ރާއްޖޭގެ ވަފުދެއް ސައޫދީގައި ؛ އެހީދޭ ފަންޑުތަކުގެ ވެރިންނާ ބަދަލުވަނީ

ފިނޭންސް މިނިސްޓްރީން ބުނީ އިސްލާމިކް މިނިސްޓަރު ހިމެނޭ ގޮތަށް އައިއެސްޑީބީ އާއި ސައޫދީ ފަންޑު އަދި އައިއެސްޑީބީއާ ވަނީ ބައްދަލުކޮށް އެހީ އިތުރު ކުރަން މަޝްވަރާކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރާއި އިސްލާމިކް މިނިސްޓަރު ސައޫދީ ފަންޑުގެ ވެރިޔާ އަލްމަރްޝާދުއާއާއެކު -- ފިނޭންސް

ރާއްޖޭގެ ވަފުދެއް އައިޑީބީގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވާން ސައޫދީ އަރަބިއްޔާ އަށް ކުރައްވަމުން ގެންދަވާ ޒިޔާރާތުގައި ރާއްޖެއަށް މާލީ އެހީތެރިކަންދޭ ދުނިޔޭގެ ބޮޑެތި ފަންޑުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި އެވެ. 

ސައޫދީ އަރަބިއްޔާގައި ކުރިއަށްދާ އޯއައިސީގެ ބައްދަލުވުމުގައި ހަވާސާގައި ރާއްޖޭން ވަނީ ސައޫދީ ފަންޑުގެ ވެރިޔާ ސުލްތޯން އަލްމަރްޝާދުއާ ބައްދަލު ކުރައްވާފަ އެވެ. 

މި ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވަޑައިގެންނެވި އެވެ. މީގެ އިތުރުން އޯޕެކް ފަންޑާއި އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް (އައިއެސްޑީބީ) ގެ ވެރިންނާ އެކުވެސް އެ ބޭފުޅުން ވަނީ ބައްދަލުވުމެއް ބާއްވަވާފަ އެވެ. 

މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެއްވި ކަންކަމާބެހޭ ގޮތުން ސުވާލު ކުރުމުން ފިނޭންސް މިނިސްޓްރީން ބުނީ 

"އެ ބައްދަލުވުންތަކުގައި ބައިލެޓްރަލް ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރެވުނު" ކަމަށެވެ. އިތުރު ތަފުސީލެއް ނުދިނެވެ. 

ސައޫދީ އަރަބިއްޔާގެ ބޮޑު ހިއްސާއެއް އޮންނަ އެސްޑީއެފް އާއި އޯޕެކް ފަންޑު އަދި އައިއެސްޑީބީއަކީ ރާއްޖެއަށް މާލީ ގޮތުން ބޮޑެތި އެހީތައް ދޭ ފަރާތްތަކެވެ. މިހާރު އައިއެސްޑީބީއިން އެންމެ ބޮޑު އެހީތެރިކަމެއް ދެމުން ގެންދާ މަޝްރޫއަކީ ރާއްޖޭގެ ވީއައިއޭ މަޝްރޫއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.