ފްލެޓު ނުލިބިގެން އަޑުގަދަ ކުރީ މަދުބައެއް އެއީ މީޑިއާ، އޭސީސީއަކަށް ނުހުއްޓުވޭނެ

އަކްރަމް ވިދާޅުވީ ފްލެޓުގެ މައްސަލަ އޭސީސީއިން ހުއްޓުވީ ގުރުނަގައި ނިމުނުފަހުން އަނެއް ދުވަހު ކަމަށް.

ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ގޯއްޗާއި ފްލެޓް ދިނުމަށް އެކުލަވާލި ކޮމެޓީގެ ޗެއާ އަކްރަމް ކަަމާލުއްދީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ނައިބް އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވީ 4،000 ފްލެޓު ނުލިބިގެން މިނިސްޓްރީ ގޮސް ތިބީ މަދު ބައެކެވެ. އެ ތަނުގައި ގިނައީ ވެސް މީޑިއާ ތަކެވެ. އަދި އެ ފްލެޓު ދިނުން  އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނުހުއްޓުވޭނެ ކަމަށް އޭނާ އަށް ގަބޫލު ނުކުރެއްވެވޭ ކަމަށެވެ. 

ފްލެޓުގެ މައްސަލާގައި މަޖިލީހުގެ ކޮމެޓީ އަށް މިއަދު މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވި ގޮތުގައި ފްލެޓުގެ މައްސަލާގައި މިނިސްޓްރީ ތެރެއަށް ވަދެ ގިނައިން އަޑުގަދަ ކުރަން ތިބީ 10 ވަރަށް މީހުނެވެ. 

"ބައެއް ވަކީލުން ވިދާޅުވޭ ސުޕްރީމް ކޯޓުގެ ނިންމުމެއް އެބަ އޮތޭ. އެގޮތަށް އޭސީސީ އަށް [ފްލެޓު ދިނުން] ހުއްޓާލަން ނުވެސް އެނގޭނެއޭ،" އަކްރަމް ވިދާޅުވި އެވެ. 

ފްލެޓު މައްސަލަ ހުއްޓުވީ ގުރުއަތު ނެގިފަހުން

ކޮމެޓީގައި އަކްރަމް ވިދާޅުވީ އޭސީސީ އިން 4،000 ފްލެޓުގެ މައްސަލަ ހުއްޓުވީ ފްލެޓުގެ ގުރުއަތު ނަގައި ނިންމި ފަހުންނެވެ. ފްލެޓުގެ މަސައްކަތް ހުއްޓުވުމުގެ ސިޓީ ލިބިފައިވަނީ 16 ވަނަ ދުވަހުގެ ހެނދުނުކަމަށް އޭނާ ވިދާޅުވި އެވެ. 

"ބުދަ 15 ވަނަ ދުވަހު މަސައްކަތް ނިންމާލެވުނީ. މަސައްކަތް ނިމެމުން ދިޔައިރު އޭސީސީގެ ނައިބާ ވެސް ވާހަކަ ދައްކަމުން ދިޔައީ. އޭރު ވިދާޅުވި ސިޓީއެއް ވެސް ފޮނު ވާނެ ކަމަށް. ސިޓީ ނައީމަ އަޅުގަނޑުމެން ސިޓީއެއް ފޮނުވީ. އެހެންވެ އެރޭ ލައިވްކޮށް ގުރުނެގީ. ގުރު ނަގާ ނިންމާލީ 12 ޖަހާ އެހާއިރު. އަނެއް ދުވަހު 10 ޖަހާ އެހާއިރު އޭސީސީގެ ސިޓީ ލިބުނީ. އޭގައި ވެސް އަވަސް ޖަހާފައެއް ވެސް ނެތް. އެ ހިސާބުން ހުއްޓާލީ. ބާކީ އަޅުގަނޑުމެން ނުކުރެވުނު ކަމަކީ ބާކީ ލިބޭ 14000 މީހުންނަށް ލިބޭނެ ކަމުގެ ލިޔުން ލިބުނީ،" އަކްރަމް ވިދާޅުވި އެވެ. 

އެހެންވީމަ އަޅުގަނޑުމެންނަކަށް ހިއެއް ނުވޭ. މާ މުހިންމު ކަމެއް ވެގެން ހުއްޓާލަން ޖެހޭ ކަމަކަށް. މައްސަލަ ބަލާފަ އެނގިގެން އެކަހާ ހަވާލާ ދެއްވާފައެއް ވެސް ނެތް. އެހެންވެ ކުއްލިއަކަށް ފޮނުވި ލިޔުން ލިބުނީ އެކަން ނިމުނުފަހުން."  

އޭނާ ވަނީ ފްލެޓުގެ މައްސަލާގައި އޭސީސީއިން ދިން ޕްރެސް ކޮންފަރެންސުގައި ދެއްކި ވާހަކަތަކަށްވެސް ފާޑު ކިޔާފަ އެވެ. ފްލެޓު ސިސްޓަމްގެ އެކްސެސް ނުލިބެނީސް ބައެއް މައުލޫމާތު ބަދަލުކޮށްފައި ހުރިކަން އެނގޭނެ ގޮތެއް ނޯންނާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. 

ވިނަރެސްގެ ނަމުގައި އެޅި ފްލެޓު މައްސަލާގައި ގިނަ ބަޔަކު ވަނީ އޭސީސީ އަށް ޝަކުވާ ހުށަހަޅާފަ އެވެ. ޝަކުވާގެ ލިސްޓް 7،000 އަށް އަރަ އެވެ. މި ސަރުކާރުން ވަނީ މި ފްލެޓުތަކުގެ މައްސަލާގައި ގޮތެއް ނިންމާނީ އޭސީސީ އިން ނިންމާ ގޮތެއްގެ މަތިންނެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފްލެޓަށް އެދެން އޮޅުވާލައިގެން މަކަރު ހެދި މީހުން ނޫން އެހެން މީހުންނަށް ފްލެޓު ލިބޭނެ ކަމަށެވެ. 

ފްލެޓު މައްސަލަ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ލޯނު ނަގައިގެން ދެ ކުންފުންޏަކާ ހަވާލުކޮށްގެން ސަރުކާރުގެ ކުންފުނި އެފްޑީސީއާ ހަވާލުކޮށްގެން 4،000 ފްލެޓެވެ. މި ލިސްޓުން 13،000 މީހުން ޝޯޓް ލިސްޓުކޮށް މީގެތެރޭން ޕޮއިޓްދޭ އުސޫލުން ފްލެޓު ލިބޭނެ މީހުން ކަނޑައެޅީ ވެރިކަން ނިމި އިންތިހާބުވެސް ނިމުނު ފަހުންނެވެ. ފްލެޓު ލިބުނު މީހުންގެ ލިސްޓު އާއްމު ކުރިއިރު ފްލެޓު ހައްގުވާ އެތަށް ބަޔަކު ވަނީ އެ ލިސްޓުން އުނިކޮށްފަ އެވެ. އެހެންވެ 7،000 އަށްވުރެ ގިނަ ޝަކުވާ ވަނީ އޭސީސީ އަށް ލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.