މިފަހަރު މެރިން އެކްސްޕޯގައި އަލްޝާލީ ދައްކާލަނީ ތަފާތު އުޅަނދެއް

އަލްޝާލީއަކީ މި އަހަރުގެ މެރިން އެކްސްޕޯގެ އޮފިޝަލް ބޯޓް ބިލްޑިން ޕާޓަރެވެ. މި އަހަރު ނެރެނީ ހުރިހާ މާކެޓަކަށްވެސް ހާއްސަ އުޅަނދެކެވެ.

އަލްޝާލީއަށް ލިބުނު އެވޯޑަކާ އެ ކުންފުނީގެ ޖީއެމް ޝަރީފު ހަވާލުވަނީ

އަލްޝާލީ މެރިން މޯލްޑިވްސް (އޭސްމެރިން) އަކީ ރާއްޖޭގެ ކަނޑު ދަތުރުފަތުރުގައި އާނަމެއް ނޫނެވެ. އެންމެން ދަންނަ ފަރިތަ ނަމެކެވެ. މިނަން ހާއްސަވާ އެއް ސަބަބަކީ މި ކުންފުނީގެ ކޮލިޓީ ފުރިހަމަ ހިދުމަތެވެ. މި ކުންފުނިން ބުރާސްފަތި ދުވަހު ފަށާ މޯލްޑިވްސް މެރިން އެކްސްޕޯގައި މި އަހަރު ވެސް ތަފާތު އުޅަނދެއް ދައްކާލާނެ އެވެ. 

ބުރާސްފަތި ދުވަހު ހުޅުމާލޭގައި ފަށާ މެރިން އެކްސްޕޯގައި އަލްޝާލީ މެރިންއިން ދައްކާލާ އުޅަނދުގެ ހާއްސަ ކަމަކީ މިއީ ރާއްޖެ އަށް ހާއްސަ އުޅަނދަކަށްވުމެވެ. މި އަހަރުގެ މެރިން އެކްސްޕޯގެ އޮފިޝަލް ބޯޓު ބިލްޑަރު އަލްޝާލީ މެރިން އިން ނެރޭ  މި އުޅަނދަކީ އެންމެ މަތީ ފަންތީގެ ލަގްޒަރީ ޓޫރިސްޓު ރިސޯޓްތަކުން ފެށިގެން ގެސްޓްހައުސް ފަދަ ކުދި މެދުފަންތީގެ ވިޔަފާރި އަށް ވެސް މި އުޅަނދުގެ ބޭނުން ބޮޑުވާނެ އެވެ. އުޅަނދު ފަރުމާކޮށްފައިވަނީ މިކަމަށް ބަލައިގެންނެވެ. 

އަލްޝާލީގެ ޖެނެރަލް މެނޭޖަރު އިސްލާއިލް ޝަރީފު ވިދާޅުވި ގޮތުގައި މި އުޅަނދުގައި ހުރި ހާއްސަ ސިފަތައް މި ފެއާއަށްދާ މީހުންނަށް ފެނިގެންދާނެ އެވެ. "މިއީ އެންމެ ލަގްޒަރީ މާކެޓަށްވެސް ބޭނުން ހިފޭނެ އުޅަނދެއް،" ޝަރީފު ވިދާޅުވި އެވެ. 

އާރުޓީއެލް އުޅަނދު ބަންނަ ކުންފުނި

އަލްޝާލީ މެރިންއިން ބަނދެފައިވާ އާރުޓީއެލް އުޅަނދުތަކެއް

އަލްޝާލީ މެރިންއަކީ ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމް އާރުޓީއެލް ވިއުގައިގެ އުޅަނދުތައް ބަންނަ ކުންފުންޏެވެ. މި އުޅަނދުތައް ކޮންމެ މަހަކު އެއްފަހަރުހެން ބަނދެއް ދަނީ ސަރުކާރަށް ހަވާލު ކުރަމުންނެވެ. މި ކުންފުނިން ބަނދެފައިވާ އުޅަނދުތަކާއެކު އާރުޓީއެލް ވިއުގައިގެ މުހިންމު ރަށްތަކެއްގައި ވަނީ ދަތުރު ފަށާފަ އެވެ. މީގެ އިތުރުން އެ ކުންފުނިން މީގެ ކުރިން ވަނީ ދެ ކަނދުގެ މައްޗަށް އޮންނަ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެއް ވެސް މާކެޓަށް ނެރެފަ އެވެ. 

އަލްޝާލީއިން މީގެ ކުރިން ނެރުނު އުޅަނދެއް

ބޯޓިން އެވޯޑުގެ ވިދުންގަދަ ކުންފުނި

އަލްޝާލީ މެރިން އަށް މީގެ ކުރިން ވަނީ ގިނަ ވަނަތަކެއްވެސް ލިބިފަ އެވެ. އެންމެފަހުން ބޭއްވި ބޯޓިން އެވޯޑުގެ ކުލަގަދަ ރަސްމިއްޔާތެއްގައި ރާއްޖޭގެ އަލްޝާލީ އަށް ލިބިފައިވަނީ ބެސްޓް ލިވަ ބޯޑް އޯ ޔޮޓް ބިލްޑާސް ކުންފުންޏަށް ދޭ އެވޯޑާއި ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް (14-15 މީޓަރުގެ އުޅަނދު ފަހަރަށް ދޭ އެވޯޑެވެ. މި އެވޯޑުތަކުގެ ތެރޭން ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް އަށް ދިން އެވޯޑު ލިބިފައިވަނީ އަލްޝާލީގެ އައިލެންޑް ހޮޕާ 50 އުޅަނދަށެވެ. އަދި ބެސްޓް ޔޮޓް ބިލްޑާސް އެވޯޑް އައިލެންޑް ހޮޕާ 50 އަށް، ބެސްޓް ޕްރޮޑަކްޝަން ވެސަލްގެ އެވޯޑުވެސް ލިބިފައިވެ އެވެ. 

އަލްޝާލީ މެރިން އަލްޝާލީ މެރިން ރާއްޖޭގައި އިންވެސްޓް ކުރީ 2006 ގަ އެވެ. މި ކުންފުނި ރާއްޖޭގައި ހިދުމަތް ފަށާފައި ވަނީ އަލްޝާލީ މެރިން ދުބާއީ އާއި ރާއްޖޭގެ ވަރުފަދަ ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން ގުޅިގެން ރާއްޖޭގައި ހިންގާ ދިވެހި ވިޔަފާރިއެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.