"ޝަރީއަތް ލަސް ކުރަނީ ސަރުކާރުން އަތް ބާނައިގެން"

"މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް. އަޅުގަނޑަށް އެނގިފަ އޮތް ގޮތުގަ ވެއްޖިއްޔާ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން --

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުން ލަސްކުރަނީ ސަރުކާރުގެ މަތީ ފަންތިން ކޯޓަށް "އަތް ބާނައިގެން" ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނީ ނޮވެމްބަރު 21، 2023 ގައެވެ. ހުކުމް ކުރުން ލަސްވާތީ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުން ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ.

ރައީސް ޔާމީން މިނިވަން ކޮށްދެއްވާނެ ކަމަށް، ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ވިދާޅުވެފައި ވަނީ ކޯޓުތަކަށް އެމަނިކުފާނު ނުފޫޒު ނުފޯރުއްވާނެ ކަމަށެވެ.

ރޭ ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ރައީސް މުއިއްޒުގެ އެ ވައުދުފުޅާ ގުޅޭ ގޮތުން ވަރަށް ކުރުކޮށް ވާހަކަ ދައްކަވާފަ އެވެ. ވިދާޅުވީ، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ކެމްޕޭނަށް ޑޯޓުޑޯ އަށް ވަޑައިގަތުމުން ރައްޔިތުން އެމަނިކުފާނާ އެންމެ ގިނައިން ކުރާ އެއް ސުވާލަކީ ރައީސް ޔާމީން މިނިވަން ކުރުމާ ގުޅޭ ގޮތުން ކަމަށެވެ.

"މުއިއްޒު ހަމަ ގެއަކަށް ވަޑައިގެންނަވާއިރަށް އެބަ ބުނޭ މުއިއްޒޭ ވަރަށް އިތުރުފުޅު ހައްދަވާފައޭ ތިހިރީ. ދެން މުއިއްޒު މި ވިދާޅުވަނީ ކިހިނެއް ހެއްޔޭ ބުނެބަލާށޭ، ބުނީމަ، މީގަ ހަމަ ކަނބަލުން ގިނައީ، ބުނަނީ މުއިއްޒު ތިހުންނެވީ ވައުދު ނުފުއްދަވައޭ. ބުނާއިރަށް ބޯހުރާނީ، [ރައީސް ވިދާޅުވަނީ] ނޫނެކޭ، [ގޭގެއިން ބުނަނީ] ރައީސް ޔާމީން އަދިވެސް ވީއްލާކަށް ނޫޅުއްވަމޭ، މުއިއްޒު މިހެން އެހެން ވިދާޅުވީމެއްނޫންހޭ، ދެން [ރައީސް] މި ވިދާޅުވަނީ އެކަމުގަ ހާދަ މަސައްކަތެއް ތިމަންނަ އެބަ ކުރަމޭ،" ޔާމީން ސަމާސާ ރާގަކަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު އެހެން ވިދާޅުވި ނަމަވެސް އެމަނިކުފާނު މިނިވަން ކުރަން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. ކުރާ ހަމައެކަނި ކަމަކީ އެމަނިކުފާނުގެ ޝަރީއަތް ލަސްކުރުން ކަމަށެވެ.

"މުއިއްޒު ކުރައްވާ މަސައްކަތެއް ނޯންނާނެ އަޅުގަނޑު މިނިވަން ކުރާކަށް. އަޅުގަނޑަށް އެނގިފަ އޮތް ގޮތުގަ ވެއްޖިއްޔާ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަން ކުރެއްވުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރީން ވިދާޅުވެފައި ވަނީ އެމަމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ކޯޓްތައް ހިންގަނީ ނުފޫޒެއް ނެތި ކަމަށެވެ. ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވެއްޖެ ކަމަށް ވިދާޅުވި ނަމަވެސް، ޖުޑިޝަރީއަށް އެމަނިކުފާނު ނުފޫޒު ނުފޯރުއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

1
450
އަލީ ވަހީދު
3 months ago

ޖަމީލުއާ ހަމީދުއާ ގުޅުމެއް ވޭ ތަ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.