މެންބަރުން ގުނުމުގައި ކޯޓްގެ ނިންމުމަށް ނުބަލަން މަޖިލީހުން ފާސްކޮށްފި

އެގޮތަށް ފާސްކުރަން ވޯޓަށް އެހުމުން، އެ ހުށަހެޅުން ފާސްކޮށްފައި ވަނީ 25 މެމްބަރުންގެ ވޯޓުންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓް ދެއްވި އެވެ.

މަޖިލީހުގެ ރިޔާސަތުގައި އަސްލަމް: މެންބަރުން ގުނުމުގައި ކޯޓްގެ ނިންމުމަށް ނުބަލަން ވަނީ ފާސްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާނީ މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ އަދަދުން ކަމަށް ނިންމައިފި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުކުމް ކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އަދި ވ. އަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އެ އަކުރު ތަކުގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށެވެ.

ނަމަވެސް، އެ މައްސަލަ ކޯޓުގައި ހިނގަނިކޮށް ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހުތައް ބާތިލު ކުރުމަށްފަހު، މަޖިލީހުން ވަނީ އެ މާއްދާގައިވާ ކަންކަން 242 ވަނަ މާއްދާގައި ހިމަނާފަ އެވެ. އެ މާއްދާއަށް އިތުރު ކުރަން ކުރަން ފާސްކޮށްފައި ވަނީ، ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން، މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި، ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކުރާ ކަންކަން ފާހަގަކުރައްވާފަ އެވެ. އަދި، 242 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުގެ މައިގަނޑު މަފްހޫމަކީ ވެސް 49 ވަނަ މާއްދާއަށް އިތުރު ކުރި ކަންކަން ކަމަށްވާތީ އެ އިސްލާހު ބާތިލު ކުރަން ހުށަހެޅުއްވި އެވެ.

ނަމަވެސް، އެ ހުށަހެޅުމަށް އެމްޑީޕީ މެމްބަރުން ދެކޮޅު ހެދި އެވެ. ރިޔާސަތުގެ އެ ހުށަހެޅުމާ ގުޅިގެން ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެންބަރު ސައުދު ހުސައިން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުނުކޮށް، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމަށެވެ. އެ ހުށަހެޅުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ތާއީދުކުރައްވާފަ އެވެ.

އެގޮތަށް ފާސްކުރަން ވޯޓަށް އެހުމުން، އެ ހުށަހެޅުން ފާސްކޮށްފައި ވަނީ 25 މެމްބަރުންގެ ވޯޓުންނެވެ. އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓް ދެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.