ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭ، 1300 ގޯތި ގުޅިފަޅު

ގިރާވަރުފަޅުން މި ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން ހަތެއް އޭޕްރީލްގެ ނިޔަލަށް ހިޔާވަހި ޕޯޓަލް -- ބިންވެރިޔާ ސްކީމުގެ ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށައެޅޭނެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ބުނެފި އެވެ.

ހައުސިން ލޭންޑް އެންޑް އާބަން މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތް ކަމަށެވެ. އަދި ހިދުމަތްތަކާ އެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށާ އެ ގޯތިތައް ބަދަލު ކުރާނީ ގުޅިފަޅަށް ކަމަށެވެ.

އެ މިނިސްޓްރީން ވަނީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްސީލް ހިއްސާކޮށް ފައެވެ.

  •  1250 އަކަފޫޓުގެ 193 ގޯތި
  •  1650 އަކަފޫޓުގެ 663 ގޯތި
  •  2050 އަކަފޫޓުގެ 487 ގޯތި
  •  2450 އަކަފޫޓުގެ 4 ގޯތި

ގިރާވަރުފަޅުން މި ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން ހަތެއް އޭޕްރީލްގެ ނިޔަލަށް ހިޔާވަހި ޕޯޓަލް -- ބިންވެރިޔާ ސްކީމުގެ ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި އަދަދަށް ވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ މީހުންގެ އަދަދު އިތުރުވާ ނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށް ވެސް ބުންޏެވެ. މި ގުރުއަތު ނެގުން އޮންނާނެ ތާރީހެއް މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރާނެ ކަމަށް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.