ޖަނާގެ އެވޯޑަށް ފިޑިކް ސީއީއޯ ޑރ. ނެލްސަންގެ މަރުހަބާ، ހާއްސަ ދައުވަތެއް

ޖަނާއަށް ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ އެވޯޑް ލިބިވަޑައިގަތުމާއެކު ދުނިޔޭގެ ބޮޑެތި ޖަމިއްޔާ/ ޖަމާއަތްތަކާއި ގައުމުތަކުގެ ވެރިންވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.

މުހައްމަދު އަލީ ޖަނާހު އަދި ޑރ. ނެލްސް

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގެ ޖަމިއްޔާ -- އެމްއެންއޭސީއައިިން ދިން ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އަށް ލިބިވަޑައިގަތުމުން ފިޑިންގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޑރ. ނެލަސް އޯގަންޝޭކިން މަރުހަބާ ދަންނަވައިފި އެވެ. 

އެއްބަސްވުންތައް ބިނާކުރާ މިންގަނޑު ފަރުމާކުރާ ޖަމިއްޔާ -- ފެޑަރޭޝަން އޮފް ކޮންސެލްޓިން އިންޖިނިއަރިން (ފިޑިކް) ގެ ޗީފް އެގްޒެކެޓިވް ޑރ. ނެލަސް އޯގަންޝޭކިން ވަނީ ޖަނާ އަށް މަރުހަބާ ދެންނެވުމުގެ އިތުރުން އަންނަ އަހަރު ފިޑިކްގެ ފަރާތުން ޖެނީވާގައި ބާއްވާ ގްލޯބަލް އިންފްރާސްޓްރަކްޗާ ކޮންފަރެންސުގައި ގެސްޓް ސްޕީކާއެއްގެ ގޮތުގައި ބައިވެރިވާން ދައުވަތު ވެސް އަރުވާފަ އެވެ. މި ކޮންފަރެންސް އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު 8-10 ގެ ނިޔަލަށެވެ. އެންމެފަހުން  މި އަހަރު ސިންގަޕޫރުގައި އޮތް ފިޑިކްގެ ބައްދަލުވުމުގެ ޕެނަލިސްޓެއްގެ ގޮތުގައި ވެސް ޖަނާ ބައިވެރިވެޑައިގެންފައިވެ އެވެ. 

ޖަނާއަށް ރައީސް ޑރ. މުއިއްޒު އެވޯޑް ހަވާލުކޮށްދެއްވަނީ -- ރައީސް އޮފީސް

ގްލޯބަލް އިންފްރާސްޓްރަކްޗާ ކޮންފަރެންސް - މި ކޮންފަރެންސްއަކީ ދުނިޔޭގެ ގިނަ އަދަދެއްގެ އިންވެސްޓަރުން ބައިވެރިވެގެން ބާއްވާ އެންމެ ބޮޑު އެއް ކޮންފަރެންސެވެ. ފިޑިކްއަކީ އެއް މިލިއަން އިންޖިއަރުންނާއި 100 ގައުމުން 40،000 އަށްވުރެ ގިނަ ކުންފުނި ތަމްސީލް ކުރާ ޖަމިއްޔާ އެކެވެ. 

މި ކޮންފަރެންސުގައި ދުނިޔޭގެ ބޮޑެތި ހުރިހާ ކޮންޓްރެކްޓަރުން ބައިވެރިވެ އެވެ. އަދި ބައެއް ގައުމުތަކުގެ މާލީ ވަޒީރުންނާއި އިކޮނޮމިކް މިނިސްޓަރުންވެސް ބައިވެ އެވެ. މި ކޮންފަރެންސުގައި ފިޑިންގެ އެވޯޑު ދިނުމުގެ ހަފުލާވެސް ބާއްވަ އެވެ. 

ފިޑް / ރާއްޖެ - ފިޑިކް އިން މިހާރު ދަނީ ރާއްޖެއަށް ގާތް ގުޅުމެއް ބާއްވަމުންނެވެ. ބޮޑެތި ޕްރޮޖެކްތަކުގެ އެއްބަސްވުންތައް ބިނާވާ ބައިނަލް އަގުވާމީ މިންގަނޑު ހަދާ މި ޖަމިއްޔާއިން ދަނީ ރާއްޖޭގެ ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާ މެދުވެރިކޮށް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ތަމްރީންވުމުގެ ފުރުސަތެއް ދީފަ އެވެ. މީގެ ކުރިން ފިޑިކްގެ ލައިސަންސް ރިނިއުވާނީ އަވަށްޓެރި ގައުމަކަށް ގޮހެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.