ސައޫދީ ފަންޑުން އެންމެ ފުރަތަމަ ރާއްޖެއަށް ލޯނު ދީފައިވަނީ 1970 ގެ އަހަރުތަކުގަ އެވެ. އޭގެފަހުން މިހާތަނަށް 16 ލޯނެއް ދީފައިވެ އެވެ.
ސައޫދީ ފަންޑު ފޯ ޑިވްލޮޕްމަންޓް (އެސްއެފްޑީ) އިން ވީއައިއޭ ހިމެނޭ ގޮތަށް ރާއްޖެއަށް ޖުމްލަ 150 މިލިއަން ޑޮލަރު ލޯނު މިއަދު ދީފި އެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ. އެސްއެފްޑީގެ ފަރާތުން ސޮއިކުރެއްވީ ސައުދީ ފަންޑުގެ ވެރިޔާ ސުލްތޯން އަލްމަރްޝާދު އެވެ.
ސައޫދީ ފަންޑުން ރާއްޖެ އަށް މިއަދު ދީފައިވަނީ ދެ ލޯނެވެ. އެއީ ވީއައިއޭ ތަރައްގީ ކުރުމުގެ މަސައްކަތްތަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނެއްގެ އިތުރުން ސިއްހީ ދާއިރާ ތަރައްގީ ކުރަން ދިން 50 މިލިއަން ޑޮލަރުގެ ލޯނެކެވެ.
މި ރަސްމިއްޔާތުގައި އެސްއެފްޑީގެ ފަރާތުން ސޮއި ކުރުމަށްފަހު އެސްއެފްޑީގެ ވެރިޔާ ރިޔާ ސުލްތޯން އަލްމަރްޝާދު ވިދާޅުވީ މިއަދު ސޮއިކުރި މި 100 މިލިއަން ޑޮލަރާއެކު ރާއްޖޭގެ އެއާޕޯޓް ނިމި އެއާކާގޯ ހިދުމަތް ފުޅާވެ ހަތް މިލިއަން ފަސިންޖަރުންގެ އެއާޕޯޓެއް ނިންމަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ ކަމަށެވެ.
"މިހާތަނަށް 16 ޑިވްލޮޕްމަންޓް ލޯނެއް ވަނީ ރާއްޖެއަށް ދީފަ. މީގެތެރޭގައި 1978 ގައި ދިން ލޯނުތަކެއް ވެސް ހިމެނޭ،"
ވިދާޅުވީ ސިއްހީ ދާއިރާއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނަކީ ރާއްޖޭގެ އެކި ރަަށްރަށުގައި ތިން ހޮސްޕިޓަލެއް އަޅަން ދިން ލޯނެއް ކަމަށެވެ. މީގެ ސަބަބުން ދިވެހި އާބާދީއަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު ވިދާޅުވީ ސައޫދީ ފަންޑަކީ 1978 ގައި ފުރަތަމަ ފަހަރަށް އެއާޕޯޓް ތަރައްގީ ކުރަން އެހީދިން ފަންޑު ކަމަށާ އޭގެފަހުން އެ ފަންޑުގެ އެހީތެރިކަން ރާއްޖެއަށް ލިބެމުންދާ ކަމަށެވެ. މި ފަންޑުން މަސްވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރަންވެސް އެހީތެރިކަން ދީފައިވެ އެވެ.
"މިވީ ދުވަސްތަކުގައި މި ފަންޑުން ޖުމްލަ 1.2 ބިލިއަން ސައޫދީ ރިއާލްގެ އެހީތެރިކަން ދީފައިވޭ. މީގެ އިތުރުން ސުނާމީއާ ގުޅިގެން ވެސް ބޮޑު އެހީތެރިކަމެއް ވަރަށް އަވަހަށް ސައޫދީ ފަންޑުން ރާއްޖެއަށް ދިން. ޝަފީގު ވިދާޅުވި އެވެ.
ސައޫދީ ފަންޑުން ރާއްޖެއަށް ދޭ ލޯންތަކަކީ އަބަދުވެސް ލުއި އަދި ދިގު މުއްދަތުން ދައްކަން ވަގުތު ލިބޭ ގޮތަށްދޭ ލޯނު ތަކެކެވެ. މިހާތަނަށް 16 ލޯނެއް ދީފައިވެ އެވެ. މި ލޯނުގެ އަގު 400 މިލިއަން ޑޮލަރަށްވުރެ މައްޗެވެ.
ސައުދީ ފަންޑުން ބޮޑު އެހީތެރިކަމެއް ރާއްޖެއަށް ދިންއިރު ދާދި ފަހުން ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ވަނީ ސައޫދީއަށް ވަޑައިގެން އިސްވެރިންނާ ބައްދަލުކޮށްފަ އެވެ.