ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން ނެރުނު އަމުރު ބާތިލުކޮށްފި

ހައި ކޯޓުން އޭރު ހުކުމް ކުރުމާއެކު ދައުލަތުން ވަނީ އެ އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ވެސް އެދިފަ އެވެ. ދައުލަތުން އެދުނު ގޮތަށް މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ވެސް ނެރެދީފަ އެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް: އެ ކޯޓުން ވަނީ މައްސަލަ ބާތިލުކޮށްފައި -- ސަންގެ ފޮޓޯއެއް

ތިމާވެއްޓަށް ގެއްލުން ވާތީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލަން  ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލު ކޮށްފި އެވެ.

ގުޅިފަޅު ހިއްކާތީ އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްޣަފޫރެވެ. އޭރު ދަށު ކޯޓުން ނިންމީ މަޝްރޫއު މަޑުޖައްސާލަން ޖެހޭ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. 

ނަމަވެސް އޭނާ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އަމުރު ކޮށްފައި ވަނީ ސިވިލް ކޯޓުން މައްސަލަ ނިމެންދެން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާ ކަމަށެވެ. އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.

މި މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވާއިރު، ހުކުމުގައި ބުނެފައި ވަނީ ހައިކޯޓުން ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓުވަން އަމުރު ނެރެފައި ވަނީ ދެ ފަރާތަށް ލިބޭނެ ގެއްލުން ވަޒަން ކުރުމެއް ނެތި ކަމަށެވެ. އަދި އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން ވެސް ވަޒަންކޮށްފައި ނުވާ ކަމަށެވެ.

ހައި ކޯޓުން އޭރު ހުކުމް ކުރުމާއެކު ދައުލަތުން ވަނީ އެ އަމުރަށް އަމަލުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ވެސް އެދިފަ އެވެ. ދައުލަތުން އެދުނު ގޮތަށް މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ވެސް ނެރެދީފަ އެވެ.

ސުޕްރީމް ކޯޓުން ބުނެފައި ވަނީ ހައިކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ނުކޮށްފި ނަމަ، އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިއުމުގެ އިހްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަ ކަމަށެވެ.

ހުމައިދާ އެ މައްސަލަ ކޯޓަށް ހުށަހެޅީ ގުޅިފަޅު ޕްރޮޖެކްޓަކީ ތިމާވެއްޓަށް ގެއްލުން ބޮޑު، ރާއްޖޭގެ ގުދުރަތީ ވެއްޓާއި ދިރުންތަކުގެ މުއްސަނދިކަމުން ހޯދާ އިގްތިސާދީ އަދި އިޖުތިމާއީ ނަފާ ހީނަރު ކުރުވައި މާލީ ގޮތުން ދެކޮޅު ނުޖެހޭ ދަރަނި ބޮޑު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ޕްރޮޖެކްޓެއް ކަމަށް ބަލައި އެ ޕްރޮޖެކްޓް ހުއްޓުވާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.