"ޖުމްލަ މެމްބަރުންގެ އަދަދު ގުނާގޮތް ބަދަލުކުރީ ގާނޫނާ ހިލާފަށް"

އިސްލާހު ގެނެސްފައި ވަނީ މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އަދި ވ. އަށެވެ. އެ އަކުރު ތަކުގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށެވެ.

ސުޕްރީމް ކޯޓުގެ ބެންޗު މިއަދު ހުކުމް އިއްވަނީ --

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގުނާނެ ގޮތް ބަދަލުކޮށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަކީ ގާނޫނާ ހިލާފަށް ގެނައި އިސްލާހު ތަނެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

އިސްލާހު ގެނެސްފައި ވަނީ މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އަދި ވ. އަށެވެ. އެ އަކުރު ތަކުގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށެވެ. އެހެންކަމުން މިހާރު މަޖިލީހުގެ ޖުމްލަ އަދަދަކީ 80 އެވެ. އޭގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ބޭނުންވާ ކޯރަމް ހަމަ ކުރެވޭނެ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް މަޖިލީހުން ވަނީ އެ އަކުރުތައް ބާތިލުކޮށްފަ އެވެ. ނަމަވެސް، ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ އެ އިސްލާހު ގެނެސްފައި ވަނީ ރަގަޅު ނިޔަތެއްގައި ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު، ރައްޔިތުންގެ މަންދޫބުންތައް ނެތް ދާއިރާތައް ނުހިމަނައި ގުނުމަށް އެ މަޖިލީހުން އިސްލާހުތައް ގެނެސްފައި ވަނީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ހެޔޮ ނިޔަތުގައި ކަން ގަބޫލުކުރަން އަހުރެންނަށް ދަތި،" ޑރ. އަޒްމިރަލްދާ ޒާހިރު ހުކުމް އިއްވަމުން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ބުނީ، މަޖިލީހުން އިސްތިއުފާ ދެއްވި ހަތް މެމްބަރުން ނުގުނުމަކީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ ދަށުން، މަޖިލީސް މެމްބަރުންގެ އަދަދު ކަނޑައަޅާ އުސޫލާ ހިލާފު ނިންމުމެއް ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ ގާނޫނީ އަދަދަކީ ޖުމްލަ މެމްބަރުންގެ 25 ޕަސެންޓްގެ ގޮތުގަ އެވެ.

މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެވޭނީ ގާނޫނުއަސާސީއާ ހިލާފު ނުވާ ގޮތެއްގެ މަތިން ކަމަށްވާއިރު، އެ އިސްލާހު ގެނެސްފައި ވަނީ ގަވާއިދު ހެދުމަށް މަޖިލީހަށް ލިބިދީފައި އޮތް ހުދޫދުގެ ބޭރުން ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ބަންޑާރަ ނައިބް އޮފީހުގެ ވަކީލުން މިއަދު ސުޕްރީމް ކޯޓުގައި: މައްސަލަ ނިމުނީ ދައުލަތާ އެއްކޮޅަށް

ހުކުމުގައި ބުނީ، އެކި މައްސަތައް ނިންމުމަށް ވޯޓް ބޭނުންވާނީ އެކި މިންވަރަށްކަން ގާނޫނުއަސާސީގައި ކަނޑައަޅާފައިވާއިރު، އެކަން އެގޮތަށް ކޮށްފައި ވަނީ ހައްސާސް މައްސަލަތައް ކުޑަ އަގުލަބިއްޔަތަކުން ފާސްކުރުމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ. ވީއިރު، އެންމެ ހައްސާސް މައްސަލައަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުން ކަމަށާއި، އެކަން މިހާރުން މިހާރަށް ކުރުމުގެ ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

އަދި، އާންމު ކޮމެޓީން އެ ބަދަލުތައް ގެނެސްފައި ވަނީ ވެދާނެ ކަމެއް ކަމަށް ބަލައިގެން ކަމަށްވީ ނަމަވެސް، 19 ވަނަ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން އިސްތިއުފާ ދިން ނަމަވެސް މަޖިލީހުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތަކާއި، ގާނޫނުއަސާސީގައި ކަންކަން ނިންމަން ބޭނުންވާ އަގުލަބިއްޔަތަށްވުރެ ގިނަ މެމްބަރުން ތިބި ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ މާއްދާގެ ކ. އ. ވ. އަކީ ގާނޫނުއަސާސީއާ ހިލާފް އަކުރުތަކެއް ނަމަވެސް، މިއަކުރު ތަކަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި މިހާރު ބާތިލުކޮށްފައިވާ އަކުރުތަކެއް ކަމުން، ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ މާއްދާގެ ކ. އ. ވ. އާ ގުޅޭ ގޮތުން މި ކޯޓުން އަޅައިދޭނެ އިތުރު ފިޔަވަޅެއް ނެތް،" ފަސް ފަނޑިޔާރުންގެ އިއްތިފާހުން ކުރި ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.