ގިރާވަރުފަޅުން ލިބުނު ގޯތި ގުޅިފަޅަށް ބަދަލުކުރަން އިތުރު މުއްދަތެއް

އެ އިއުލާނުގެ މުއްދަތު އިއްޔެ ހަމަވި ނަމަވެސް މިނިސްޓްރީން މިހާރު ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ 23:00 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް އިން އެކަމަށް އެދި ހުށަހެޅޭނެ އެވެ.

ގުޅިފަޅު: ގިރާވަރުފަޅުން ލިބުނު 1300 އަށްވުރެ ގިނަ ގޯތި އެތަނަށް ބަދަލުކުރަން ވަނީ ނިންމާފައި --

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލު ކުރަން ދީފައިވާ މުއްދަތު އިތުރު ކޮށްދީފި އެވެ.

ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ. 

އެހެންވެ، އެ ހިދުމަތްތަކާ އެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލު ކުރަން ނިންމައި މިނިސްޓްރީން ވަނީ އެކަމަށް އެދި ހުށަހަޅަން އިއުލާނެއް ކޮށްފަ އެވެ.

އެ އިއުލާނުގެ މުއްދަތު އިއްޔެ ހަމަވި ނަމަވެސް މިނިސްޓްރީން މިހާރު ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ 23:00 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް އިން އެކަމަށް އެދި ހުށަހެޅޭނެ އެވެ.

މިނިސްޓްރީން ވަނީ ގިރާވަރު ފަޅުން ލިބުނު 1،347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމާފަ އެވެ. އެއީ؛

  •  1250 އަކަފޫޓުގެ 193 ގޯތި
  •  1650 އަކަފޫޓުގެ 663 ގޯތި
  •  2050 އަކަފޫޓުގެ 487 ގޯތި
  •  2450 އަކަފޫޓުގެ 4 ގޯތި

މި އަދަދަށް ވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ މީހުންގެ އަދަދު އިތުރުވާ ނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތު ނަގައިގެންނެވެ. މި ގުރުއަތު ނެގުން އޮންނާނެ ތާރީހެއް މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.