ޑިސެމްބަރު | ހޯމްސްޓޭ އިން ގްރީން ޓެކުހަށް އެންމެ 1700ރ.

ގްރީން ޓެކުހަށް މިދިޔަ މަހު ޖުމްލަ 80 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެތެރޭން 4,9 މިލިއަން ރުފިޔާ ލިބިފައިވަނީ ގެސްޓްހައުސް ވިޔަފާރިންނެވެ.

ހޯމް ސްޓޭއަށް ފުރަތަމަ ދިޔަ ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- ޓޫރިޒަމް

މިދިޔަ ސަރުކާރުގެ ރިޔާސީ ވައުދެއްގެ ގޮތުގައި ތައާރަފުކުރި ހޯމްސްޓޭ ގެސްޓްހައުސް އިން މިދިޔަ މަހު ގްރީން ޓެކުހަށް ލިބިފައިވަނީ 1،700ރ. އެވެ. 

ގްރީން ޓެކްސް ޖަމާވާ ގްރީން ފަންޑުގެ މައުލޫމާތު ދައްކާ ގޮތުގައި ގްރީން ޓެކުހަށް މިދިޔަ މަހު ޖުމްލަ ލިބިފައިވަނީ އެންމެ 1,704.4ރ. އެވެ. 

ހޯމް ސްޓޭއަކީ ކޮބާ ؟ ހޯމް ސްޓޭއަކީ މިހާރު އޮންނަ ގެސްޓްހައުސް ޓޫރިޒަމްގެ ބަދަލުގައި ހާއްސަ އިންތިޒާމުތަކާއި އުސޫލުތަކެއްގެ ތެރޭން ރަށްރަށުގެ ގޭގޭގައި ޓޫރިސްޓުންނަށް ތިބެވޭ ގޮތަށް ތައާރަފު ކުރަން އުޅުނު ވިޔަފާރިއެކެވެ. އެކަމަކު މިކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައެއް ނުވެ އެވެ. މި ވިޔަފާރި ޕްރޮމޯޓް ކުރަން ވެސް މިދިޔަ ސަރުކާރުން އެކަން ތައާރަފު ކުރަން މީމުގައި އިވެންޓެއް ބޭއްވުން ފިޔަވަހި ކަމެއް ނުކުރެ އެވެ. ފަހުން އެ ވާހަކަ ވެސް ނުދައްކަ އެވެ. އެންވެ މި ޓޫރިޒަމަށް ޗުއްޓީ ހޭދަ ކުރަން އަންނަން ބަޔަކު ނުވި އެވެ. 

ގްރީން ފަންޑުގެ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ މި ޓެކުހަށް 81,9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ރިސޯޓްތަކުން 74 މިލިއަން ރުފިޔާ އަދި ހޮޓާތަކުން 1,2 މިލިއަން ރުފިޔާ ލިބުމުގެ އިތުރުން 4,9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 

ގްރީން ޓެކުސް - ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.