މަގޫދޫ އެއާޕޯޓުގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް

މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ނިލަންދޫގައި އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމީ ރައީސްގެ ކޮއްކޯފުޅު، ފާތިމަތު ސައުދާ އެ ދާއިރާއަށް ވާދަކުރައްވާތީ ސިޔާސީ މަންފާއެއް ހޯދުމުގެ ގޮތުން ކަމަށެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް

ކުރީ ސަރުކާރުން ފ. މަގޫދޫގައި އަޅަމުން ދިޔަ އެއާޕޯޓް މަޝްރޫއު ހުއްޓާލައި ފ. ނިލަންދޫގައި އެއާޕޯޓެއް އަޅާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާއިފި އެވެ.

ކުރީ ސަރުކާރުން 230 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަގޫދޫގައި އަޅަމުން ދިޔަ އެއާޕޯޓްގެ 70 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލީ ނިލަންދޫގައި އެއާޕޯޓް އެޅުމަށް ކަމަށް މިހާރު އިދިކޮޅުގައި ތިބި އެމްޑީޕީން ތުހުމަތު ކުރެ އެވެ.

މިކަމާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ. މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ނިލަންދޫގައި އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމީ ރައީސްގެ ކޮއްކޯފުޅު، ފާތިމަތު ސައުދާ އެ ދާއިރާއަށް ވާދަކުރައްވާތީ ސިޔާސީ މަންފާއެއް ހޯދުމުގެ ގޮތުން ކަމަށެވެ.

ގާނޫނު ނިވާފަތްގަނޑަކަށް ހަދައިގެން ރައީސްގެ ޖާތީ އަދި އަމިއްލަ މަސްލަހަތު އިސްކޮށް އަދި އެމަނިކުފާނު ގާނޫނީ ހުދޫދުން ވަނީ ބޭރުވެފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ. އަދި، މީގެ ކުރީގެ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތައް އެއަށްވުރެ ފުރިހަމައަށް ކޮށްދެއްވާނެ ކަމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅާވެސް ހިލާފްވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ގުދުރަތީ ވަސީލަތްތަކާ މާލިއްޔަތަކީ ވެރިކަން ކުރާ ފަރާތުގެ އަމިއްލަ އާއިލީ އަދި ސިޔާސީ ފައިދާ ހާސިލް ކުރުމަށް ބޭނުން ކުރެވޭ ވަސީލަތަކަށް ނުވާތީ ފ. މަގޫދޫ އެއާޕޯޓް މަޝްރޫއު ހުއްޓާލުމަށްފަހު ފ. ނިލަންދޫގައި އެއާޕޯޓް އެޅުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމުގެ އަޑީގައިވާ ސިޔާސީ ސަބަބުތައް [ފެންނަން އެބަ އޮތް]،" މެމްބަރު ވިދާޅުވި އެވެ.

އޭނާ ވަނީ ސަރުކާރުގެ އެ ނިންމުން އަލުން މުރާޖާ ކުރަން ގޮވާލައްވާފަ އެވެ.

މަގޫދޫ އެއާޕޯޓް މަޝްރޫއު ހުއްޓާލުމުން އެރަށުގައި ދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. މަޝްރޫއު ކުއްލިއަކަށް ހުއްޓާލުމަށްފަހު، އެއާޕޯޓް މަސައްކަތްކުރާ މުވައްޒަފުން ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށް އެރަށުން މައުލޫމާތުދެ އެވެ. ނަމަވެސް އެ މަޝްރޫއު ހުއްޓާލަން އަންގާފައި ނުވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވެ އެވެ.

ނިލަންދޫގައި އެއާޕޯޓް އަޅަން ނިންމައި ބިން ހިއްކައި ސާވޭ ހަދަން އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި 2098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހާނެ އެވެ. 1400 މީޓަރު ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ވެސް ހިމަނާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.