ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހަވާލުކޮށްފި

ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީއާއެކު މިއަދު ވަނީ އެއްބަސްވުން ގާއިމުކޮށްފައެވެ.

ފ. ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހަވާލުކުރުން

ފ. ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހަވާލުކޮށްފި އެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން އެެ މަސައްކަތް ހަވާލުކުރީ ސަރުކާރުގެ އެމްޓީސީސީއާ އެވެ. އެ ވުޒާރާ އިން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް އެންމެ ގިނަ ވެގެން 30 މިނެޓުން ފޯރާނެ ދުރުމިނެއް ގައި ޑޮމޮސްޓިކް އެއާޕޯޓެއް ގާއިމުކޮށް ގައުމީ ޑޮމޮސްޓިކް އެއާޕޯޓް ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ނިލަންދޫ އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީއާއެކު މިއަދު އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށެވެ.

ފ. ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހަވާލުކުރުން

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސީއީއޯ އަބްދުﷲ ޒިޔަތެވެ.

މިއީ 390 ދުވަސްތެރޭ ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއު އެއް ކަމަށް ބުންޏެވެ. މި މަޝްރޫއުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި 2098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހާނެ އެވެ. 1400 މީޓަރު ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ވެސް ހިމަނާފައިވެ އެވެ.

ނިލަންދޫ ގައި އެއާޕޯޓެއް އެޅުމަކީ ޕީޕީއެމްގެ ކުރީ ސަރުކާރުން ވެސް ގެންގުޅުނު ތަސައްވުރެކެވެ. ރައީސް ސޯލިހްގެ ސަރުކާރުން އެ މަޝްރޫއުއަށް ބަދަލު ގެނައީ އެވެ. އާ ސަރުކާރުން އެ މަސައްކަތް އަލުން ފެށިއިރު މަޖިލީސް އިންތިހާބު ވަނީ ބޯމަތިވެފައެވެ. ނިލަންދޫގެ ގިނަ ބަޔަކު އެއާޕޯޓް މަޝްރޫއުއަށް އިންތިޒާރު ކުރެ އެވެ.

ނިލަންދޫ ދާއިރާއަށް ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަނީ ރައީސް މުއިއްޒުގެ ކޮއްކޯފުޅު، ސައުދާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.