މެއިންފޯކަސް | މީހުން އުންމީދު ކުރީ އަމާން އުދަރެހަށް، މީހުނަށް ލިބުނީ މާޔޫސްކަން

ވެރިކަމުގެ ދައުރު ނިމޭން ދާއިރު އަމާން އުދަރަހެއް ނުލިބުނެވެ. ނުނިމި ހުރި ފްލެޓްތަކެއް އެންމެ ފަހުން ބަހާލީ ވެސް ވެރިކަން ނިމެން ހަފުތާ ކޮޅަކަށްވެފައި ވަނިކޮށެވެ. އެ ބެހުމުގައިވެސް އިންސާފެއް ނެތެވެ.

މެއިން ފޯކަސް - މިހާރު ނިމޭން މިދާ ސަރުކާރުން ފުރަތަމަ ބުނީ މާލޭ ސަރަހައްދުގައި 20،000 ފްލެޓު އަޅާނެ ކަމަށެވެ. އޭގެ ފަހުން ދުވަހެއް ދުވަހަކަށް ދިޔައީ އެ އަދަދު މަދުވަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކި ފަހަރު މަތީން ގައުމާ މުހާބަތުކޮށް ދެއްވި ތަގުރީރުތަކުގައި ފްލެޓްގެ އަދަދު މަދު ކުރައްވަމުން ގެންގޮސް 4،000 އަށް ތިރި ކުރެއްވި އެވެ.

އެއީ ވެރިކަމުގެ ވައުދަށް ވުރެ 16000 ފްލެޓް މަދު މިންވަރެކެވެ. ސަރުކާރުގެ ފްލެޓް އަޅާ ކުންފުނި، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރި ކަމަކީ ފްލެޓާ ހިފުމެވެ. 4،000 ފްލެޓް އެޅޭތޯ ބެލުމެވެ. ވެރިކަމުގެ ދައުރެއް ނިމިގެން ދިޔައިރު ވެސް އެކަމެއް ނުވި އެވެ. ނުނިމި ހުރި މި ފްލެޓްތައް އެންމެ ފަހުން ބަހާލީ ވެރިކަން ނިމެން ހަފުތާ ކޮޅަކަށްވެފައި ވަނިކޮށެވެ. އެ ބަހާލުމުގައި އެއްވެސް އިންސާފެއް ނެތެވެ.  

މެއިން ފޯކަސް އެޕް -1 : ރާއްޖެ ދަރަނި ދަންތުރާގައި، އުނދަގޫ އޮތީ އާ ސަރުކާރަށް

ކޮމެންޓް

1
450
ހިޔާލީ ފޮލާ
5 months ago

މީތި ވަރަށް ސަޅި. އަދި އެހާ ވަރަށް ސަޅިވާނެ މިހާތަނަށް ދީފަ އޮތިއްޔާ އޮތްހާ ފްލެޓްތަކެއް ދީފަ އޮތްގޮތް ގެނެސްދިނިއްޔާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.