ހުޅުމާލެ މާސްޓް ޕްލޭންއާ ބެހޭ ގޮތުން އާއްމުންގެ ހިޔާލު ހޯދަން ފަށައިފި

މާސްޓަޕްލޭންއާއި ގުޅުންހުރި މައުލޫމާތު ދިނުމާއި ހިޔާލު ހޯދުމަށް މިއަދު ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާ މާދަމާގެ ސެޝަންތަކުގައި ބައިވެރިވުމަށް ރުއްގަނޑު 2 ނުވަތަ ދިރާގު ބީޗުގައި އޮންނާނެ ކަމަށެވެ.

އެޗްޑީސީ އިން އެކުލަވާލި ހުޅުމާލެއާ މާސްޓް ޕްލޭންއާ ބެހޭ ގޮތުން އާއްމުންގެ ހިޔާލު ހޯދަން ބޭއްވި ބައްދަލުވުން -- އެޗްޑީސީ

އެޗްޑީސީ އިން އެކުލަވާލި ހުޅުމާލެއާ މާސްޓް ޕްލޭންއާ ބެހޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމުގެ ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ. 

އެޗްޑީސީ އިން ބުނީ މާސްޓަޕްލޭންއާއި ގުޅުންހުރި މައުލޫމާތު ދިނުމާއި ހިޔާލު ހޯދުމަށް މިއަދު ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާ މާދަމާގެ ސެޝަންތަކުގައި ބައިވެރިވުމަށް ރުއްގަނޑު 2 ނުވަތަ ދިރާގު ބީޗުގައި އޮންނާނެ ކަމަށެވެ. 

އާ މާސްޓަޕްލޭން ހަދައި ގެންނަން އެއް ބަދަލަކީ ހުޅުމާލެ 2 އާއި 3 ގެ ދެމެދުގައި ކުރިން "ކޯރެއްގެ" ގޮތުގައި ކަނޑައަޅާފައި އޮތް ބައި ހިއްކައި ދެ ސަރަހައްދު އެއްކޮށްލުމެވެ. މީގެ އިތުރުން ހުޅުމާލޭގެ ބަނދަރު ބޮޑު ކުރުމެވެ. މިހާރު ބޭނުންކުރަމުން އަންނަ 36 ހެކްޓަރުގެ ސަރަހައްދު 53 ހެކްޓަރަށް ބޮޑު ކުރާނެ އެވެ އަދި މި ސަރަހައްދުގައި އުޅަނދުފަހަރު އެޅުމަށާއި އުޅަނދުތަކުން ހިދުމަތް ހޯދުމަށް ފަސޭހަވާނެހެން ބަދަލުތައް ގެންނާނެ އެވެ.

ހުޅުމާލެ ފޭސް ދޭއްގެ ބިންތައް ބަހާލާފައިވާ ގޮތް (ޕަސެންޓޭޖުން)

  •  މީހުން އާބާދު ކުރުމަށް 29.84 ޕަސެންޓް ބިން
  •  ސްކޫލްތަކާއި މިސްކިތްތަކާއި ކޮމިއުނިޓީ ބޭނުންތަކަށް 10.41 ޕަސެންޓް ބިންތައް
  •  ވިޔަގާރި ބޭނުމަށް 5.56 ޕަސެންޓް ބިން
  •  މިކްސް ރެސިޑެންސް އަދި ކޮމާޝަލް ޒޯންނަށް 1.44 ޕަސެންޓް ބިން
  •  ފެހި ސަރަހައްދު، ހުސްބިން އަދި ކުޅިވަރުތަކަށް 30.62 ޕަސެންޓް ބިން
  •  އޮފީސްތަކާއި އެހެން ބޭނުންތަކަށް 3.64 ޕަސެންޓް ބިން
  •  ވިޔަފާރި އާއި އިންޑަސްޓްރިއަލް ބޭނުންތަކަށް 5.76 ޕަސެންޓް ބިން

ހުޅުމާލޭގެ 21 އަހަރުވީ މާސްޓަ ޕްލޭންއަށް ދިރާސާ ކުރުމެއް ނެތި ބަދަލު ގެނެސްފައިވަނީ 2023 ވަނަ އަހަރު އެވެ. އެހެންވެ އެޗްޑީސީ އިން މިފަހަރު އެކުލަވާލި އާ މާސްޓަ ޕްލޭންގައި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވެރިވުން ހިމަނާނެ އެވެ. މިފަހަރު އާ މާސްޓަ ޕްލޭންނަށް ގެނެސްފައިވާ ބަދަލާއެކު ހުޅުމާލޭގައި އިތުރުވަމުން އަންނަ އާބާދީ އަށް ބޭނުންވާ ގިނަ ކަންތައްތަކެއް މަގު ފަހިކޮށްފައިވެ އެވެ. އެންމެ ބޮޑު އެއް ބަދަލަކީ ގޯތިދޭން ބިން ހިއްކައި ބިމުން ބޮޑުބައެއް ގެއްލިގެން ގޮސްފައި އޮތުމުން އެ މައްސަލައިގެ ސަބަބުން އާބާދީއަށް ކުރިމަތިވާނެ ގޮންޖެހުންތަށް ކުޑަ ކުރުމެވެ. ހާއްސަކޮށް ބަނދަރު ކުޑަވުމާއި ހުސްޖާގަ ނެތުން ފަދަ މައްސަލައަށް ހައްލު ގެނެސްފައިވެ އެވެ. މި މާސްޓަ ޕްލޭން އަދި ފައިނަލްކޮށްފައި ނުވާއިރު މާސްޓަޕްލޭން ފައިނަލް ކުރާނީ ތަޖުރިބާކާރުންގެ ލަފާގެ މަތިންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.