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުން މި ވަގުތު ހުންނެވީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާށެވެ. ދަށު ކޯޓްގެ އެ ނިމުން ހައިކޯޓްގައި ވަރަށް އަވަހަށް އިސްތިއުނާފު ކުރާނެ އެވެ. މަތީ މަރުހަލާއިން ރަައީސް ޔާމީން ސަލާމަތްވެވަޑައިނުގެންފިނަމަ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. 

ނަމަވެސް އިދިކޮޅު ދެ ޕާޓީން ވަނީ ރައީސް ޔާމީންގެ ނަންފުޅު ނެތި ރިޔާސީ އިންތިހާބު ނުބޭއްވޭނެ ކަމަށާ އެ ދެ ޕާޓީގެ ހުރިހާވެސް "ޗޮއިސް" އަކީ ރައީސް ޔާމީން ކަމަށް ބުނެފަ އެވެ.

ޔާމީންގެ މައްޗަށް އިއްވި ހުކުމް - ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ކުރި، ރިޝްވަތު ހިފުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށްލާން ހުކުމްކޮށް، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ރިޝްވަތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.