މޯލްޑިވްސް އެކްސްޕޯގައި އެކި ދާއިރާތަކުން ތަކެތި އުފައްދާ 383 ބައިވެރިވެފައިވެ އެވެ. މި ބައިވެރިން މައުރަޒު ކުރިއަށް ގެން ދަނީ ވާދަކުރުމުގެ ބަޔަކާއި ޑިސްޕްލޭ އަށް އެކަނި ބަހައްޓާ ބައެއް ހިމެނޭ ގޮތަށެވެ.
މަސައްކަތް ފަސޭހަކޮށްދޭން ދިވެހިން ލިޔެފައިވާ ސޮފްޓް ވެއާތައް މި ތަނުން ފެނެ އެވެ. ދިވެހިން އޭއައިގެ ހުނަރު ވެސް ފެނެ އެވެ. ރީތި އަތްތެރި މަސައްކަތުގެ ހުނަރު ފެނިގެންދެ އެވެ. އަދި ބާޒާރު ކުރުމަށް ހާއްސަ ތަކެތި ވިއްކާ ބައެއް ވެސް މި މައުރަޒުގައި ހިމެނެ އެވެ. އަދި މި ނޫން ވެސް ދިވެހިންގެ އަޖައިބު ކުރުވަނިވި ހުނަރު ފެނިގެންދާ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ނުވަތަ މޯލްޑިވްސް އެކްސްޕޯ ފަށައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް އެކްސްޕޯ 2025 ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ހަވާއެރުވުމާއެކު މަސައްކަތްތެރންގެ އީދެއްގެ ގޮތުގައި ފެނިގެންދާ މޯލްޑިވްސް އެކްސްޕޯގައި އެކި ދާއިރާތަކުން ތަކެތި އުފައްދާ 383 ބައިވެރިން ބައިވެރިވެފައިވެ އެވެ. މި ބައިވެރިން މައުރަޒު ކުރިއަށް ގެން ދަނީ ވާދަކުރުމުގެ ބަޔަކާއި ޑިސްޕްލޭ އަށް އެކަނި ބަހައްޓާ ބައެއް ހިމެނޭ ގޮތަށެވެ.
މި އަހަރުގެ މައުރަޒުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން މި މައުރަޒުގައި ބައިވެރިވެފައިވެ އެވެ، މިއީ 15 ދާއިރާއަކުން 83 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ދިނެވެ. މި އަހަރު އެންމެ ގިނައިން ބައިވެރިވެފައިވަނީ ލިޔެލާ ޖެހި އުފެއްދުންތަކެވެ. މީގެ އިތުރުން އައިޓީ އަދި އައިސީޓީގެ ގިނަ އުފެއްދުން ތަކެއް ވެސް ބައިވެރިކޮށްފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން އިންތިޒާމުކޮށްގެން ކުރިއަށްދާ މޯލްޑިވްސް އެކްސްޕޯގެ ވާދަކުރުމުގެ ބަޔަށް 3،000 އަށް ވުރެ ގިނަ އުފެއްދުންތައް ހުށަހަޅާފައިވެ އެެވެ. ސޯޝަލް ސެންޓަރުގައި ރޭ ވަނީ ވަނަތަކަށް ހޮވުނު 250 އަށް ވުރެ ގިނަ އުފެންދުންތަކަށް އެވޯޑު ވެސް ދީފައިވެ އެވެ.
މި އަހަރުގެ މައުރަޒުގައި އެންޓަޓެއިމަންޓް ޑިސްޓްރިކްޓްސްގައި ވެސް ގިނަ ހަރަކާތްތައް ހިމެނެ އެވެ. އުފެއްދުންތެރިކަމުގެ މައުރަޒުގައި އެންޓަޓެއިމަންޓް ނުވަތަ މުނިފޫހި ފިލުމުގެ ޑިސްޓްރިކްޓް އޮންނާނެ އެވެ. މި ބައި އޮންނާނީ ކާނިވާ ސްޓައިލަށެވެ. މައި ސްޓޭޖާއި ޕްލެޓްފޯމް ސްޓޭޖުގައި ލައިވް ބޭންޑުތަކާއި ޑާންސް ޕާފޯމަންސްތަކާއި ސްޓޭންޑް-އަޕް ކޮމެޑީ އަދި އިތުރު ކަންކަން ހިންގާ ގިނަ ސްޓޭޖުތައް ހިމެނެ އެވެ. އަދި ތިއޭޓަރު ހޯލުގައި ސްޓޭޖް ޑްރާމާތަކާއި އަދަބީ ޕްލޭތަކާއި ޕަރފޯމަންސްތަކަށް ހާއްސަަކުރެވިފައިވާ ކުޑަ ތަނެކެވެ. އަދި ޕާފޯމަންސް ސްޓޫޑިއޯ ހުނަރުވެރި އާޓިސްޓުންގެ ކުދި މިންވަރުގެ ކައިރިން ބެލޭ ޕާފޯމަންސްތައް ބައްލަވައި އެކަންކަމުގައި ބައިވެރިވޭނެ އެވެ. އަދި ކާނިވަލްގެ ކަންތައްތަކެއް ހުންނާނެ އެވެ. މިތަނުގައި ކާނިވަލް ކުޅިވަރުތަކާއި ބިރުވެރި ގެއަކާއި އަދި އެހެނިހެން ފޯރިގަދަ ކަންތައްތަކުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހުންނާނެ އެވެ.