ނަޝީދަށް ދިން ހަމަލާ: ޝަރީއަތް އަވަސް ކުރަން މަޖިލީހުން ގޮވާލައިފި

މި ހަމަލާއާ ގުޅޭ ގޮތުން ތަހުގީގުތައް އަވަސްކޮށް، ޝަރީއަތްތައް ނިމިގެން ދިއުމަކީ މުހިންމުވެފައި ބޭނުންތެރި ކަމެއް މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު --

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ތިން އަހަރު ވެފައިވާއިރު، ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ހިންގާ ޝަރީއަތްތައް އަވަސް ކުރަން ރައްޔިތުންގެ މަޖިލީހުން ގޮވާލައިފި އެވެ.

ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ނަޝީދަށް ހަމަލާދީފައި ވަނީ މޭ 6، 2021 ގައެވެ. އައިއީޑީ ގޮއްވާލާފައި ވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެންނެވެ. އެ ހާދިސާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު އަދިވެސް އިންސާފެއް ނުލިބެ އެވެ.

މި ހާދިސާއަށް މިއަދު ތިން އަހަރު ފުރިފައިވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ޝަރީއަތް އަވަސް ކުރަން ގޮވާލައްވާފަ އެވެ.

އަސްލަމް ވިދާޅުވީ މި މައްސަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމެޓީން ހަދާފައިވާ އިންކުއަރީ ރިޕޯޓުގައި ހިމަނާފައިވާ ރިކޮމެންޑޭޝަން ތަކަށް އަމަލު ކުރުމަކީ މަޖިލީހުން އެދޭ ކަމެއް ކަމަށެވެ. އޭގެ އިތުރުން ރާއްޖެ އިން ހަރުކަށި ފިކުރު އެއްކޮށް ނެތި ދިއުމަކީ ވެސް އެދޭ ކަމެއް ކަމަށެވެ.

"އަދި މި ހަމަލާއާ ގުޅޭ ގޮތުން ތަހުގީގުތައް އަވަސްކޮށް، ޝަރީއަތްތައް ނިމިގެން ދިއުމަކީ މުހިންމުވެފައި ބޭނުންތެރި ކަމެއް ކަމުގައިވެސް ދެކެން،" އަސްލަމް ގޮވާލެއްވި އެވެ.

މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ. އެ މައުލޫމާތުތައް ހޯދަން 241 ކޮމެޓީއަށް މިއަދު މިނިސްޓަރު ހާޒިރުކުރަން އޮތީ އެޖެންޑާ ކޮށްފަ އެވެ.

ނަޝީދަށް ހަމަލާ ދީފައި ވަނީ ވަރަށް ބޮޑަށް ފާރަލައި އޭގެ ކުރިން ދެ ފަހަރަކު އައިއީޑީ ގޮއްވާލަން މަސައްކަތް ވެސް ކުރުމަށްފަހު އެވެ. އެކަމުގެ ފަހަތުގައި ތިބީ ހަރުކަށިފިކުރުގެ މީހުން ކަމަށް ބުނެ 10 މީހަކަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، އ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.