ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަން ފަށައިފި

މި އޮޕަރޭޝަނުގެ ތެރެއިން ކުރާނެ ކަމަށެވެ. އެމީހުން ހިފާ ހައްޔަރުކޮށް ޑީޕޯޓް ކޮށްލުމަކީ އެއްވެސް ހާލަތެއްގައި މި އޮޕަރޭޝަނުގެ މަގުސަދެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި މަަސައްކަތް ކުރާ ބިދޭސީންތަކެއް: ގަވާއިދާ ހިލާފަށް އުޅޭ މީހުން ހޯދަން ހޯމް މިނިސްޓްރީން މިއަދު ވަނީ އޮޕަރޭޝަނެއް ފަށާފައި --

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުން ގަވާއިދަށް ފައްތައި، އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ފެށި މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެންނެވެ. މި އިދާރާތަކުގެ ޓީމުތައް ރަށްރަށަށް ގޮސް ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަން ހަދާ އެމީހުންގެ ފިންގާ ޕްރިންޓް ނަގައި ސިސްޓަމް ކުރާނެ އެވެ.

މި އޮޕަރޭޝަން މިއަދު ފުރަތަމަ ފަށާފައި ވަނީ ކ. ހިންމަފުށީގަ އެވެ. އޮޕަރޭޝަން ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ރައްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ހޯމް މިނިސްޓްރީ ރީބްރޭންޑްކޮށް މެންޑޭޓަށް ބޮޑު ބަދަލެއް ގެނައި އެއް ސަބަބަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި އޮޕަރޭޝަން ފެށީ މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްކަން ދެކިގެން ކަމަށެވެ. އަދި، ވޭތުވެ ދިޔަ ފަސް އަހަރު މި އޮޕަރޭޝަން ހަދަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފެށުނީ އޭގެ އަމަލީ މަސައްކަތުގެ ފުރަތަމަ ބައި ކަމަށެވެ. 

"ފުރަތަމަ އަހަރު ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ތިބީ ކިތައް ބިދޭސީންތޯ، އެއީ ކޮން ގައުމުތަކެއްގެ މީހުންތޯ، މިހާރު އެމީހުން މަސައްކަތް ކުރަނީ ކާކު އެމީހުންނަށް ސްޕޮންސާ ދީގެންތޯ ނުވަތަ ކޮން ދިމާލެއްގަތޯ އޭނާ މަސައްކަތް ކުރަނީ މިހުރިހާ މައުލޫމާތެއް ސިސްޓަމް ތެރެއަށް އެޅޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި އޮޕަރޭޝަނުގައި ދެން ޖެހިގެން އަންނަ ދެ އަހަރު ކުރާނެ ކަމަކީ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތް ނުވަތަ ދައުލަތުގެ އެއްވެސް ލިޔެކިޔުމަކުން އެއީ ކާކުކަން ސާބިތު ނުވާ މީހުންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަން ހަދައި އެމީހުންނަކީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ މީހުން ބޭނުންވާނަމަ ވަގުތުން އެމީހުން ގަވާއިދުތެ ތެރެއަށް ވެއްދުމުގެ މަސައްކަތް ވެސް މި އޮޕަރޭޝަނުގެ ތެރެއިން ކުރާނެ ކަމަށެވެ. އެމީހުން ހިފާ ހައްޔަރުކޮށް ޑީޕޯޓް ކޮށްލުމަކީ އެއްވެސް ހާލަތެއްގައި މި އޮޕަރޭޝަނުގެ މަގުސަދެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މި އެކްސަސައިޒްގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް މި ހިނގަމުންދާއިރުގަ ގާނޫނުގެ ތެރެއަށް، ގަވާއިދުގެ ތެރެއަށް ގެނެވޭ މީހުން ވަގުތުން އެކަން އެގޮތަށް ފަހިކޮށްދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނައީ ބަންގްލަދޭޝް މަސައްކަތްތެރިންނެވެ. ކުރިއަށް އޮތް ތިން މަހެއްހާ ދުވަސްތެރޭ އެއްލައްކަ ބަންގްލަދޭޝް މަސައްކަތެރިން ހަމަވާނެ ކަމަށް ކުރީން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މިހާރު އުޅޭ މީހުންގެ ތެރެއިން ގިނައީ ގަވާއިދާ ހިލާފަށް އުޅޭ މީހުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.