ގުޅިފަޅު ހިއްކުން ފަސް ނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ދީފި

ސުޕްރީމް ކޯޓްގެ އަމުރުގައި ބުނަނީ ހައި ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން މިވަގުތު ފަސް ނުކޮށްފި ނަމަ، އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިއުމުގެ އިހްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަ ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް

ގުޅިފަޅު ހިއްކުން ވަގުތީ ގޮތުން މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ނެރުނު އަމުރަށް އަމަލު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

ގުޅިފަޅު ހިއްކާތީ އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރެވެ. އޭރު ޓުން ނިންމީ މަޝްރޫއު މަޑުޖައްސާލަން ޖެހޭ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. ނަމަވެސް އޭނާ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އަމުރުކޮށްފައި ވަނީ ސިވިލް ކޯޓުން މައްސަލަ ނިމެންދެން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާ ކަމަށެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް މިއަދު ވައްދާ އެ ކޯޓުގެ އަމުރަށް އަމަލުކުރުން ފަސް ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދުނެވެ.

ގުޅިފަޅު ހިއްކުން މިވަގުތު ވެސް ކުރިއަށް ގެންދެވޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރު ނެރުއްވެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިނާއި ފަނޑިޔާރު ހުސްނުއްސުއޫދު ބެއްލެވި މައްސަލާގައި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. 

ސުޕްރީމް ކޯޓްގެ އަމުރުގައި ބުނަނީ ހައި ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން މިވަގުތު ފަސް ނުކޮށްފި ނަމަ، އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިއުމުގެ އިހްތިމާލް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ވަކި ގޮތަކަށް އަންގަންދެން ނުވަތަ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ދެން ހައި ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅަން އެ ކޯޓުގެ ގަވައިދުގެ 21 ވަނަ މާއްދާގެ ދަށުން އެންމެހާ ފަރާތްތަކަށް އަންގާ ކަމަށެވެ. 

ހުމައިދާ އެ މައްސަލަ ކޯޓަށް ހުށަހެޅީ ގުޅިފަޅު ޕްރޮޖެކްޓަކީ ތިމާވެއްޓަށް ގެއްލުން ބޮޑު، ރާއްޖޭގެ ގުދުރަތީ ވެއްޓާއި ދިރުންތަކުގެ މުއްސަނދިކަމުން ހޯދާ އިގްތިސާދީ އަދި އިޖުތިމާއީ ނަފާ ހީނަރު ކުރުވައި މާލީ ގޮތުން ދެކޮޅު ނުޖެހޭ ދަރަނި ބޮޑު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ޕްރޮޖެކްޓެއް ކަމަށް ބަލައި އެ ޕްރޮޖެކްޓް ހުއްޓުވާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.