ތުރުކީ-ރާއްޖެ ވިޔަފާރި ދެގުނަކޮށް، މަހުގެ ޑިއުޓީ ކުޑަކުރަން މަސައްކަތް ފަށައިފި

ރައީސް ވިދާޅުވީ ތުރުކީއާއެކު ވެވުނު އެއްބަސްވުންތަކަކީ ދުރު މުސްތަގުބަލުގައި ރާއްޖެއަށް ފައިދާހުރި އެއްބަސްވުންތަކެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ރައީސް އޮފީސް

ތުރުކީ-ރާއްޖެއާ ދެމެދު ކުރާ ވިޔަފާރި ދެ ގުނަ އިތުރުކޮށް، އެކްސްޕޯޓް ކުރާ މަހުގެ ޑިއުޓީ ކުޑަ ކުރަމުގެ މަސައްކަތް ފަށައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއާއި ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ތުރުކީއާއެކު ވެވުނު އެއްބަސްވުންތަކާއެކު ދެ ގައުމުގެ ވިޔަފާރި މިނިމަމް ޑަބަލް ކުރަން އެއްބަސްވެފައިވާ ކަމަށެވެ. 

"އެންމެ މަދުވެގެން ދެ ގުނަ. ހާއްސަ ކަމެއް ފާހަގަ ކުރަން މަހުގެ އެކްސްޕޯޓް ރާއްޖޭން ތުރުކީއަށް ކުރެވޭނެ ގޮތެއް. މިހާރު ވަރަށް ބޮޑު ޓެރިފެއް މި އޮންނަނީ. ވަރަށް ޕޮޒިޓިވްކޮށް ބަލައިގެންފައި. ރާއްޖެ އަށް ކުޑަ ޓެރިފިއާ ހަމަށް ގޮސް އެކަމަށް އެއްބަސްވެވުނު. އެކަން ވެގެންދާނެ މަސްވެރިކަމުގެ އިންޑަސްޓްރީއަށް ވެގެންދާނެ ބޮޑު ކަމަށް. މީގެ އިތުރުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ހުޅުވާލަން ނިންމާފައި ވަނީ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ބޭރު ދަތުރުގެ މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ދަތުރުގެ ސަބަބުން ތުރުކީގެ އިންވެސްޓްމަންޓް ހާއްސަކޮށް ޓޫރިޒަމް ސިނާއަތުގައި ކުރެވޭ އިންވެސްޓްމަންޓް އިތުރު ކުރަން މަޝްވަރާ ކުރެވުނު ކަމަށެވެ. 

މިއީ ބަޖެޓު ސަޕޯޓް ހޯދަން ކުރި ދަތުރެއް ނޫން

ވީއައިއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މި ދަތުރުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޭނުންވާ ބަޖެޓު ސަޕޯޓުގެ އެއްވެސް އަދަދެއް ސެކިއަ ކުރެވުނު ތޯ ސުވާލު ކޮށްފަ އެވެ. 

އެ ސުވާލަށް ރައީސް ވިދާޅުވީ؛  

"މިއަދު މާދަމާއަށް ބޭނުންވާ ބަޖެޓު ސަޕޯޓެއް ނޫން އަޅުގަނޑުމެން ޓާގެޓް ކުރީއެއް. މިބެލީ މެދުރާސްތާ އަދި ދުރުރާސްތާއަށް އަޅުގަނޑުމެންގެ އިގްތިސޯދު ބައްޓަން ކުރަން ޕްރޮގްރާމްތަކެއް ހިންގޭނެ ގޮތަށް. އިރާދުކުރެއްވީ އިޔާދަކުރަނިވި ހަކަތައާއި ވިޔަފާރި ފުޅާ ކުރުމާ އެސްއީޒެޑްގެ ދާއިރާނާއި އިންވެސްޓްމަންޓުގެ ތެރޭން އިރާދުކުރެއްވިއްޔާ ފުޅާވެގެން ދާނެ،" މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.