ފިޑިކްގެ ބޮޑު ބައްދަލުވުމުގެ ޕެނަލިސްޓެއްގެ ގޮތުގައި ޖަނާ ބައިވެރިވެއްޖެ

ޖަނާވަނީ މީގެ ކުރިން ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާގެ ކަމަށްވާ އިފޮޕްކާގެ ރައީސްކަން ވެސް ދެ ދައުރުގައި ކުރައްވާފަ އެވެ.

ފިޑިކް ކޮންގްރެސްގެ ޕެނަލިސްޓުންނާއެކު ޖަނާ ވާހަކަ ދައްކަވަނީ

ދުނިޔޭގެ އެންމެ ބޮޑު ކޮންޓްރެކްޓަރުންގެ ޖަމިއްޔާ ކަމަށްވާ ފެޑަރޭޝަން އޮފް ކޮންސެލްޓިން އިންޖިނިއަރިން (ފިޑިކް) އިން ސިންގަޕޫރުގައި ބޭއްވި ބައްދަލުވުމުގެ ސްޕީކާއެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާ (އެމްއެންއޭސީއައި) ގެ ރައީސް އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ މިދިޔަ ދައުރުގެ ރައީސް މުހައްމަދު އަލީ ޖަނާހު ބައިވެރިވަޑައިގެންފި އެވެ. 

ސިންގަޕޫރުގައި އިއްޔެ ކުރިއަށް ދިޔަ ބޮޑު މި ބައްދަލުވުމުގައި ޖަނާގެ އިތުރުން މި ދާއިރާ އިން ދުނިޔޭގައި ނަން މަޝްހޫރު ގިނަ މޫނުތަކެއް ބައިވެރިވެފައި ވެއެވެ. އޭގެތެރޭގައި އެކި ގައުމުތަކުގައި ވަރުގަދައަށް ވިޔަފާރި ކުރަމުން ގެންދާ ބޮޑެތި ނަންތަކެއް ހިމެނެ އެވެ.

ޕެނަލް ޑިސްކަޝަންގައި ގިނަ މައުލޫމާތުތަކެއް - މި ސެޝަންގައި މައުލޫމާތު ދިން ދާއިރާތަކުގެ ތެރޭގައި އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓްގެ ބޭނުންތެރިކަން ހިމެނެ އެވެ. 

އަދި މީހުންގެ ދިރިއުޅުމަށް ހަގީގީ ތަފާތެއް ގެނެސްދޭ ފައިދާ ހުރި އިންވެސްޓްމަންޓަކަށް ދާންވީ އެންމެ ރަނގަޅު މަގުތަކުގައި ސިޔާސީ ބޭފުޅުންނާއި ސަރުކާރުތަކާއި ފަންޑަރުންނަށް ނުފޫޒު ފޯރުވުމަށް ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާ ކުންފުނިތަކުން ބަލަންވީ ކިހިނެއްކަން ކިޔައިދީފައިވެ އެވެ. މީގެ އިތުރުން އަގުތައް މައްޗަށް ދާއިރު ހަރަދުތައް ދަށްކޮށް ބެހެއްޓުމަށް ސިނާއަތުން އެހީތެރިވެދޭނެ ގޮތްތައް ވެސް ކިޔައިދީފައިވެ އެވެ. 

ފިޑިން ކޮންގްރެސްގައި ޖަނާ އަދި ދަރިކަނބަލުން ނޫރައިން

ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ

ފިޑިކްއަކީ ހުރިހާ އެއްބަސްވުންތަކެއް ހެދުމުގައި އަސްލަކަށް ބަލާ ދުނިޔޭގެ މިންގަނޑު ފަރުމާ ކޮށްގެން ބޭނުންކުރާ ޖަމިއްޔާ އެވެ. މި ޖަމިއްޔާގެ މެންބަރުންގެ އަދަދު ގާތްގަނޑަކަށް މިލިއަނަކަށްވުރެ ގިނަ މަސައްކަތްތެރިން ތަމްސީލު ކުރާނެ އެވެ. 

ޖަނާ ފިޑިންގެ ޕްރެޒިޑެންޓާއެކު

މި ޖަމިއްޔާއަކީ 40،000 އަށްވުރެ ގިނަ އިންޖިއަރިންނާއި ކޮންސެލްޓެންޓުން އަދި ކުންފުނި ތަމްސީލް ކުރާ ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމަށް ފެތުރިފައިވާ ޖަމިއްޔާ އެކެވެ. ސަތޭކަ އަހަރުވެފައިވާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ކޮންސަލްޓިން އިންޖިނިއާސް އަކީ ކޮންސްޓްރަކްޝަން ޓެކްނޮލޮޖީ އާއި ކޮންސަލްޓިން އިންޖިނިއަރިން އަށް ބޭނުންވާ އިންޓަނޭޝަނަލް ސްޓޭންޑަޑްސް ހަދާ އޮގަނައިޒޭޝަނެވެ.

މުހައްމަދު އަލީ ޖަނާހު - ރާއްޖެއަށް ގިނަ އިންވެސްޓްމަންޓްތަކެއް ގެނެސް ދިވެހި ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވަމުން ގެންދަވާ ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ދަނީ މި ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯއްދަވަމުންނެވެ. ކޮމަންވެލްތުގެ ވިޔަފާރިވެރިންގެ "ކްލަބް" ގްލޯބަލް އެޑްވައިޒަރީ ކައުންސިލްގެ ބޯޑަށް ދިވެހި ރާއްޖޭގެ ވިޔަފާރިވެރިޔެއްގެ ގޮތުގައި ރާއްޖެ ތަމްސީލް ވެސް ކުރެއްވި އެވެ. މީގެ އިތުރުން 60 އަށްވުރެ ގިނަ އަހަރުވީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ ރައީސްކަން ކުރެއްވި ހަމައެކަނި ދިވެއްސަކީ ވެސް އެމަނިކުފާނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.