މޯލްޑިވްސް އެކްސްޕޯ 2025 | ރަން ފަސްވަނާއެކު 275 ފަރާތުގެ އުފެއްދުމަށް އެވޯޑު

މޯލްޑިވްސް އެކްސްޕޯގައި 15 ކެޓަގަރީއަކުން 81 ދާއިރާއަކުން ތަކެތި ހުށަހެޅި ފަރާތްތަކުގެ އުފެއްދުންތަކުގެ ތެރެއިން ވަނަތައް ހޮވާފައިވެ އެވެ.

ކްރިއޭޓިވް ދާއިރާ އިން ރަންވަނަ ލިބުނު އަބޫޑި މޯލްޑިވްސްގެ ދެ ލާރި ހެދި ފަރާތްތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެވޯޑް ހަވާލުކޮށް ދެއްވަނީ -- ރައީސް އޮފީސް

ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒު، މޯލްޑިވްސް އެކްސްޕޯޓް 2025 އެންމެ ޝަރަފުވެރި ރަންވަނަ އާއެކު ޖުމްލަ 275 ފަރާތުގެ އުފެއްދުމަށް އެވޯޑު ހަވާލުކޮށްފި އެވެ. 

ދިވެހި އުފެއްދުންތެރިކަން ކުރިއަރުވައި އުފެއްދުންތެރިންގެ އަގު ވަޒަން ކޮށް ފުރުސަތު ފަހިކޮށްދޭން ބާއްވާ މޯލްޑިވްސް އެކްސްޕޯގައި މި އަހަރު ގިނަ އުފެއްދުންތަކެއް ވާދަ ކުރުމުގެ ކެޓަގަރީގައި ވާދަކޮށްފައިވެ އެވެ. ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި 250 އަށްވުރެ ގިނަ ފަރާތެއްގެ އުފެއްދުމަށް އެވޯޑު ދީފައިވާއިރު އެވޯޑްތައް ހަވާލުކޮށެއްވީ ކެބިޓެންޓް މިނިސްޓަރުންނެވެ. 

މޯލްޑިވްސް އެކްސްޕޯގައި 15 ކެޓަގަރީއަކުން 81 ދާއިރާއަކުން ތަކެތި ހުށަހެޅި ފަރާތްތަކުގެ އުފެއްދުންތަކުގެ ތެރެއިން ވަނަތައް ހޮވާފައިވެ އެވެ. މި އެވޯޑުގެ އެންމެ ހާއްސަ ފަސް ވަނަ ކަމަށްވާ ރަން ފަސްވަނައަށް އިނާމު ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. 

އެންމެ ޝަރަފުވެރި ރަން ފަސް ވަނަ

  •  ކްރިއޭޓިވް ދާއިރާ އިން އަބޫޑި މޯލްޑިވްސްގެ ދެ ލާރި
  •  އުފެއްދުމާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޭކް ރަސްފަރި
  •  ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން އަލީ މާހިރުގެ އިސްލާމީ މަރުކަޒުގެ ސްކޭލް މޮޑެލް
  •  ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ލުޖެއިން އަލީ ވަހީދުގެ ސީބާޑް
  •  އަހުމަދު މޫސާގެ ލަކުޑި ދޯނި

މި ރަސްމިއްޔާތުގައި މުޅި މައުރަޒުން ރަންވަނަތައް ހާސިލުކުރެއްވި އުފެއްދުންތަކުގެ އިތުރުން، ތަފާތު ނުވަ ދާއިރާއާކުން އެއް ވަނަ ހާސިލުކުރި ފަރާތްތަކަށްވެސް އިނާމު ދެއްވީ ރައީސް ޑރ. މުއިއްޒު އެވެ. 

އެންޖީއޯތަކުގެ ދާއިރާ - ވިމެންސް އޮންޓަޕްރެނިޔާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ރައިސް އެވޯޑް ހަވާލުކޮށްދެއްވަނީ -- ރައީސް އޮފީސް

މޯލްޑިވްސް އެކްސްޕޯގެ ދާއިރާތަކުން އެއްވަނަ

  •  ޖުވެލަރީ އެންޑް އެކްސެސަރީޒް - ފާތުމަތު ޝަފަގު
  •  ކައުންސިލްތަކުގެ ދާއިރާ - ގއ. ވިލިނގިލީ ކައުންސިލް
  •  އެންޖީއޯތަކުގެ ދާއިރާ - ވިމެންސް އޮންޓަޕްރެނިޔާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް
  •  ތައުލީމްދޭ މަރުކަޒުގެ ދާއިރާ - މޯލްޑިވްސް ޕޮލިޓެކްނިކް
  •  ވިޔަފާރިރަކުގެ ދާއިރާ - ސިޑީސް ކިޗަން ޕްރައިވެޓް ލިމިޓެޑް
  •  އަމިއްލަ ފަރުދުންގެ ދާއިރާ - ލުޖޭން އަލީ ވަހީދު
  •  ސިޓީ ކައުންސިލްތަކުގެ ދާއިރާ - އަައްޑޫ ސިޓީ ކައުންސިލް
  •  ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާ - ސްޓެލްކޯ
  •  މުޅި މައުރަޒުން އެއްވަނަ ރަށް / ސިޓީ - އައްޑޫ ސިޓީ
މޯލްޑިވްސް އެކްސްޕޯ 2025 - ރާއްޖޭގައި އުފެއްދުންތެރިކަމުގެ މައުރަޒެއް ފުރަތަމަ ބޭއްވި 1944 ވަނަ އަހަރު އެވެ. އެފަހުން ތަފާތު ނަންނަމުގައި މި މައުރަޒު މީގެ ކުރިން އެކި އަހަރުމަތިން ވަނީ ބާއްވާފައެވެ. މި އަހަރުގެ މައުރަޒު އިންތިޒާމު ކުރަނީ ބީސީސީ އިންނެވެ. މި މައުރަޒުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 3500 އަށްވުރެ ގިނަ އުފެއްދުން ފެނިގެންދާނެ އެވެ. މި މައުރަޒު އޮންނާނީ މިމަހުގެ 23 އިން 31 ގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.