މެރިން އެކްސްޕޯ: ކޯސްޕޮންސަރުން އެޗްއާރުސީ، އޮފިޝަލް ބޯޓް ބިލްޑަރު އަލްޝާލީ

މެރިން އެކްސްޕޯ ފެށިގެން އައީ މީގެ އަށް އަހަރު ކުރިންނެވެ. މި ފެއާގައި މެރިން އިންޑަސްޓްރީގައި ހިމެނޭ ބޯޓް ބިލްޑަރުންނާއި ޑޮކިން އަދި ފިޝިން ސެކްޓަރުގެ އިތުރުން ޑައިވިން ސެކްޓަރުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލަ އެވެ.

އަލްޝާލީ މެރިން މޯލްޑިވްސްގެ ފަރާތުން އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރ މޫމިން ރަޝީދު އެއްބަސްވުން ބަދަލު ކުރަނީ -- ފޮޓޯ: މިންނު އާދަމް ހަލީމް / މި ނޫސް

މެރިން އެކްސްޕޯ އަންނަ މަހު އޮންނައިރު މި ފެއާގެ އެއް ކޯސްޕޮންސަރުންގެ ގޮތުގައި ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ) ހަމަޖައްސައި އޮފިޝަލް ބޯޓު ބިލްޑަރަކަށް އަލްޝާލީ މެރިން ހަމަޖައްސައިފި އެވެ. 

މެއިން ސްޕޮންސަރަކަށް ގަލްފް ކްރާފްޓް ހަމަޖައްސާފައިވާ ގައުމީ ބޯޓިން ޖަމިއްޔާގެ މައި ފެއާ މޯލްޑިވްސް މެރިން އެކްސްޕޯ 2024 ގެ ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ މާގިރި ހޮޓެލްގަ އެވެ. މި ރަސްމިއްޔާތުގައި މި އަހަރުގެ ފެއާގެ ހުރިހާ ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ވަނީ އެއްބަސްވުންތައް ހަދާފަ އެވެ. 

މީޑިއަމް އިވެންޓްސް ކުންފުނިން އިވެންޓު އިންތިޒާމު ކުރާ މޯލްޑިވްސް މެރިން އެކްސްޕޯގެ ކޯސްޕޮންސަރު އެޗްއާރުސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ދަރިކަލުން ޖައިސަމް ޖަނާހެވެ. އޭނާއަކީ އެ ކުންފުނީގެ ޗީފް ސްޓްރެޓެޖިސްޓެވެ. 

މި ފެއާގެ އޮފިޝަލް ބޯޓު ބިލްޑަރުގެ ޕާޓްނަރުކަމުގެ އެއްބަސްވުމުގައި އަލްޝާލީ މެރިން މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރ މޫމިން ރަޝީދު އެވެ. 

އެޗްއާރުސީގެ ޗީފް ސްޓްރެޓެޖިސްޓް (ސީއެސްއޯ) ޖައިސަމް ޖަނާހު -- ފޮޓޯ: މިންނު އާދަމް ހަލީމް / މި ނޫސް

މެރިން އެކްސްޕޯ ފެއާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ފެއާ އިންތިޒާމު ކުރާ ކުންފުނި މީޑިއަމް އިވެންޓްސްގެ އެ ކުންފުނީގެ ޑިރެކްޓަރު ޝާމް މުހައްމަދު ވިދާޅުވީ މި އަހަރުގެ ފެއާގައި ވެސް ތަފާތުތަކެއް ހުންނާނެ ކަމަށާ މި ފެއާއަށް ދިއުމުން އެކަންކަން ފެނިގެންދާނެ ކަމަށެވެ. 

"ތަފާތު އާ ޕްރޮޑަކްޓްސްތައް ލޯންޗް ކުރުންވެސް އޮންނާނެ. އެހެންވެ ހުރިހާ ފަރާތްތަކަށް ދައުވަތުދެން،" ޝާމް ވިދާޅުވި އެވެ. 

މެރިން އެކްސްޕޯ - މެރިން އެކްސްޕޯ ފެށިގެން އައީ މީގެ އަށް އަހަރު ކުރިންނެވެ. މި ފެއާގައި މެރިން އިންޑަސްޓްރީގައި ހިމެނޭ ބޯޓް ބިލްޑަރުންނާއި ޑޮކިން އަދި ފިޝިން ސެކްޓަރުގެ އިތުރުން ޑައިވިން ސެކްޓަރުގެ އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލަ އެވެ. އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި ފެއާއަށްވެސް 8،000 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރި އެވެ. މި އަހަރުގެ ފެއާ އޮންނާނީ އަންނަ މަހުގެ 8 އިން 11 ގެ ނިޔަލަށް ސެންޓްރަލް ޕާކުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.