އާރަށު އިސްތިއުނާފް: ފަހު ބަސް އިއްވައިފި، ދެން އޮތީ ހުކުމް

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއުގެ އިތުރުން، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލައިފި --

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމް ކުރި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ނިންމާލައިފި އެވެ.

އާރަށު މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި ވަނީ ފެބްރުއަރީ މަހު އެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ހަސްމުން ވަނީ ފަހު ބަޔާން އިއްވާފަ އެވެ. ބަޔާން އިއްވަމުން ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ދާއިރާއިން ބޭނުން ކަމަށެވެ.

މުޅި މައްސަލަ ބިނާކޮށްފައި ވަނީ އެމްއެމްޕީއާރްސީ ހިޔާނާތް ހިންގި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަހަށް ކަމަށްވާއިރު، މި ދެ މީހުންގެ ހެކިބަހާ ގުޅޭ ޝަފަހީ އަދި ކިތާބީ ހެއްކެއް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި، މި ދެ މީހުން ފިޔަވައި، މައްސަލައާ ގުޅުން ހުރި މިނިވަން އިތުރު ހެއްކެއް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

މައްސަލައިގެ އިތުރު ކަންކަމަށް ބަލާއިރު، ފިޝަރީސް މިނިސްޓްރީގެ ދަށުގައި އޮތް އާރަށް ޔާމީންގެ ނުފޫޒުން ޓޫރިޒަމް މިނިސްޓްރީ އަށް ބަދަލުކޮށްފައިވާ ކަމަށް ދައުލަތުން ބުނާއިރު، އެ ނުފޫޒު ފޯރުވި ގޮތެއް ބުނެދެވިފައި ނުވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. ނުފޫޒު ފޯރުވީ ފޯނު ގުޅައިގެން ކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަން ފާހަގަ ކުރެއްވި އެވެ. އަދި، އާރަށް، މި މައްސަލައިގައި ދެން ހިމެނޭ ޔޫސުފް ނައީމަށް ދިނުމަށް ޔާމީން އެންގެވި ގޮތުގެ ހެއްކެއް ވެސް ނެތް ކަމަށް ޖަމީލް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން އަދި ވަކީލް ޑރ. ޖަމީލް މިއަދު ހައިކޯޓުގެ އަޑުއެހުމުގައި --

ފަހު ބަޔާނުގައި މައިގަނޑު ގޮތެއްގައި ދެ ފަރާތުން ވެސް ދައްކާފައި ވަނީ ކުރިން ދައްކާފައިވާ ގިނަ ވާހަކަތަކެވެ. 

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއުގެ އިތުރުން، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.

އަޑުއެހުންތައް ނިންމާލައިފައިވާކަން އިއުލާނު ކުރައްވަމުން ފަނޑިޔާރު ޝަފީއު ވިދާޅުވެފައި ވަނީ މި މައްސަލައިގައި އިތުރަށް ސާފުކުރަން ޖެހޭ ކަމެއް ނެތް ނަމަ، ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީސް ކަމަށެވެ.

މި މައްސަލައިގައި ޖަލަށްލާން ހުކުމް ކުރުމާ ގުޅިގެން ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވީ މާފުށީ ޖަލުގަ އެވެ. އެކަމަކު މިދިޔަ މަހުގެ އެއްވަނަ ދުވަހު އެމަނިކުފާނު ވަނީ ގެއަށް ބަދަލުކުރައްވާފަ އެވެ. މިހާރު ހުންނެވީ މާލޭ ބަންދަށް ބަދަލުކޮށްފަ އެވެ. އެ ލުއިތައް ދިނީ، އެމަނިކުފާނަކީ ކަސްރަތު ކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅަކަށްވާތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.